Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފަރ

އުމެއިރުއާއި ބެންޖޯ، ވެލެންސިޔާއަށް!

29 މެއި 2022 | އާދީއްތަ 15:14

މިއީ އުމެއިރު ވެލެންސިޔާއަށް ކުޅޭ ފުރަތަމަ ފަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 29 މެއި 2022 | އާދީއްތަ 15:14
އުމެއިރު ދެން ފެންނާނީ ވެލެންސިޔާއިން: ފޮޓޯ-މާޒިޔާ

އުމެއިރު ދެން ފެންނާނީ ވެލެންސިޔާއިން: ފޮޓޯ-މާޒިޔާ

ގައުމީ ޓީމްގެ މިޑްފީލްޑަރ މުހައްމަދު އުމެއިރުއާއި, ކުރިން ގައުމީ ޓީމަށް ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ)، ސީޒަންގެ ބާކީ ބައިބައިގައި ކްލަބް ވެލެންސިޔާއަށް ކުޅެން ސޮއިކޮށްފިއެވެ.

އުމެއިރު ވެލެންސިޔާއަށް ބަދަލުވީ މާޒިޔާ ދޫކޮށްލުމަށްފަހުއެވެ. މިއީ އުމެއިރު ވެލެންސިޔާއަށް ކުޅޭ ފުރަތަމަ ފަހަރެވެ. ފުރަތަމަ ޑިވިޝަންގައި ވިކްޓްރީ, ނިއުރޭޑިއަންޓް, ވީބީ, އަދި މާޒިޔާއަށްވެސް ކުޅެފައިވާ އުމެއިރު ކްލަބް ބަދަލުކުރިއިރު، އޭނާއަށް މާޒިޔާއަށް ކުޅުމުގެ ފުރުސަތު ލިބުން ވަނީ މަދުވެފައެވެ. ނަމަވެސް ގައުމީ ސްކޮޑުން މިހާރުވެސް ޖާގަ ލިބެއެވެ. އުމެއިރު ވަނީ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި, ރަންބޫޓުވެސް މީގެކުރިން ހޯދާފައެވެ. ބެންޖޯ މިސީޒަން ފެށީ ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް)އިންނެވެ. ސަސްގެ ދިފާއުގައި މުހިއްމު ދައުރެއް އަދާކުރުމުގެ އިތުރުން އޭނާ ވަނީ މުހިއްމު ލަނޑުތަކެއްވެސް ޖަހާފައެވެ. ސަސްގެ ކެޕްޓަނަކީވެސް ބެންޖޯއެވެ. ބެންޖޯ ސަސްއަށް ބަދަލުވީ ޓީސީންނެވެ. އުމެއިރުއާއި ބެންޖޯއަކީ މިހާރު ދަނޑުމަތިން ފެންނަ އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނެވެ.

ޕްރެޒިޑެންޓްކަޕް ކާމިޔާބުކުރި ފަހުން މުސާރައިގެ މައްސަލައާއި އަނިޔާގެ މައްސަލަތަކާއެކު ވެލެންސިޔާގެ ފޯމް އޮތީ ދަށްވެފައެވެ. ލީގު ބްރޭކަށް ދިޔައިރު ވެލެންސިޔާ އޮތީ 16 ޕޮއިންޓާއެކު ފަސްވަނާގައެވެ. އެއްވަނާގައި އޮތް މާޒިޔާއާ ދެމެދު 17 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެކަމަކު އަލުން އަންނަ މަހު ލީގު ފަށާއިރު ސެންޓޭއާއި އުމެއިރުއާއެކު ވެލެންސިޔާގެ ކުރި އިތުރަށް ވަރުގަދަ ވާނެއެވެ. ޕްރެޒިޑެންޓްކަޕްގައި ލިބުނު އަނިޔާއަށްފަހު ސެންޓޭ ދަނޑަށް ނުކުތީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގެ ފަހުބައިގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.

ކުލަބު ވެލެންސިއާ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
02 އޮކްޓޯބަރު 2025

ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

02 އޮކްޓޯބަރު 2025
ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް
19 މާރިޗު 2025

ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި

19 މާރިޗު 2025
ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި
29 އޯގަސްޓު 2024

ނޯމަލައިޒޭޝަން ކޮމިޓީން ކުލަބުތަކާ ބައްދަލުކޮށްފި

29 އޯގަސްޓު 2024
ނޯމަލައިޒޭޝަން ކޮމިޓީން ކުލަބުތަކާ ބައްދަލުކޮށްފި
26 ޖޫން 2024

ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު

26 ޖޫން 2024
ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު
26 ޖޫން 2024

ބަކާގެ ކުއްލި ވަކިވުމުން އެތައް ބަޔަކު ރޮއްވާލައިފި

26 ޖޫން 2024
ބަކާގެ ކުއްލި ވަކިވުމުން އެތައް ބަޔަކު ރޮއްވާލައިފި
26 ޖޫން 2024

ބަކާ: ސާފް ޗެމްޕިއަންޝިޕުގެ ތާރީހާ ގުޅިފައިވާ ގައުމީ ބަތަލެއް

26 ޖޫން 2024
ބަކާ: ސާފް ޗެމްޕިއަންޝިޕުގެ ތާރީހާ ގުޅިފައިވާ ގައުމީ ބަތަލެއް
05 ފެބުރުއަރީ 2024

ކޮންގްރެސްގެ ދައުވަތު ނުލިބޭ ކަމަށް ވެލެންސިއާ އިން ބުނެފި

05 ފެބުރުއަރީ 2024
ކޮންގްރެސްގެ ދައުވަތު ނުލިބޭ ކަމަށް ވެލެންސިއާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް