Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވައިގެ ކޮލިޓީ ބެލުން

"އަންނަ އަހަރު އިތުރު ސަރަހައްދުތަކުގައި އެއަރ ކޮލިޓީ މޮނިޓަރިން ސްޓޭޝަންތައް ގާއިމްކުރާނަން"

ރާއްޖޭގެ 8 ސަރަހައްދެއްގައި އެއަރ ކޮލިޓީ މޮނިޓަރިން ސިސްޓަމްތައް ވަނީ ގާއިމްކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 5 ޖޫން 2022 | އާދީއްތަ 08:48
މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި އެއަރ ކޮލިޓީ މޮނިޓަރިން ސްޓޭޝަންތައް ގާއިމްކުރައްވާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އިންސާނުން ދިރިއުޅޭ މާހައުލުގައި ވައި ތަޣައްޔަރުވެފައިވަނީ ކިހާ މިންވަރަކަށްތޯ ދެނެގަތުން އެއީ މުހިންމު ކަމެއް ކަމަށެވެ. ވައި ތަޣައްޔަރުވެފައިވާ މިންވަރު ބެލުމަށް މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ 8 ސަރަހައްދެއްގައި އެއަރ ކޮލިޓީ މޮނިޓަރިން ސިސްޓަމްތައް ގާއިމްކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތެރޭގައި އެހެން ސަރަހައްދުތަކުގައިވެސް މިފަދަ ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ޕްލާސްޓިކް މަދުކުރުމަށް ފަށާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް މަސައްކަތަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ. މިގޮތުން މި މަސައްކަތުގެ ތެރެއިން 2023 ގެ ނިޔަލަށް 13 ބާވަތެއްގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން އެކީ އެކައްޗަކަށްހެން ހުއްޓިގެން އަންނާނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިއީ ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި، ކަނޑުގެ ސަރަހައްދުތަކުން ފެންނަ ޕްލާސްޓިކް މަދުވާނެ ކަމެއް ކަމަށާއި، މީގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދަށްވެސް ކުރާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުނި މެނޭޖްކުރުމަށް ފަށާފައިވާ މަސައްކަތަށްވެސް އަޅިއަޅުވާލައްވައި މިނިސްޓަރު ވަނީ މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ މި ހުރިހާ ކަމެއްވެސް ގުޅެނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ކަމަށެވެ. ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް މިއީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ މުސުމީ ބަދަލުތައް އެންމެ ބޮޑަށް ދިރާސާކުރައްވާ ސައިންޓިސްޓުން ވިދާޅުވާ ވިދާޅުވުމެއްވެސް ހިއްސާކުރައްވާފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަހަރުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްހެން މޫސުމީ ބަދަލުތަކާ ގުޅިފައިވާކަމަށާއި، މިކަމަށް ހުރިހާ ގައުމަކުންވެސް ހޭނުމަށް ރާއްޖެއިން ދަނީ ބާރުއަޅަމުން ކަމުގައި މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ އައިމިނަތު ޝައުނާމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

05 ނޮވެމްބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023
މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

30 އޯގަސްޓު 2023

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު