Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭ6ގެ ހަމަލާގެ ޝަރީއަތް

ތުހުމަތު ކުރެވޭ މީހުން ނުގެނެވިގެން ޝަރީއަތް ކެންސަލް ކުރުމުގެ ކަންބޮޑުވުން ރައީސް ނަޝީދުގެ ފަރާތުން ފާޅުކޮށްފި

ކުރީގެ ދުވަހެއްގައި ގެނެސް، މާލެ ޖަލެއްގައި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެހެން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 30 މެއި 2022 | ހޯމަ 06:42
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވޭ

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވޭ

މޭ6ގެ ހަމަލާގެ ޝަރީއަތަށް ތުހުމަތު ކުރެވޭ މީހުން ނުގެނެވިގެން ޝަރީއަތް ކެންސަލް ކުރުމުގެ ކަންބޮޑުވުން ރައީސް ނަޝީދުގެ ފަރާތުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް 2021 މެއި 6ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ހޯމަ ދުވަހު އޮތް ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ވިއްސާރަ ވުމުގެ ސަބަބުން ތުހުމަތު ކުރެވޭ މީހުން ކޯޓަށް ހާޒިރު ނުކުރެވުމުންނެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދުގެ ވަކީލުންގެ ޓީމްގެ ފަރާތުން ނާޒިމް އަބްދުއްސައްތާރު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތުހުމަތު ކުރެވޭ މީހުން ކްރިމިނަލް ކޯޓަށް ނުގެނައުމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ކުށްވެރިކުރާ ކަމަށެވެ.

މޫސުން ގޯސް ކަމަށް ލަފާކުރެވޭނަމަ އޭގެ ކުރީގެ ދުވަހެއްގައި އެމީހުން ގެނެސް، މާލެ ޖަލެއްގައި ބެހެއްޓުމުގެ އިންތިޒާމު ކަރެކްޝަނުން ހަމަޖައްސަން ޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި މައްސަލައިގައި ޝަރީއަތް އޮންނާނެ ދުވަސްތައް ކުރިން މި މެއި މަހުގެ 15 ވަނަ އިއުލާންކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި މުއައްސަސާތަކުން އިހުމާލުވާ ކަމުގެ ޝަކުވާ ކެނޑިނޭޅި ކުރަމުންދާއިރު، އެފަދަ ޝަކުވާތަކަށް ބެލުމެއް ނެތި ހޯމް މިނިސްޓްރީންނާއި ކަރެކްޝަނުން މިކަމުގެ ހައްސާސިއްޔަތު ދެނެ ނުގަނެ، ފަރުވާ ކުޑަކުރާ ކަމަށާއި، އެކަން އިންތިހާއަށް ކުށްވެރިކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތަށް ރައީސް ނަޝީދުގެ ވަކީލުންގެ ފަރާތުން އެދިވަޑައިގެންނެވުމުން ކްރިމިނަލް ކޯޓުން އެ ފުރުސަދީފައިވަނީ އާދީއްތަ ދުވަހުއެވެ.

ރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު