Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގޭންގްތަކާ ބެހޭގޮތުން ނޭނގޭ ހަމަ އެއްވެސް އެއްޗެއް ނެތް، އެކަމަކު ފިޔަވަޅެއްނޭޅޭ!

ގޭންގުތަކުގައި 2800އަށްވުރެ ގިނަ މީހުން އެބަތިބި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 29 މެއި 2022 | އާދީއްތަ 12:07
މާރާމާރީއެއްގެ ތެރެއިން ޒުވާނަކަށް ހަމަލާދީފައި

މާރާމާރީއެއްގެ ތެރެއިން ޒުވާނަކަށް ހަމަލާދީފައި

މާލޭގައި ނުރައްކާތެރި ގޭންގްތައް ހަރަކާތްތެރިވާކަން އެނގެއެވެ. މި ގޭންގްތަކުން ނުރައްކާތެރި ކުށްތައް ކުރާކަންވެސް އެނގެއެވެ. އަދި އެއީ ކޮން ބައެއްކަންވެސް އެނގެއެވެ. ފުލުހުން ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް މިވާހަކަތައް ތަކުރާރުކޮށް ދައްކައެވެ. ތަފާތު ޕްރެޒެންޓޭޝަނާއި ވީޑިއޯތައް ދައްކައެވެ. މި ކަމުންވެސް މިކަމުގެ ނުރައްކާ އޮތް މިންވަރު ދެނެގަނެވެއެވެ.

މީހުން މަރައި، ޚިޔާލެއް ފިކުރެއް ބިރެއް ނެތި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުން ކޮށައި ކުދިކޮށް ހަދަނީ މަގުމަތީގައެވެ. ރުޅިއާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ހަމަނުޖެހުންތަކުގައި 31 މީހެއްގެ ފުރާނަ ދުއްވާލިއިރު، މީގެތެރޭގައި "އޮޅިގެން" 6 މީހަކު މަރާލާފައިވެއެވެ. މިކަން ހުއްޓުވަން ހަމައެކަނި ޕްރެޒެންޓޭޝަނަކުން ނުވަތަ ދައްކާލާ ވީޑިއޯއަކުން ނުފުދެއެވެ. މީހުން މެރުން އެންމެ ގިނަވީ 2016އާ 2018އާ ދެމެދުގައެެވެ. މިހާރު ކޮންމެވެސް ވަރަކަށް މިކަން މަޑުޖެހިފައި އޮތީ ވަކި މަގުސަދެއްގައިކަމަށް، އުކުޅަހުގައި ކުރިއަށް ގެންދިޔަ "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކަނޑިއާއި ދަގަނޑާއި އެހެންވެސް ތޫނު ހަތިޔާރުު ހިފައިގެން ފާޅުގައި ނުކުމެ މާރާމާރީ ހިންގުމުގެ ބަދަލުގައި، ފަހަކަށް އައިސް ފެންނަނީ ވަޅި ފޮރުވައިގެން ނުކުމެ މީހުންނަށް ހަމަލާ ދޭތަން ކަމަށެވެ. އަދި މީހުން މެރުމުގެ ބަދަލުގައިވެސް ހަމަލާދީ، ނުވަތަ ވާހަކަ ދައްކައިގެން ހައްލުކުރަން އުޅެފައި ހުރިކަން ތަހުގީގުކުރި އެކި ހާދިސާތަކުން އެނގޭކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގޭންގްތަކުން މައްސަލަތަކުގައި ސުލްހަ ހޯދަނީ، އެ މީހުންކުރާ މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރކުރަން ގެންގުޅޭ އެހެން ވިޔަފާރިތަކަށް އަތުވެދާނެ ލޮޅުމަކުން ސަލާމަތްވުމަށްކަމަށެވެ. ފުޅާކޮށް ހިންގާ މަސްތުވާތަކެތީގެ ވިޔަފާރީގެ ނިވާފަތްގަނޑަކަށް ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތަކާއި އެހެންވެސް ބޮޑެތި ވިޔަފާރިތައް ހަދާފައި ހުންނަކަމަށްވެސް ފުލުހުން ބުންޏެވެ.

އެތައް ޒަމާނެއް ވެފައި އޮތް މި މައްސަލައަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރަމޭ ބުނުމަކުން ނުފުދެއެވެ. ޓާސްކްފޯސްތައް އެކުލަވާލައި އެކްޝަން ޕްލޭނެއް ހެދުމުން ނިމުނީއެއް ނޫނެވެ. މިއީ މިހާރުން މިހާރަށް ހައްލެއް ބޭނުންވެފައި އޮތް ނުރައްކާތެރި ކަމެއްކަން، ހަމައެކަނި އަދަދުތަކަށް ބަލާލުމުންވެސް އެނގެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 700ށްވުރެ ގިނަ މާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ތިން އަހަރު ރާއްޖޭގައި ހިންގި މާރާމާރީތަކުގެ ބޮޑު ބަޔަކީ ގްރޫޕް ހަދައިގެން ހިންގި މާރާމާރީތައް ކަމަށް ރެކޯޑުތަކުން ފެންނަން އެބައޮތެވެ. ގްރޫޕް ހަދައިގެން ހިންގި 215 މާރާމާރީއެއް 2016 ވަނަ އަހަރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، 2017 ވަނަ އަހަރު ގޭންގް ހަދައިގެން ހިންގި 219 މައްސަލަ، އަދި 2018 ވަނަ އަހަރު 223 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.

ގަސްދުގައި މީހުން މެރުމުގެ މައްސަލަތައްވެސް އޭރު ގިނައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ގަސްދުގައި މީހުން މެރުމުގެ ފަސް މައްސަލަ 2016 ވަނަ އަަހަރު ހިންގިއެވެ. 2017ވަނަ އަހަރު އެފަދަ 9 މައްސަލަ، އަދި 2018 ވަނަ އަހަރު އެފަދަ 3 މައްސަލަ ހިންގާފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ.

އެހެންނަމަވެސް 2019ގެ ފަހުން މާރާމާރީގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކޮށްފައި އޮތީ، އޭގެ ކުރީގެ 3 އަހަރަށްވުރެ މަދުންނެވެ. މާރާމާރީގެ 626 މައްސަލައެއް 2019 ވަނަ އަހަރު ރިޕޯޓްކުރިއިރު 2020 ވަނަ އަހަރު ރިޕޯޓްކުރީ 652 މައްސަލައެވެ. އެކަމަކު 2021 އަހަރު ރިޕޯޓްކުރި މާރާމާރީ މައްސަލަތައް އޭގެ ކުރީ އަހަރަށްވުރެ މަދެވެ. މިދިޔަ އަހަރު ރިޕޯޓްކުރިކަމަށް ތަފާސްހިސާބުން ދައްކަނީ 649 މައްސަލައެވެ. މިއީ ފުލުހުން އެ ބުނާ ޓްރެންޑަށް އައި ބަދަލަށް ވުން އެކަށީގެންވެއެވެ.

ކޮންމެއަކަސް މާލޭގައި އެކަނިވެސް 44 ގޭންގެއް އުފެދި، ކޮންމެ ދުވަހަކުވެސް މަގުމައްޗަށް ނުކުމެ މާރާމާރީ ހިންގާކަމަށާއި، އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީގޮތުން ހަރަކަތްތެރިވާ 9 ގޭންގު އޮންނަކަމަށް ބުނީ ފުލުހުންނެވެ. މި ގޭންގުތަކުގައި 2800އަށްވުރެ ގިނަ މީހުން ތިބިއިރު، މިއީ ރާއްޖޭގެ ކުޑަ ރަށެއްގެ އާބާދީއާ އެއްވަރުގެ އަދަދެކެވެ. މީގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އެހެންކަމުން މިކަން ހުއްޓުވަން ޖެހެއެވެ. ޖީލެއް މިކަމުގައި ހަލާކުވެގެންދާއިރު، މައުލޫމާތު އެއްކޮށްގެން ދެއަތް އުރާލައިގެން ތިބެގެންނުވާނެއެވެ.

ގޭންގްތަކަށް މީހުން ރެކްރޫޓްކުރާކަމާއި، ކުށްކުރުމުގެ ޓްރެންޑް ބަދަލުވެ، ކުށްކުރުމުގައި ގޭންގުތަކުގެ ނުފޫޒު ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ވައްދާފައި އޮތްކަންވެސް ފުލުހުންނަށް އެނގެއެވެ. އަދި ކުށްތަކަށް އަރައިގަތުމަށްފަހު އެކަމުން ސަލާމަތްވުމަށްޓަކައި ވަކީލުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދެމުންދާކަންވެސް ފުލުހުންނަށް އެނގެއެވެ. މާލޭގައި ހަރަކާތްތެރިވަމުންދާ ގޭންގުތައް އަތޮޅުތަކަށް ފުޅާވެގެން ގޮސްފައިވާ މިންވަރުވެސް ފުލުހުންނަށް އެނގެއެވެ.

ގޭންގުތަކާ ބެހ ގޮތުން ފުލުހުންނަށް ނޭނގޭ އެއްވެސް މައުލޫމާތެއްނެތެވެ. ރާއްޖޭގައި ގޭންގުތައް ހިންގާގޮތާއި، ކުށްތައް ފޮރުވުމަށް ކުރާ ކަންކަމާއި، ގޭންގުތަކަކީ ކޮބައިކަމާއި، އެ ގޭންގްތައް ހިންގަނީ ކޮންބައެއްކަމާއި، އެ ގޭންގްތަކުގައި ތިބި ކުޑަކުދިންގެ އަދަަދާއި، ނުފޫޒު ފޯރުވާ ދިމާތަކާއި، ގޭންގްތައް ހިންގުމަށް ފަންޑު ހޯދާ ގޮތްވެސް ފުލުހުންނަށް އެނގެއެވެ. މިހުރިހާ ކަމެއް އެނގިތިބެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ކޮން ސަބަބަކާހުރެ ކަމެއް ނުވިސްނެއެވެ. ކަމެއް ހައްލުކުރުމަށް ބޭނުންވާނީ އެކަމެއްގެ ފުރިހަމަ މައުލޫމާތު ކަމަށްވާއިރު، އެ ހުރިހާ މައުލޫމާތުތައް ފުލުހުންނަށް އެބަ އެނގެއެވެ.

އެކި ނަންނަމުގައި އޮޕަރޭޝަންތަކާ އެކްޝަން ޕްލޭތައް ހެދިޔަސް މިކަމަކަށް ހައްލެއް ނާދެއެވެ. އެހެންކަމުން ހައްލު ނާންނަނީ ކޮން ސަބަބަކާހުރެކަން އެބަ އެނގެން ޖެހެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު