Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުން

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީ ސިޓީގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮއްސި

4 ޖޫން 2022 | ހޮނިހިރު 16:41

ގަސް އިންދުމުގެ ހަރަކާތުގައި ރާއްޖޭގެ މާހައުލާގުޅޭ 906 ގަސް ވަނީ އިންދާފައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 4 ޖޫން 2022 | ހޮނިހިރު 16:41
ގަސްއިންދުމުގެ ހަރަކާތުގެ ތެރެއިން

ގަސްއިންދުމުގެ ހަރަކާތުގެ ތެރެއިން

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ހާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮއްސިއެވެ.

އެގޮތުން ހޮނިހިރު ދުވަހު ހެނދުނު ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމާއި ސާފުކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށްގެންގޮއްސައެވެ. ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިހަރަކާތް ފައްޓަވައިދެއްވީ މޭޔަރު މުހައްމަދު އާތިފް އެވެ. މިހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ މޫސުމީ ބަދަލުތަކާ ހެދި ރާއްޖޭގެ އިގްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި، މި ގުރަހަ އަންނަން އޮތް ޖީލްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއްކަމުގައެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އެންމެ ބޮޑު އިގްތިޞާދުކަމުގައިވާ ފަތުރުވެރިކަމާއި ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަމަށް މޫސުމީ ބައްދަލުތަކާ ހެދި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

މިއަދު ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ހަރަކާތުގެ ތެރެއިން ސިޓީގެ ބައެއް ބޮޑެތި މަގުތަކާއި ބަނދަރު ސަރަހައްދުގައި ގަސް އިންދި އެވެ. އެގޮތުން ރާއްޖޭގެ މާހައުލާގުޅޭ 906 ގަސް ވަނީ އިންދާފައެވެ.

ގަސްއިންދުމުގެ އިތުރުން ފުއްޓަރު ފަރާތުގެ ބޮޑު ސަރަހައްދަކުން ކުނި ނަގައި ސާފުކޮށްފައިވެއެވެ. އެގޮތުން 25 ޓަނުގެ ކުނި ނެގި އެވެ. ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ކުނީގެ ގޮތުގައި ސާފުކޮށްފައިވަނީ ޕްލާސްޓިކާއި ބިއްލޫރި ފަދަ ކުންޏެވެ. މި ހަރަކާތުގައި ޖުމްލަ 580 މީހުން ހަރަކާތްތެރިވި އެވެ. ކުޅުދުއްފުށީގެ މުވައްސަސާތަކާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އިދާރާތަކުން ބޮޑު އެއްބާރުލެއް ލިބިގެންދިޔަކަން ފާހަގަކޮށް ސިޓީ ކައުންސިލުން އެފަރާތްތަކަށް ޝުކުރުއަދާކުރި އެވެ.

މީގެއިތުރުން ހަވީރު 4:00 ން 6:00 ށް ވެހިކަލް ދުއްވުން މަނާކޮށް ފައިމަގުގައި އުޅޭގަޑިއެއްގެ ގޮތުގައި ވަނީ ކުރިއަށްގެންގޮއްސައެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް