Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6 ޙަމަލާގެ ޝަރީއަތް

މެއި 6 ޙަމަލާ: 10 ގަޑިއިރުގެ އަޑުއެހުމަކަށްފަހު ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ ބައި ނިންމާލައިފި

ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިންމެވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޖޫން 2022 | ހޮނިހިރު 16:21
ރައީސް ނަޝީދަށް ހަމަލާދިން ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ

ރައީސް ނަޝީދަށް ހަމަލާދިން ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށެވެ. އަޑުއެހުން ނިންމާލާފައިވަނީ ހޮނިހިރު ދުވަހުގެރޭ 08:05 ހާއިރުއެވެ.

މި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ ބައެވެ. އެގޮތުން އެންމެ ފުރަތަމަ ދައުލަތުން ވަނީ ހުށައެޅުންތައް ހުށައަޅުއްވާފައެވެ. އެއަށްފަހު ދައުލަތުން ހުށައެޅި ހުށައެޅުންތަކަށް ދިފާއުން ވަނީ ރައްދު ދެއްވާފައެވެ.

ދައުލަތުގެ ހުށައެޅުންތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ސިއްރު ހެކިވެރިންނަކީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދިނުމާއި، ޙާދިސާ ހިނގި ތަނުގައި ނެތްކަން ބަޔާންކޮށްދިނުމަށް ދިފާއުން ހުށައަޅާފައިވާ ހެކިވެރިން ބަލައިނުގަތުމަށް އެދި ހުށައަޅާފައިވާ ހުށައެޅުންތަކަކާއި، ދައުވާލިބޭ ފަރާތަށް ލިބިގެންވާ ހަނުހުރުމުގެ ޙައްޤާ ގުޅޭގޮތުންވެސް ދިގު ބަހުސެއް ކުރައްވާފައިވެއެވެ.

އެއަށްފަހު ދިފާއުން ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅާފައެވެ. އެންމެ ފުރަތަމަ މުޖާޒް އަހުމަދުގެ ފަރާތުން ހުށައެޅުންތައް ހުށައަޅާފައިވާއިރު، އޭނާގެ ފަރާތުން މައިގަނޑު 4 ހުށައެޅުމެއް ވަނީ ހުށައަޅާފައެވެ.

އޭނާގެ ފަރާތުން ހުށައެޅި ފުރަތަމަ ހުށައެޅުމަކީ ޤާނޫނު އަސާސީގެ 48 ވަނަ މާއްދާއިން ލިބިފައިވާ ހަނު ހުރުމުގެ ޙައްޤު ތަހުގީގުގައި ނިގުޅައިގެންފައިވާކަމަށް ބުނެ ހުށައަޅާފައިވާ ނުކުތާއެވެ. އެގޮތުން ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ބާރު ކަނޑުވާލުމަށް ތޫނު ހަތިޔާރު ޤާނޫނުގެ ބޭނުން ހިފާފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުން ހުށައެޅީ ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ކުރިން ހިމަނާފައިނުވާ ހެކިތައް ބަލައިނުގަތުމަށެވެ. ތިންވަނަ ކަމެއްގެ ގޮތުން ހެކި ހުށައަޅާ ސަބަބުގައި ފުށުއެރުން ހުރި ބައެއް ހެކިތައް ބަލައިނުގަތުމަށް ވަނީ އެދިފައެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުން މިއީ ވަރަށް ގިނަ ސިއްރު ހެކިވެރިން ހިމެނޭ މައްސަލައެއްކަމަށްވާތީ، ހެކިބަސް ނެގުމުގެ ކުރިން އެމީހުންގެ ނަޒާހަތްތެރިކަން ކަށަވަރު ކޮށްދިނުމަށް ވަނީ އެދިފައެވެ.

އެއަށްފަހު ދެން ކުރިއަށްދިޔައީ ތަހުމީންގެ ފަރާތުން ހުށައެޅުންތައް ހުށައެޅުމުގެ ބައެވެ. އޭނާގެ ފަރާތުން 3 ހުށައެޅުމެއް ވަނީ ހުށައަޅާފައެވެ.

ފުރަތަމަ ކަމަކީ މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ސިއްރު ހެކިންގެ ތެރޭގައި މި މައްސަލައިގެ ދައުވާ އުފުލާފައިވާ ފަރާތެއް ވާނަމަ ނުވަތަ ދައުލަތުން ޚާއްސަ ލުއިތަކެއް ދީފައިވާ ފަރާތެއް ވާނަމަ، އެ ހެކިން ބަލައިނުގަތުމަށް ހުށައެޅި ހުށައެޅުން ހިމެނެއެވެ.

ދެވަނަ ކަމެއްގެ ގޮތުން ވީޑިއޯ ފުޓޭޖްތަކުގެ ތެރެއިން އާންމު ރައްޔިތުންގެ ގޭގެ ކެމެރާތަކަށް ނަގާފައިވާ ފުޓޭޖްތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ވަނީ ހުށައަޅާފައެވެ.

ތިންވަނަ ކަމެއްގެ ގޮތުން ސިއްރު ހެކިންގެ ތަހުގީގީ ބަޔާންތައް ހާމަކޮށްދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެއް ހިމެނެއެވެ.

ނާޒިމްގެ ފަރާތުން އޭނާގެ ވަކީލުވެސް ވަނީ ދައުލަތުގެ ބައެއް ހެކި ޝަރީއަތަށް ބަލައިނުގަތުމަށް އެދި ހުށައަޅުއްވާފައެވެ. އެގޮތުން މި މައްސަލައިގައި ދައުވާ އުފުލާފައިވާ ނުވަތަ ކުށް ސާބިތުވެފައިވާ، ނުވަތަ ލުއި ގޮތެއް ހަދާދީފައިވާ ފަރާތެއް ހެއްކެއްގެ ގޮތުގައި ހިމެނޭނަމަ، އެ ހެކި ބަލައިނުގަތުމަށް ވަނީ އެދިފައެވެ.

މި މައްސަލައިގައި ދައުވާލިބޭ ފަހުމީ އަލީގެ ފަރާތުން މައިގަނޑު 3 ހުށައެޅުމެއް ވަނީ ހުށައަޅާފައެވެ. އެގޮތުން ދައުލަތުގެ ބައެއް ހެކި ޝަރީއަތަށް ބަލައި ނުގަތުމާއި، ދިފާއުން ހުށައަޅާފައިވާ ހެކިތަކަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިތަކެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިފައެވެ.

އެއަށްފަހު އަލީ ހައިޝަމްއާއި އިސްހާޤުގެ ފަރާތުންވެސް ވަނީ ހުށައެޅުންތައް ހުށައަޅާފައެވެ. އެގޮތުން ހައިޝަމްގެ ފަރާތުން 4 ހުށައެޅުމެއް ހުށައަޅާފައިވެއެވެ.

އޭގެ ތެރޭގައި މި މައްސަލައިގައި ޕީޖީ ތަހުގީގުގެ މުއްދަތު އިތުރުކޮށްދިނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، އަލީ ހައިޝަމްއާ ގުޅިގެން ހުށައަޅާފައިވާ ޑީއެންއޭ ބަލައިނުގަތުމަށާއި، ދައުލަތުގެ ބައެއް ހެކިން ޝަރީއަތަށް ބަލައިނުގަތުމަށާއި، އިންޓެލް ރިޕޯޓާއި، ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓު އަދި ފޯން އެނާލިސިސް ރިޕޯޓު ދިފާއަށް ދޫކޮށްދިނުމަށް އެދި ހުށައެޅި ހުށައެޅުންތައް ހިމެނެއެވެ.

އިސްޙާޤުގެ ފަރާތުން އޭނާގެ ވަކީލު އަހުމަދު ޔާމީން ވަނީ ދައުލަތުން މި މައްސަލައިގެ ދައުވާގެ ސިފަ ބަދަލުކޮށް، ހީލަތެއް ހަދާފައިވާކަމަށް ސިފަ ކުރައްވާފައެވެ. ދައުލަތުން ދައުވާ އުފުލުމުގައި އުނިކަމެއް ހުރިކަމަށް ވަކީލު ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން، އެހެން ވަކީލުންވެސް ފާހަގަ ކުރެއްވި ގޮތަށް މި މައްސަލައިގެ ތުހުމަތުވާ މީހުން ހެކީގެ ގޮތުގައި ޝަރީއަތަށް ބަލައިނުގަތުމާއި، ބައެއް ހެކިތައް ހާމަކޮށްދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުންތަކެއް ހިމެނެއެވެ.

މައިގަނޑު ގޮތެއްގައި ދައުލަތާއި ދިފާއުންވެސް މިވަނީ ހުށައެޅުންތައް ހުށައަޅައި، އެއަށް ރައްދު ދީފައެވެ. ވުމާއެކު، ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިންމެވުމެވެ. އެ އަޑުއެހުން އޮންނާނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

ހޮނިހިރު ދުވަހުގެ އަޑުއެހުން ކުރިއަށް ދިޔައީ ރައީސް ނަޝީދުގެ ވަކީލުން އޮބްސަރވަރުންގެ ގޮތުގައިވެސް ބައިވެރިވެލައްވައިގެންނެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު