Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީގެ އަމާންކަން ބެލެހެއްޓުން

އެ ސިޓީގައި އަމާންކަން ގާއިމްކޮށްދިނުން އަވަސްކޮށްދިނުމަށް މުއައްސަސާތަކާއި ކަމާއި ބެހޭ އިދާރާތަކަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފި

3 ޖޫން 2022 | ހުކުރު 07:41

ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައި ހިނގި މާރާމާރީއަކާއި ގުޅިގެން ޒުވާނަކު ވަނީ ނިޔާވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖޫން 2022 | ހުކުރު 07:41
އައްޑޫ ސިޓީ، ސިޓީ ސްކޮއަރ - އައްޑޫގައި ހިންގާ މާރާމާރީތަކާއި ގުޅިގެން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އައްޑޫ ސިޓީ، ސިޓީ ސްކޮއަރ - އައްޑޫގައި ހިންގާ މާރާމާރީތަކާއި ގުޅިގެން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އެ ސިޓީގައި އަމާންކަން ގާއިމްކޮށްދިނުން އަވަސްކޮށްދިނުމަށް މުއައްސަސާތަކާއި ކަމާއިބެހޭ އިދާރާތަކަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ ސިޓީގައި ފަހަކަށް އައިސް މާރާމާރީ އިތުރުވެ ރަށުތެރޭގައި ބިރުވެރިކަން އުފެދި، އެކި ފަރާތްތަކަށް ސީރިއަސް އަނިޔާ ލިބި، ޒުވާނެއްގެ ފުރާނަ ގޮސްފައިވާ މައްސަލަ އާއި ގުޅިގެން ކަންބޮޑުވާ ކަމަށެވެ.

Advertisement - newsAdvertisement

މާރާމާރީ އާއި މީހުންނަށް އަނިޔާ ދިނުމުގެ އެއްވެސް އަމަލަކީ އެ ކައުންސިލުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި މިފަދަ އަމަލުތައް އައްޑޫ ސިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެކައުންސިލުން ބުނެއެވެ. އަދި އެ ކައުންސިލުން ދެކޭގޮތުގައި މީހުންގެ ފުރާނައައް ގެއްލުންވާ އަނިޔާވެރި މިފަދަ އަމަލުތަކަކީ ވަރަށް ލާއިންސާނީ، ދަށުދަރަޖައިގެ އަމަލުތަކެއް ކަމާއި، އިސްލާމްދީނުގެ އަސާސްތަކާއި، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނު އަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވާ މުޢާހަދާތަކުން މަނާކުރާ، އަދި ހައްޤުތައް ކަށަވަރުކޮށްދެވިފައިވާ މުޖްތަމަޢެއްގައި މިފަދަ އަމަލުތައް ހިނގުމަކީ އައްޑޫ ސިޓީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައިވެސް އެކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މައްސަލައަކީ މުޖްތަމަޢުގެ އަމަންއަމާންކަމާއި ސަލާމަތާއި ގުޅިފައިވާ ނުރައްކާތެރި މައްސަލައަކަށް ވުމުން، މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދީ، ރަށުތެރޭގައި އަމާންކަން ގާއިމްކޮށްދިނުން އަވަސްކޮށްދިނުމަށް ދަޢުލަތުގެ މުވައްސަސާތަކާއި ކަމާއިބެހޭ އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި މި މާރީމާރީގައި އަނިޔާވެފައިވާ 21 އަހަރުގެ ޒުވާނަކަށް ފަރުވާ ދެމުންދަނިކޮށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ވަނީ ނިޔާވެފައެވެ.

ފުލުހުން ބުނެފައިވަނީ މިއީ 2 ގުރޫއްޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރިއެއްކަމަށް މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް