Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޙައްޖަށް ގްރޫޕްތައް ފުރުން

175 މީހުންނާއެކު މިއަހަރުގެ ފުރަތަމަ ޙައްޖު ގްރޫޕް ފުރުން މި މަހުގެ 26 ގައި

ފުރަތަމަ ގްރޫޕް ފުރާނީ ޖޫން 26 ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ޖޫން 2022 | ހޮނިހިރު 10:19
ހައްޖަށް ދާން މީހުން ފުުރުން

ހައްޖަށް ދާން މީހުން ފުުރުން

މިއަހަރު ރާއްޖޭން ޙައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26 ވަނަ ދުވަހު ފުރާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ޙަމީދު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ސަރުކާރުން މިއަހަރު އެ ކުންފުންޏަށް ދިން ކޯޓާތަކަށް މީހުންނަށް ފުރުސަތު ދިނުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކިޔޫގައި ތިބި ފަރާތްތަކުގެ ތެރެއިން 353 މީހުންނަށް ޖާގަ ދިނުމަށް ދައުވަތު ފޮނުވަމުންދާ ކަމަށާއި ދައުވަތު ގަބޫލު ނުކުރާނަމަ އެ ފުރުސަތު އެހެން ފަރާތްތަކަށް ދެމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުދީން ރާއްޖެއަށް މިއަހަރު ދީފައިވަނީ 453 ޙައްޖު ކޯޓާއެވެ. މި ހުރިހާ ކޯޓާއެއް ސަރުކާރުން ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އެ ކޯޕަރޭޝަނުން 353 ކޯޓާ ކިޔޫގައި ތިބި ފަރާތްތަކަށް ހާއްސަ ކުރިއިރު 100 ކޯޓާ ވަނީ އާއްމުންނަށް ހުޅުވާލާފައެވެ. މި ޖާގަތަކަށް އެދުމުގެ މުއްދަތު ހަމަވެފައިވާއިރު އަންނަ ހޯމަ ދުވަހު ގުރުއަތު ލުން ކުރިއަށްދާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަހަރުގެ ފުރަތަމަ ޙައްޖު ގްރޫޕް ފުރުން މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި ގްރޫޕުގައި 175 މީހުން ފުރާނެ ކަމަށާއި އޭގެ ފަހުން އިތުރު ގްރޫޕްތައް ވެސް ފުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.

އާއްމުންނަށް ހުޅުވާލި 100 ޖާގައިގައި ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ 76،960 ރުފިޔާއެވެ.

ރާއްޖޭން ޙައްޖަށް ދާ މީހުންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުއެވެ.

މިއަހަރު ޙައްޖު ކޯޓާތައް ހުރިހާ ޤައުމަކަށް ވެސް ސައުދިން ވަނީ މަދުކޮށްފައެވެ. މިއީ ކޮވިޑް-19ގެ ސަބަބުން އެ ޤައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ގެނައި ބަދަލެކެވެ.

ސައުދީން ބުނެފައިވާ ގޮތުގައި މިއަހަރުގެ ޙައްޖުގައި ބައިވެރިވެވޭނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި އެ ޤައުމަށް ދަތުރު ކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ވެސް ބޭނުންވާނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

މިއަހަރުގެ ޙައްޖު ދުވަހަކީ އަންނަ ޖުލައި މަހުގެ 8ވަނަ ދުވަހެވެ.

ހައްޖުޙައްޖު 1443

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟
05 އޯގަސްޓު 2025

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި
06 ޖޫން 2025

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
05 ޖޫން 2025

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު