Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ އަސަރު

މި ދަނޑިވަޅުގައި ޚަރަދުތައް ކުޑަކުރުން މުހިންމު: ރައީސް

ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 ޖޫން 2022 | ހުކުރު 04:52
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

މުޅި ދުނިޔޭގެ އިގްތިސާދަށް ނުރަނގަޅު އަސަރެއް ކުރަމުންދާ މި ދަނޑިވަޅުގައި ޚަރަދުތައް ކުޑަކުރަން މަސައްކަތްކުރުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި އަދި ޚިދުމަތްކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މިއަދު މުޅި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށެވެ. ސްޓްރެޓީޖިކް ގޮތުންނާއި ސިޔާސީ ގޮތުން ދުނިޔެ ވަންނަމުން މިދަނީ ވަރަށް ބޮޑު ބަދަލެއްގެ ތެރެއަށް ކަމަށް ރައީސް ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ސިޔާސީ އޮއިވަރަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، މުޅި ދުނިޔޭގެ އިގްތިސާދަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ފޯރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ސަމާލުވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، މިކަންކަމަށް ކުރިމަތިލައި، އެދެވޭ ނަތީޖާއެއް ނެރުމަށް ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ދަނޑިވަޅުގައި އެންމެ މުހިންމު ކަމަކީ ޚަރަދުތައް ކުޑަކުރުން ކަމަށާއި، ކޮންމެ ކަމެއްގައިވެސް އިގްތިޞާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުން މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ. ކަރަންޓު ޚަރަދު ކުޑަކުރުމާއި ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މުޅި ދުނިޔޭގެ އިގްތިސާދަށްވެސް މިވަގުތު ވަނީ ވަރަށް ބޮޑު ނުރަނގަޅު އަސަރެއް ކުރަމުންނެވެ. މިކަމުގެ ސަަބަބުން ރާއްޖޭގެ އިގްތިސާދަށް ނުރަނގަޅު އަސަރެއް ކުރި ނަމަވެސް ރާއްޖެ ބަނގުރޫޓު ނުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ރިސްކެއް އޮތީ މިދިޔައަހަރު ކަމަށެވެ. އެއީ މި އަހަރުގެ ޖޫން މަހު ދައްކަން ޖެހޭ 250 މިލިއަން ޑޮލަރުގެ ބޮންޑު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސުކޫކު ވިއްކައިގެން އެ ބޮންޑުގެ 192 މިލިއަން ޑޮލަރު މިހާރު ދައްކާފައިވާ ކަމަށެވެ. މިއަހަރުގެ ޖޫން ފުރަތަމަ ހަފްތާގައި އިންޓްރެސްޓާއެކު ގާތްގަނޑަކަށް 62 މިލިއަން ޑޮލަރު ދައްކާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެ ފަންޑު މިހާރުވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު، 2019އާ ގާތްކުރާ ވަރަށް އިތުރުވަމުން އަންނަ ކަމަށެވެ. މިހާރު ދުވާލަކަށް އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖްކޮށް ހަތަރުހާހުން މަތީގައި ހުންނަކަން ފާހަގަ ކުރެއްވިއެވެ. ބަޖެޓްގައިވެސް އަންދާޒާކުރިވަރަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ސިނާއަތްތައްވެސް ބަރާބަރަށް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ޖީޑީޕީ އަންދާޒާ ކުރިވަރަށް ކުރިއަރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އަންދާޒާ ކޮށްފައިވަނީ، 12 - 18 ޕަސެންޓާ ދެމެދު ޖީޑީޕީ ކުރިއަރާނެ ކަމަށް ކަމަށާއި، މިދިޔަ ހަފްތާތެރޭގައި އެމްއެމްއޭއާއެކު ޖީޑީޕީ ރިވައިސްކުރިި އިރުވެސް އެ އަންދާޒާއަށް ބަދަލު ނާންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެންމެ ވޯސްޓް ކޭސްގައިވެސް ރާއްޖޭގެ އިޤްތިސާދު 13 ޕަސެންޓް ކުރިއަރާނެ ކަމަށެވެ. މިކަމަށް ވަރަށް ޔަގީންކަން އެބައޮތް ކަަމަށް ވިދާޅުވިއެވެ.

މީރާއަށް ލިބޭ އާމްދަނީވެސް 2019ވަނަ އަހަރާ އަޅާބަލާއިރު ރަނގަޅު ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ރިސާރވް 2021 ނިމުނުއިރު ހުންނާނީ 700 މިލިއަން ޑޮލަރުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ރިސާރވްގައި ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށެވެ. ފާއިތުވިތަނަށް ބަލާއިރު، ރާއްޖޭގެ ރިސާރވް 2019ށްވުރެ މިހާރު ރަނގަޅުވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ބަގުރޫޓްވުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު