Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ

ބީއެމްއެލްއިން ދައުލަތަށް ރެކޯޑު އަދަދަކަށް ފައިސާ ދައްކައިފި

ބޭންކަށް މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 މެއި 2022 | ހޯމަ 02:02
ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރުގެ ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ދައުލަތަށް ރެކޯޑު އަދަދަކަށް ފައިސާ ދައްކާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވީ ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ޓިމް ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި ދައުލަތަށް ދައްކަން ޖެހޭ ޓެކުހާއި ސަރުކާރުގެ ހިއްސާއަށްވާ ފައިދާގެ ގޮތުގައި 674 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ދައްކާފައިވާއިރު ހިއްސާގެ ފައިދާގެ ގޮތުގައި ދައްކާފައިވަނީ 131 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓިމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެ ބޭންކުގެ ފައިދާ ވަނީ 470 އިންސައްތައަށް އިތުރުވެފައެވެ. އެގޮތުން އެ ބޭންކުގެ ފައިދާ މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާއެކު ވެސް ބޭންކު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކަށް ވަނީ 554 މިލިއަން ރުފިޔާ ލިބިފައެވެ.

2021 ވަނަ އަހަރު ބީއެމްއެލްގެ ފައިދާ އިތުރުވެފައިވާއިރު އެ ބޭންކުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި 258 މިލިއަން ރުފިޔާ ބަހަން ނިންމާފައެވެ. އަދި އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 48 ރުފިޔާ ބަހަން ވަނީ ފާސްކޮށްފައެވެ.

ބީއެމްއެލްއަހަރީ އާންމު ޖަލްސާ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު