Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
130 ކިލޯ ޑްރަގް މައްސަލަ

130 ކިލޯ ޑްރަގް މައްސަލަ: ޝަހީބުގެ މައްޗަށް ކުރާ ދައުވާ ބޭރުކޮށްދޭން އެދިއްޖެ

ޝަހީބުގެ ފަރާތުން 3 ހުށައެޅުމެއް ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ޖޫން 2022 | ބުދަ 05:40
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ޝަހީބު އިބްރާހިމް

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ޝަހީބު އިބްރާހިމް

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

130 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް، އެކަމާއި ގުޅޭ ދައުވާ އުފުލާފައިވަނީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމްއާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ އަހުމަދު މޫސާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްއެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޝަހީބުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމުގެ ބައެވެ.

އެންމެ ފުރަތަމަ ދައުލަތުން ވަނީ ހުށައެޅުންތައް ހުށައަޅާފައެވެ. އެގޮތުން ޝަހީބުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ހުށައަޅާފައިވަނީ އެންމެ ހުށައެޅުމެކެވެ. އެއީ އޭނާގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިން ބަލައިނުގަތުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެކެވެ.

ޝަހީބުގެ ފަރާތުން ހުށައަޅާފައިވަނީ ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއުކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވާ ގޮތުގައި އެ ދިފާއު ނަގާނަމަ، ތަޙުޤީޤު މަރުޙަލާގައި އެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭން ޖެހޭކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 122 ވަނަ މާއްދާއިން ލާޒިމު ކުރެއެވެ.

އެގޮތަށް އެ މައުލޫމާތު ހާމަ ކުރުމުން އޭނާ ދައްކާ ވާހަކައިގެ ޙަޤީޤަތް ތަޙުޤީޤު މަރުޙަލާގައި ބެލުމުގެ ފުރުސަތު އޮންނަކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ޝަހީބުގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ތަޙުޤީޤުގައި ފާހަގަ ކޮށްފައިނުވާ ކަމަށެވެ.

ޝަރީއަތުގެ މަރުޙަލާގައި އެފަދަ ހެއްކެއް ހުށައަޅާއިރު، އެ ހެއްކެއް ބަލައިގަތުމުގައި ފަނޑިޔާރުން ބައްލަވަން ޖެހޭ 2 ސަބަބެއް އޮންނަކަމަށް ވަކީލު ވިދާޅުވިއެވެ. އެ ކަންކަން މި މައްސަލައިގައި ހުށައަޅާފައިވާ ހެކިންނާއި ގުޅިގެން ފުރިހަމަ ނުވާކަމަށް ވަކީލު ވިދާޅުވިއެވެ.

އެ ހުށައެޅުމަށް ޝަހީބުގެ ފަރާތުން ވަނީ ރައްދު ދީފައެވެ. އެގޮތުން އޭނާގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، ހެކި ހުށައަޅާފައިވަނީ މި މައްސަލައިގައި ހިމެނޭ ޖަމްބޯ ދޯނި ކަފުޖަހައިގެން ގެންދިއުމުގައި ޝަހީބުގެ ބައިވެރިވުމެއް ނެތްކަން ހާމަ ކުރުމަށް ކަމަށެވެ.

އެއީ ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ނެގުމަށް ހުށައަޅާފައިވާ ހެކިތަކެއް ނޫންކަމަށް މަހުފޫޒު ވިދާޅުވިއެވެ.

އެއަށްފަހު ޝަހީބުގެ ފަރާތުން ވަނީ ހުށައެޅުންތައް ހުށައަޅާފައެވެ. އޭނާގެ ފަރާތުން 3 ހުށައެޅުމެއް ހުށައަޅާފައިވެއެވެ.

އޭގެ ތެރޭގައި ދައުލަތުގެ ބައެއް ހެކިން ބަލައިނުގަތުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެއް ހިމެނެއެވެ. އޭނާގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވާ ގޮތުގައި ޝަހީބުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި މައްސަލައާ ގުޅުން ނެތް ހެކިތަކެއް ދައުލަތުން ވަނީ ހުށައަޅާފައެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ހިމެނޭކަމުގެ ތުހުމަތުވާ މީހުންގެ ތަޙުޤީޤީ ބަޔާންތައް (އެކޮމްޕްލިސްގެ އެވިޑެންސް) ޝަރީއަތަށް ބަލައިނުގަތުމަށްވެސް ޝަހީބުގެ ފަރާތުން ވަނީ ހުށައަޅާފައެވެ.

ތިންވަނަ ހުށައެޅުމަކީ މި މައްސަލައިގައި ޝަހީބުއާ ދެކޮޅަށް ހުށައެޅިފައިވާ ހެކިތަކަށް ބަލާއިރު، މިއީ އެކަށީގެންވާ ތަހުގީގެއް ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ނޫންކަމަށް ވިދާޅުވެ، މި މައްސަލައަކީ ޝަރީއަތެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް ހުށައެޅި ހުށައެޅުމެވެ.

އޭނާއާ ދެކޮޅަށް ހުށައެޅި ހެކިތަކަކީ ހަމައެކަނި މި މައްސަލައިގައި ހިމެނޭ ދޯންޏާއި ޝަހީބުއާ ގުޅުމެއް އޮތްކަމަށް ބުނެ ހުށައަޅާފައިވާ ހެކިތަކެއްކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު އެ ހުށައެޅުންތަކަށް ދައުލަތުން ވަނީ ރައްދު ދީފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު މޫސާގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ ބައި 6 އޭޕްރީލް 2022 ގައި ބޭއްވިއަޑުއެހުމުގައިވަނީ ކުރިއަށް ގެންދަވާފައެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު