Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސްޓީއޯ ހޮޓާ

އެސްޓީއޯއިން ތަރައްގީކުރަންފެށި ހޮޓަލުގެ މަސައްކަތް ނިންމަން އިންވެސްޓަރަކު ހޯދައިފި

މި ހޮޓާ ތަރައްގީކުރަނީ 25 އަހަރަށް ކުއްޔަށް ނަގާފައިވާ ބިމެއްގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 މެއި 2022 | އަންގާރަ 12:50
އެސްޓީއޯ ހޮޓާ

އެސްޓީއޯ ހޮޓާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހުޅުމާލޭގައި ތަރައްގީކުރަން ފަށާފައިވާ ހޮޓާ ތަރައްގީކުރާނެ އިންވެސްޓަރަކު ހޯދާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ހޯމަ ދުވަހުގެރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ރަޝާދު ވިދާޅުވީ، އެ ހޮޓާ އަޅަން ފަށާފައިހުރި ބިމަކީ އެސްޓީއޯގެ ބިމެއް ނޫން ކަމަށެވެ.

2007 ވަނަ އަހަރު ހޮޓާ އެޅުމަށް ހުޅުމާލެއިން ބިމެއް ކުއްޔަށް ނަގާފައިވާކަމަށާއި، މިއީ 25 އަހަރަށް ކުއްޔަށް ނަގާފައިވާ ބިމެއް ކަމަށް އަމްރު ވިދާޅުވިއެވެ. ކުއްޔަށް ދީފައި އޮތް މުއްދަތު ހަމަވާން ކައިރިވެފައިވާތީ 2019 ވަނަ އަހަރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު އެސްޓީއޯއިން ވަނީ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައެވެ.

މި މަޝްވަރާތަކުގައި، އެތަން ތަރައްގީކުރުމުގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުމަށް އިންވެސްޓަރަކު ހޯދުމުގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވެއެވެ. މަޝްވަރާތަކަށްފަހު އިންވެސްޓަރަކުވެސް ހަމަޖެހުނުކަމަށް އަމްރު ވިދާޅުވިއެވެ. އިންވެސްޓަރާއެކު އެއްބަސްވުމަކަށް ދިއުމަށް ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުގެ ކުރީކޮޅުކަމަށް އަމްރު ވިދާޅުވިއެވެ. އެއްބަސްވުމުގައި ސޮއިކުރަން ކައިރިވެފައިވަނިކޮށް ކޮވިޑް-19ގެ ހާލަތު ކުރިމަތިވެ، އިންވެސްޓަރު ޓޫރިޒަމް ސިނާއަތަށް އިންވެސްޓުކުރަން ބޭނުންނުވީކަމަށް އަމްރު ވިދާޅުވިއެވެ.

އެހާހިސާބުން އެހެން ގޮތަކަށް އެކަން ކުރިއަށްގެންދަން ބޭނުންވި ކަމަށާއި، އަނެއްކާވެސް އެޗްޑީސީއާ ގުޅިގެން އެޗްޑީސީން އިންވެސްޓަރަކު ހޯދާފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

މި ހޮޓަލުގެ މަސައްކަތް ހުއްޓިފައިވާއިރު، ހޮޓަލުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި ހޮޓާ ތަރައްގީކުރަން ފަސާފައިވަނީ 5 ތަރީގެ ހޮޓަލެއްގެ ގޮތުގައެވެ. އެތަން ތަރައްގީކުރަމުންދިޔައީ ފިހާރަތަކާއި، ރެސްޓޯރެންޓުތަކާއި، އިވެންޓު ހޯލްތައް ހިމެނޭ ގޮތަށެވެ.

އެސްޓީއޯހުސެއިން އަމްރުހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
29 ނޮވެމްބަރު 2025

ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

29 ނޮވެމްބަރު 2025
ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
20 އޮކްޓޯބަރު 2025

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!
19 އޮކްޓޯބަރު 2025

ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު

19 އޮކްޓޯބަރު 2025
ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
15 އޮކްޓޯބަރު 2025

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު