Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް މަޖިލީހަށް ހުށަހަޅަނީ

241 ކޮމިޓީއަށް މިމައްސަލަ ހުށަހަޅުއްވަނީ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރ އަހުމަދު އުޝާމް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 ޖޫން 2022 | ހޮނިހިރު 02:18
42 ކިލޯ ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން

42 ކިލޯ ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން

މ. ލަވްނެސްޓު ގޭގެ ތަޅުންގަނޑު އަޑީގައި ފޮރުވާފައިހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރިި ދެމީހުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާގޮތް އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅުއްވާނެކަމަށް, ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރ އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެކަމާގުޅޭގޮތުން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިމައްސަލައިގައި ފުލުހުންގެ މައްޗަށް ޕީޖީ ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަމަށެވެ. ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިޚްލާސްތެރިކަމެއް ނެތްނަމަ ޑްރަގްގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތްކަމަށް އުޝާމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އުޝާމަކީ 241 ކޮމިޓީ، ނުވަތަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މެމްބަރެކެވެ.

މިމައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާނުކުރުމަށް ޕީޖީ އޮފީހުން ނިންމައި ބުނެފައިވަނީ، މިގޮތަށް ނިންމީ، ކޯޓު އަމުރެއް ނެތި، ގާނޫނާ ޚިލާފަށް އެ ގެ ފާސްކުރުމުން ކަމަށެވެ. އެގޮތުން ފުލުހުންނަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައި އޮއްވައި، ކޯޓު އަމުރަކާނުލައި ފާސްކޮށްފައިވާ ކަމަށާއި، ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެ ގެ ބަލައި ފާސްކުރުމުގެ ހުއްދަ އެހެން މީހެއްގެ އަތުން ހޯދާފައިވާތީ ލަވްނެސްޓް ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާއާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 47 ވަނަ މާއްދާއާ ޚިލާފަށްކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ މައްސަލައިގައި ސީންގައި ކަންވީގޮތާމެދު ސުވާލުއުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު، އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލުކޮށްފައިވާކަން ޕީޖީ އޮފީހަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މ. ލަވްނެސްޓް ގެއިން ފުލުހުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ 24 މާޗު 2022 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކުރިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 3840، އުމުރުން 39 އަހަރުގެ އަހުމަދު ހުސައިނާއި ކ. މާލެ، މ. ނޫރުއް، އުމުރުން 46 އަހަރުގެ އަބްދުﷲ ނަޝީދުއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި، ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދާފައިނުވާތީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެތްކާއި ގަރީނާ ހޯދާފައިނުވާކަމަށެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ޕޮލިސް ސަރވިސްޕީޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު