Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނި މެނޭޖުކުރުން

މިއަދުން ފެށިގެން އުކާލާ ކުނި ހުންނަން ވާނީ ވަކިކޮށްފައި

މާލެ ސަރަހައްދުގެ ގޭބިސީތަކުން 3 ކެޓަގަރީއަކަށް ކުނި ބަހަން ޖެހޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖޫން 2022 | ބުދަ 02:22
ވެމްކޯ ކުނި އުކާލުން

ވެމްކޯ ކުނި އުކާލުން

ގެބިސީތަކުން އުފައްދާ ކުނި އުކާލަން ނެރޭއިރު ވަކިކޮށްފައި ބެހެއްޓުމަށް އެންގި އެންގުމަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.

މިއަދުން ފެށިގެން ގޭބިސީތަކުން އުކާލަން ނެރޭ ކުނި ހުންނަންވާނީ ވަކިކޮށްފައެވެ. މިއީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އާއްމުކޮށްފައިވާ ގަވާއިދުގެ ފަސް ވަނަ އިސްލާހުގައި އުކާލަން ނެރޭ ކުނި ކަނޑައެޅިފައިވާ ބައިބަޔަށް ވަކި ކުރަން އަންގާފައިވާތީ ގެނައި ބަދަލެކެވެ.

ވެމްކޯއިން އަންގާފައިވާގޮތުގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކުނި އުކާލަން ނެރޭއިރު ވަކި ކޮށްފައި ހުންނަން ޖެހޭނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތުގެ ކުންޏެވެ.

މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ ކުނިވާޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި، މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ.

އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުން ވެސް ވެމްކޯގެ ސައިޓުތަކަށް ކުނި އުކާލާއިރު ކުނި ވަކި ކުރަން ވަނީ އަންގާފައެވެ.

ކުނި ވަކިކޮށްގެން އުކާލުމަކީ މިހާރު ގިނަ ޤައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތެވެ. އެއީ ވަކި ކޮށްގެން ކުނި އުކާލުމުގެ ސަބަބުން ރިސައިކަލް ކުރަން ފަސޭހަވުމާއި މެނޭޖު ކުރަން ޖެހޭ ކުނި ނިސްބަތުން މަދުވެފައި ކުނި ނައްތާލަން ފަސޭހަވާނެތީއެވެ.

ކުނި މެނޭޖްކުރުން

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
06 އޮކްޓޯބަރު 2024

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި

06 އޮކްޓޯބަރު 2024
ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި
17 މާރިޗު 2024

މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި

17 މާރިޗު 2024
މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި
29 ނޮވެމްބަރު 2023

ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް

29 ނޮވެމްބަރު 2023
ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް
18 ޖުލައި 2023

ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލްތަކަށް 30.8 މިލިއަން ރުފިޔާގެ އެހީ ދީފި

18 ޖުލައި 2023
ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލްތަކަށް 30.8 މިލިއަން ރުފިޔާގެ އެހީ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު