Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނި މެނޭޖުކުރުން

ކުނި މެނޭޖުކުރުމަށް އެކަށީގެންވާ ފައިސާއާއި މުވައްޒަފުން ބޭނުންވާނެ - ފިރުޝާން

ރަށްރަށުގެ ކުނިގޮނޑުތައް ރަނގަޅަށް މެނޭޖް ކުރަމުން ދަނިކޮށް ފައިސާގެ ދަތިކަމާ ހުރެ މުޅި އޮޕަރޭޝަން ހުއްޓުމަކަށް އައިސްފައި އެބަހުރި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 31 މެއި 2022 | އަންގާރަ 03:54
ހުސެއިން ފިރުޝާން - މަޑަވެލި ދާއިރާގެ މެމްބަރު

ހުސެއިން ފިރުޝާން - މަޑަވެލި ދާއިރާގެ މެމްބަރު

ކައުންސިލްތަކަށް އެކަށީގެންވާ ބަޖެޓަކާއެކު އެކަމަށް ބޭނުންވާ މުވައްޒަފުން ލިބިގެން މެނުވީ ކުނި މެނޭޖުކުރުމުގެ މައްސަލަ ހައްލު ނުވާނެ ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން މިހެން ވިދާޅުވީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަހުން ކުރަމުން އަންނަ ކުނި މެނޭޖުކުރުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ. ފިރުޝާން ވިދާޅުވީ، ބައެއް ރަށްރަށުގައި މިތަޖުރިބާ ކޮށްފައި އެބަހުރި ކަމަށެވެ. ބައެއް ރަށްރަށުގެ ކުނިގޮނޑުތައް ރަނގަޅަށް މެނޭޖުކުރަމުން ދަނިކޮށް ފައިސާ ދަތިކަމާ ހުރެ މުޅި އޮޕަރޭޝަން ހުއްޓުމަކަށް އައިސްފައި އެބަހުރި ކަމަށެވެ. އެއާއެކު މުޅި ތަން ފަރުބަދައަކަށް ބަދަލުވެ ހަނދާނެ ގޮތް ހުސްވާކަމަށެވެ. މިިކަން ހައްލު ކުރަން ބޭނުންވާނީ ފައިސާއާއި މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.

ކުނި ވަކިކޮށް، ކުނިވާ ޒާތުގެ ކުނިން ޚާއްޞަ ގޮތެއްގައި ކަރުދާހައި، ބިއްލޫރި، ލަކުޑި ފަދަ ވިއްކާލެވޭ ކުނި، ނުވަތަ ކާދު ހަދައިގެން ކާދު ވިއްކަން، އެއިން އާމްދަނީ ހޯދުމުގެ މަގު ކައުންސިލްތަކަށް ފަހިވެފައި އޮންނަން ޖެހޭ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ބައެއް ރަށްރަށުގައި ދަގަނޑު ފުނިފުންޏަށް ޖެހިފައި ހުންނަ ތަން ފެންނަ ކަމަށާއި، އެ ނެގޭނެ އިންތިޒާމެއް ސެންޓްރަލީ އޮންނަންޖެހޭ ކަމަށް ފިރުޝާން ވިދާޅުވިއެވެ. އަތޮޅު ލެވަލްގައި ވެސް އަދި މުޅި ރާއްޖޭގެ ލެވަލްގައި ވެސް، ރީޖަން ލެވަލްގައި ވެސް އެ އިންތިޒާމު ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށް ފިރުޝާން ވިދާޅުވިއެވެ. ހަމައެކަނި ކުނި ޖަމާކޮށް، ވަކިކޮށްފައި އެ ތަންތަނުގައި ބެހެއްޓުމަކުން ކުނި މެނޭޖުނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިއީ ވިޔަފާރިއެއްގެ ގޮތުގައި ފުޅާދާއިރާއެއްގައި ކުރެވިދާނެ ކަމެއް ކަން ފިރުޝާން ފާހަގަކުރެއްވިއެވެ. މި މައުލޫމާތު ރަށްރަށުގެ ކައުންސިލްތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށާއި، އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރެވެން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެން ވެއްޖެނަމަ، މިކަން ރަނގަޅަށް ހިނގާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ހުށައަޅާފައިވާ ކުނި މެނޭޖުކުރުމުގެ ބިލަކީ އެއް އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ވަސީލަތް ގާއިމްކުރުން ލާޒިމްވާގޮތަށް ހުށައަޅާފައިވާ ބިލެކެވެ.

ހުސައިން ފިރުޝާން / މަޑަވެލި ދާއިރާގެ މެންބަރުކުނި މެނޭޖްކުރުން

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
06 އޮކްޓޯބަރު 2024

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި

06 އޮކްޓޯބަރު 2024
ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި
17 މާރިޗު 2024

މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި

17 މާރިޗު 2024
މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި
29 ނޮވެމްބަރު 2023

ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް

29 ނޮވެމްބަރު 2023
ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް
18 ޖުލައި 2023

ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލްތަކަށް 30.8 މިލިއަން ރުފިޔާގެ އެހީ ދީފި

18 ޖުލައި 2023
ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލްތަކަށް 30.8 މިލިއަން ރުފިޔާގެ އެހީ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު