Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިދޭސީންގެ މައްސަލަ

އިދާރާތަކުން ބުނަނީ ބިދޭސިންގެ މައްސަލައަށް އޮތް ހައްލަކީ ޑިޓެންޝަން ސެންޓަރުކަމަށް

އެރަށެއްގައި މަސައްކަތްކުރާ ބިދޭސީން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަ ޖެހެން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 1 ޖޫން 2022 | ބުދަ 12:50
ރަސްމީ ލިޔެކިޔުން ނެތް ބިދޭސީންގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ބައްދަލުކުރުން

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީންގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ބައްދަލުކުރުން

ގަވާއިދާއި ޚިލާފަށް ރާއްޖޭގައިއުޅޭ ބިދޭސިންގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބެން އޮތީ ޑިޓެންޝަން ސެންޓަރު ގާއިމް ކުރެވިގެން ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީގައި، ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅުން ހުރި އިދާރާތަކާއެކު ބުދަ ދުވަހުވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ އަދި އެލްޖީއޭ އިންވަނީ މިކަމުގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ، މިދިޔަ އަހަރު ހިންގި ޑްރަގް އޮޕަރޭޝަންތަކުގައިވެސް، އެ ވިޔަފާރީގައި ބިދޭސީން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން 114 މީހުން ފޮނުވާލުމަށް މަސައްކަތް ކުރެވުނުއިރު ފޮނުވާލެވިފައިވަނީ، 14 މީހުން ކަމަށެވެ. މިއީވެސް އިމިގްރޭޝަންގެ ހުރި ދަތިތަކުގެ ސަބަބުން ފޮނުވާ ނުލެވި ހުރި މީހުންކަމަށާއި، އުންމީދު ކުރަނީ ގަވާއިދާއި ޚިލާފުވާ ބިދޭސީން ބައިތިއްބާނެ ތަނެއް ހެދިގެން ދިޔުން ކަމަށް ފުލުހުން ބުންޏެވެ. ދައުވާ ނުކުރެވޭ ހާލަތުގައި މުޖުތަމައު އަށް ދޫކޮށްނުލާ ބައިތިއްބާނެ ތަނެއްވެސް ނެތްކަން ފާހަގަކުރިއެވެ. ބިދޭސީންގެ ނަމުގައި ވަރަށް ގިނަ އަދަދެއްގެ ސިމް ކާޑް ދޫކުރެވިފައި ހުރުމަކީ، ކުށްތަކަށް އަރައިގަންނަ މީހުން ހޯދަން ދަތިވާ ކަމެއްކަންވެސް ފުލުހުން ފާހަގަކުރިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ މީހުން ގެނެސް ބައިތިއްބާނެ ތަނެއް ނެތުމުން، އެމީހުން ހޯދައިގެން ގެނައުމުން އެކަމަށް އަންނާނެ ހައްލެއް ނެތް ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަލީ ވިދާޅުވިއެވެ. ޖިނާއީ ކުށެއްގެ ތެރެއިން ފާހަގަވާ މީހުން ހައްޔަރުކުރުމަށްފަހު ދައުވާއާ ހަމައަށް ނުދިޔަނަމަވެސް އެމީހަކު އަނބުރާ މުޖުތަމައަށް ދޫކޮށް ނުލައި ޑީޕޯޓް ކުރުމަށް މަސައްކަތްކުރާ ކަމަަށް ވިދާޅުވިއެވެ. އިމިގްރޭޝަންގައި ހުންނަ ބިދޭސީންގެ މައުލޫމާތު ހުންނަ ޕައިސިސް ސިސްޓަމަށް އެކްސެސްއެއް ނެތުމުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެ ސިސްޓަމްގެ އެކްސެސް އޮތީ ޔޫއެސްއަށް ކަމަށް އޭނާ ވިދާޅުވިއެވެ. ހޯލްޑިންގ ފެސިލިޓީއާއެކު ސިސްޓަމަށް ރަނގަޅު މައުލޫމާތު އެންޓަރކޮށް ވެރިފައި ކުރެވިގެން ނޫނީ ހައްލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަލީ ވިދާޅުވީ، 80 އިންސައްތަ މީހުންނަކީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަމަށެވެ. ރާއްޖެއަކީ އެއްވެސް ހަމައެއް ލަމައެއް ނެތި އުޅޭ ތަނަކަށް ވެއްޖެ ކަމަށާއި، ހުރިހާ ރަށެއްގައި ބިދޭސީން ވިޔަފާރި ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެލްޖީއޭ އިން ބުނީ، ގަވާއިދާ ޚިލާފަށް ރަށްރަށުގައި އުޅޭ ބިދޭސީން ދެނެގަތުމުގައި ނިޒާމެއް ގާއިމް ކުރެވިފައި ނެތުމުން އެއްރަށުން އަނެއް ރަށަށް ތަދުރުކުރާ ބިދޭސީން ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށެވެ.

ކޮވިޑް ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ބިދޭސީން ދެނެގަނެވިފައި ވަނީ، އޭރު އެ ވަގުތާ ހާލަތަށް ރިއާޔަތްކޮށް ގާއިމްކުރެވުނު ސިސްޓަމެއްގެ ތެރެއިން ކަމަށެވެ. އޭރު އެ ސިސްޓަމް ގާއިމްކުރެވުނީ، ކައުންސިލްތަކުން މައުލޫމާތު ހޯދުމަށް އެންމެ ފަސޭހަ ފަރާތަކީ އެލްޖީއޭ ކަމަށްވާތީ ކަމަށެވެ. އަދި މިކަމަކީ، އެލްޖީއޭ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމުން ދާއިމީ ކޮށް އެކަން ނުކުރެވޭނެ ކަމަށް އެލްޖީއޭއިން ބުންޏެވެ. އެހެންނަމަވެސް ކޮވިޑްގައި އެކަން އެގޮތަށް ޕްރެކްޓިސް ކުރުމުން ބިދޭސީންގެ މައުލޫމާތު އެގޮތަށް ހޯދޭނެކަން އެނގިގެން ދިޔަކަން ފާހަގަ ކުރިއެވެ. އެލްޖީއޭއިން ބުނީ، ކައުންސިލްތަކާ ހަމައަށް އެރަށެއްގައި މަސައްކަތްކުރާ ބިދޭސީން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަ ޖެހެން ޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން އެރަށެއްގައި މަސައްކަތްކުރާ ބިދޭސީން ދެނެގަނެވޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، 2019ގައި ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި 43،000 މީހުން ރަޖިސްޓްރީވި ކަމަށެވެ. އޭގެތެރެއިންވެސް އެމީހުންނާ ހަވާލުވާނެ މީހަކު ހުރެގެން މިއަދާ ހަމައަށް 13،312 މީހުން ރެގިއުލަރައިޒް ކުރެވިފައިވާކަމަށެވެ. އަދި 8،938 މީހުން ފޮނުވާލާފައިވާކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ. ރެޖިސްޓްރޭޝަން ބަދަލު ކުރުމަށް 35،000ހާ މީހުން އެދުކަމަށާއި، އެކަކު ރެޖިސްޓްރީ ވުމަށް ތިން ހަތަރު ފަރާތުންވެސް ރިކުއެސްޓް ކޮށްފައި ހުންނަ ކަމަށެވެ. އެ ރިކުއެސްޓްތަކަށް ބަލައި، މިހާރުވެސް 5،573 ރިކުއެސްޓް ޕްރޮސެސިންގައި އެބައޮތް ކަމަށް އެމިނިސްޓްރީ އިން ބުނެފައިވެއެވެ. މީހަކު ބަދަލު ކުރުމަށް ވަގުތު ދިގުލައިގެން ދަނީ ވެރިފައި ކުރުމަށް އެޕޮއިންޓްމެންޓް ދިނުމުން ނާންނާތީ ކަމަށާއި، ރަށު ކައުންސިލުން ފިންގަރ ޕްރިންޓް ވެރިފައި ކުރުމުގެ މަސައްކަތް ކުރުމަށް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށެވެ. އެކަމުން މި މަރުހަލާތައް އަވަސްވެގެންދާނެ ކަމަށް ގަބޫލު ކުރެވޭކަމަށް މިނިސްޓްރީން ބުނެއެވެ.

މީހުން ފޮނުވާލުމުގައި ހުރި ދަތިތައް ފާހަގަކުރަމުން އިކޮނޮމިކް މިނިސްޓްރީން ބުނީ، މީހުން ބައިތިއްބާނެ އެކަށީގެންވާ ތަނެއް ނެތުމުގެ ސަބަބުން މިދިޔަ އަހަރު އިތުރު އެއްވެސް ބަޔަކު ފޮނުވާލާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ވަކިވަކިން އެދިގެން އެނބުރި ގައުމަށްދާން އެދިގެން އަންނަ މީހުން ފޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޑިޓެންޝަން ސެންޓަރެއް ގާއިމް ކުރުމަށް އިމިގްރޭޝަނަށް ދަތިތަކެއް އެބަހުރިކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވާ ކަމަށެވެ. ބިދޭސީން ރާއްޖެއަށް އައުމަށް ހުއްދަ ދެނީ އިކޮނޮމިކް މިނިސްޓްރީން ކަމަށްވިޔަސް، މަސައްކަތް ކުރުމަށް ވިސާ ދެނީ އިމިގްރޭޝަނުންނެވެ. ވިސާއެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސިންނަށް ފިޔަވަޅު އެޅުމަކީ އިމިގްރޭޝަންގެ މަންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިހާރު ރާއްޖެ އަންނަ އަދި ފުރައިގެންދާ މީހުންގެ ރެކޯޑް މިހާރު މިނިސްޓްރީއަށް ލިބޭ ކަން ފާހަގަ ކުރަމުން އިކޮނޮމިކް މިނިސްޓްރީން ބުނީ، ރަށްރަށަށް ދާ ބިދޭސީންގެ މައުލޫމާތު ދެނެގަތުމަށް ސިސްޓަމެއް ޑިވަލޮޕް ކުރުމަށް ފަހު އެލްޖީއޭއަށް ފޮނުވާފައިވާކަމަށެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޑިޓެންޝަން ނުވަތަ ހޯލްޑިންގ ފެސިލިޓީއެއް އެބަހުރި ކަމަށާއި، މިހާރު ހުރީ 43 މީހުންގެ ފެސިލިޓީއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިނެވެ.

މިނިސްޓްރީން ބުނީ، މި އުޅެނީ ގާނޫނީ މައްސަލައަކަށްވުރެ ބޮޑަށް ފަންނީ އަދި އަމަލީ މައްސަލައެއް ކަމަށާއި، ލާމަރުކަޒުކޮށްގެން މިކަން ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ޕޮލިސް ސަރވިސްއިމިގްރޭޝަންއިކޮނޮމިކް މިނިސްޓްރީއެލްޖީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު