Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަސޫލާއަށް ފުރައްސާރަ ކުރުން

ރަސޫލާއަށް ފުރައްސާރަ ކުރުން ކުށްވެރި ކުރުމަށް ސަރުކާރަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލަ ބޭރު

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް ހުށައަޅުއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖޫން 2022 | ހޯމަ 04:59
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

އިންޑިއާގެ ވެރިކަންކުރާ ބަހަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނަކާއި، އެޕާޓީގެ އިސް ބޭފުޅަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ސަރުކާރުން ކުށްވެރި ނުކުރާކަމަށް ބުނެ، މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ.

އެއީ އިންޑިއާގެ ޓީވީ ޗެނަލެއްގައި ކުރިއަށް ދިޔަ ބަހުސެއްގައި އެ ޤައުމުގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރުންތަކެއް ޤުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާއިރު، އެކަން ސަރުކާރުން ކުށްވެރި ނުކުރާކަމަށް ބުނެ ހުށައަޅާފައިވާ ކުއްލި މައްސަލައެކެވެ.

ކުއްލި މައްސަލައިގައި ވަނީ އެކަން ކުށްވެރި ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

އެ މައްސަލައަށް ވޯޓަށް އެހުމުން ބަހުސް ކުރެއްވުމަށް 10 މެމްބަރަކު ވޯޓު ދެއްވިއެވެ.

ބަހުސް ކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް 33 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ވުމާއެކު، އެ މައްސަަލަ ވަނީ ބޭރު ކޮށްލައްވާފައެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީން މިހާރު ވަނީ ރަސޫލާއަށް ފުރައްސާރަ ކުރި ދެ މީހުންނަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން އެ ވާހަކަ ދެއްކި ތަރުޖަމާނު ސަސްޕެންޑްކޮށް ދެން ހުރި މެމްބަރު އެ ޕާޓީން ބޭރުކުރުމަށް ވަނީ ނިންމާފައެވެ.

އާދަމް ޝަރީފު އުމަރުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު