Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިއަހަރު ހައްޖަށް ދެވޭ އަގުތައް

އާންމުންނަށް ހުޅުވާލި 100 ކޯޓާގައި ހައްޖަށް ދެވޭނީ 76,960 ރުފިޔާއަށް

2 ޖޫން 2022 | ބުރާސްފަތި 02:12

ހައްޖަށް ދިއުމަށް ހުޅުވާލި 100 ޖާގައަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 30 މެއި އިން ފެށިގެން 2 ޖޫން އާ ހަމައަށް ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ޖޫން 2022 | ބުރާސްފަތި 02:12
ގައިދުރުކަމުގައި ހައްޖުގެ އަޅުކަން އަދާކުރުން

ގައިދުރުކަމުގައި ހައްޖުގެ އަޅުކަން އަދާކުރުން

މިއަހަރު ރާއްޖެއަށް ލިބިފައިވާ ރަސްމީ ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި 100 ކޯޓާއަށް ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 (ހަތްދިހަ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ)ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން އެކަން ހާމަކޮށް، ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކުންފުނީގެ ޙައްޖު އަދި އުމްރާގެ ޚިދުމަތް ހޯދުމާއިބެހޭ ޕޮލިސީގެ ދަށުން ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށް، ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ ޙައްޖު ދަތުރުގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވާ ފަރާތްތައް ޙައްޖަށް ގެންދިއުމަށް ކުންފުނިން ކަނޑަޅާފައިވާ އަގަކީ ކުރީ އަހަރުތަކުގައިވެސް ޙައްޖު ދަތުރަށް ކަނޑައެޅުނު އަގު ކަމަށެވެ. އެއަގަކީ 69,965 (ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ) ރުފިޔާ އެވެ.

މިއަހަރު ހައްޖަށް ދިއުމަށް ރާއްޖެއަށް ލިބުނު 453 ކޯޓާގެ ތެރެއިން އާއްމުންނަށް ހުޅުވާލާ 100 ކޯޓާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގެ ދަށުން ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނީ އާއްމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުންނެވެ. އެގޮތުން، ގުރުއަތުން 100 މީހުންނަށް ފުރުސަތު ލިބޭއިރު، ކިޔޫގައި ޖެހުމަށް އިތުރު 25 ޖާގައަށް މީހުން ނަގާނެކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ހައްޖަށް ދިއުމަށް ހުޅުވާލި 100 ޖާގައަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 30 މެއި އިން ފެށިގެން 2 ޖޫން އާ ހަމައަށް ހުޅުވާލާފައިވާއިރު، ކޮންމެ ދުވަހެއްގެ މެންދުރު 1:00ން ހަވީރު 6:00ށް ފޯމު ބަލައިގަންނާނެއެވެ. ފޯމުތައް ބަލައިގަންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުންނެވެ.

މީގެ އިތުުރުން އީމެއިލް މެދުވެރިކޮށްވެސް މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހެޅޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ސައޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް 453 ކޯޓާދީފައިވާއިރު މި ހުރިހާ ކޯޓާއެއް ސަރުކާރުން ވަނީ ހައްޖު ކޯޕަރޭޝަނަށް ދީފައެވެ. މީގެ ތެރެއިން 353 ކޯޓާ ދޫކުރާނީ މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި ފަރާތްތަކަށެވެ. ބާކީ 100 ކޯޓާ އާއްމުނަށް ހުޅުވާލާއިރު، މިހާރު ކިޔޫގައި ތިބި ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

ޙައްޖުގެ އަޅުކަންހައްޖު ކޯޕަރޭޝަން

އިތުރަށް ކިޔާލަން

25 ޖޫން 2024

ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ތިބީ މެނިންގްޖައިޓިސް ވެކްސިން ޖަހައިގެން

25 ޖޫން 2024
ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ތިބީ މެނިންގްޖައިޓިސް ވެކްސިން ޖަހައިގެން
09 ޖޫން 2024

ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

09 ޖޫން 2024
ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު
08 ޖޫން 2024

ނިކަމެތިން ހައްޖަށް ފޮނުވުމުގެ ނަމުގައި އޮޅުވާލުމުގެ ތުހުމަތު - ހައްޖު ކޯޕަރޭޝަނުން ބުނަނީ އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް

08 ޖޫން 2024
ނިކަމެތިން ހައްޖަށް ފޮނުވުމުގެ ނަމުގައި އޮޅުވާލުމުގެ ތުހުމަތު - ހައްޖު ކޯޕަރޭޝަނުން ބުނަނީ އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް
19 މެއި 2024

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ: އިސްލާމިކް މިނިސްޓްރީ

19 މެއި 2024
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ: އިސްލާމިކް މިނިސްޓްރީ
01 މެއި 2024

ހައްޖު ދަތުރުތަކުގެ އަގުހެޔޮކުރުމުގެ މަސައްކަތް ފަށައިފި

01 މެއި 2024
ހައްޖު ދަތުރުތަކުގެ އަގުހެޔޮކުރުމުގެ މަސައްކަތް ފަށައިފި
05 ފެބުރުއަރީ 2024

ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށްދާ މީހުން ކަނޑައަޅާނީ ގުރުއަތުލުމަކުން

05 ފެބުރުއަރީ 2024
ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށްދާ މީހުން ކަނޑައަޅާނީ ގުރުއަތުލުމަކުން
30 ޑިސެމްބަރު 2023

ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް މާރކެޓް ކުރުމަށް އެޖެންޓުން ހޯދުމަށް އިއުލާންކޮށްފި

30 ޑިސެމްބަރު 2023
ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް މާރކެޓް ކުރުމަށް އެޖެންޓުން ހޯދުމަށް އިއުލާންކޮށްފި
09 ޑިސެމްބަރު 2023

ސަރުކާރުގެ ޚަރަދުގައި 50 މީހުން ހައްޖަށް ފޮނުވަނީ އިސްލާމިކް މިނިސްޓްރީގެ ރިޒާވް ކޯޓާގެ ތެރެއިން: މިނިސްޓަރު ޝަހީމް

09 ޑިސެމްބަރު 2023
ސަރުކާރުގެ ޚަރަދުގައި 50 މީހުން ހައްޖަށް ފޮނުވަނީ އިސްލާމިކް މިނިސްޓްރީގެ ރިޒާވް ކޯޓާގެ ތެރެއިން: މިނިސްޓަރު ޝަހީމް
23 ނޮވެމްބަރު 2023

މި ދައުރުގައި ހިލޭ ހައްޖަށް ގެންދާ ފުރަތަމަ ބެޗް އަންނަ އަހަރު ހައްޖަށް ފޮނުވޭނެ: މިނިސްޓަރު ޝަހީމް

23 ނޮވެމްބަރު 2023
މި ދައުރުގައި ހިލޭ ހައްޖަށް ގެންދާ ފުރަތަމަ ބެޗް އަންނަ އަހަރު ހައްޖަށް ފޮނުވޭނެ: މިނިސްޓަރު ޝަހީމް
12 ނޮވެމްބަރު 2023

ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

12 ނޮވެމްބަރު 2023
ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް