Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް ކޭސް: ވަކި މީހެއްގެ ބޮލުގައި ޒިންމާ އަޅުވަން އުޅޭކަމުގެ ތުހުމަތު

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 މެއި 2022 | އާދީއްތަ 06:16
119 ކިލޯ ޑްރަގް ކޭސްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

119 ކިލޯ ޑްރަގް ކޭސްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ނިމިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ މިހާރުވެސް ތަޙުޤީޤު ކުރިއަށްދާ ބޮޑު މައްސަލައެކެވެ.

Advertisement - newsAdvertisement

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީއެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު އޮތް އަޑުއެހުމަކީ ދިފާއުން ދައުލަތުގެ ހުށައެޅުންތަކަށް ރައްދު ދިނުމަށް ބޭއްވި އަޑުއެހުމެކެވެ. އެހެންނަމަވެސް، ދިފާއަށް އެރި އިދާރީ އޮޅުމެއްގެ ސަބަބުން ލިއެކިއުންތައް ލިއުމުން ކޯޓަށް ހިއްސާ ކުރެވިފައިނުވާތީ ހުށައެޅުންތަކަށް ރައްދު ދިނުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

އެއަށްފަހު ގާޒީ ވަނީ ބާކީ ހުރި ލިއުންތައް ދެފަރާތަށް ލިބިފައިވޭތޯ އިތުރަށް ކަށަވަރު ކުރައްވާފައެވެ. އަދި ދިފާއުން 30 މެއި ގެ އޮފީސް ބަންދުވުމުގެ ކުރިން ލިއުމުން ރައްދު ހުށައެޅުމަށް ގާޒީ ދެންނެވިއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗަށް ވަކި މީހަކު ޒިންމާ ކުރުވުމުގެ މިސްރާބަށް ދިފާއުން ދާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. އެގޮތުން މި މައްސަލައިގައި ދައުވާލިބޭ އަލީ ޒުބައިރުގެ ވަކީލުން އެކަށީގެންވާ ގޮތެއްގައި އޭނާ ދިފާއު ނުކުރާކަމަށް ބަޔާންކޮށް ދައުލަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ، މި މައްސަލައިގައި އަލީ ޒުބައިރުގެ ފަރާތުން އެއްވެސް ހުށައެޅުމެއްވެސް ހުށައަޅާފައިނުވާ ކަމަށެވެ. ނަމަވެސް އަހުމަދު ސުނައިނުއާއި އަހުމަދު މުޖާހިދުގެ ފަރާތުން ހުށައެޅުންތައް ހުށައަޅާފައިވާކަން ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.

ވުމާއެކު، މި މައްސަލައިގެ ޒިންމާ ވަކި މީހަކު ނަގަންޖެހޭ ގޮތަށް އަމަލުކުރާކަމުގެ ތުހުމަތާއެކު ދައުލަތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުން އަލީ ޒުބައިރު ބުނީ، ދައުލަތުގެ އެ ވާހަކަތައް އޭނާ ޤަބޫލު ނުކުރާ ކަމަށެވެ. އެގޮތުން ދިފާއީ ވަކީލުން އެކަށީގެންވާ ގޮތެއްގައި އޭނާ ދިފާއު ކުރުމަށް މަސައްކަތް ކުރައްވާކަން ޤަބޫލު ކުރާކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅޭގޮތުން ދިފާއީ ވަކީލުން ވިދާޅުވީ، އަލީ ޒުބައިރުގެ ފަރާތުން ހުށައެޅުމެއް ހުށައަޅާފައިނުވަނީ އެއީ ނަމަކަށް ކުރަން އޮންނަ ކަމަކަށް ނުވާތީ ކަމަށެވެ. އޭނާ އެކަށީގެންވާ ގޮތެއްގައި ދިފާއު ނުކުރާނަމަ އޭނާގެ ފަރާތުން ދިފާއީ ހެކިވެސް ހުށަނާޅާނެކަން ވަކީލުން ފާހަގަ ކުރެއްވިއެވެ.

މި އަޑުއެހުމުގައި ގާޒީ ދީބާނާޒް ފަހުމީ ވިދާޅުވީ، ދައުލަތުން ފާހަގަކުރި ކަންބޮޑުވުމާއި ގުޅޭގޮތުން އަލީ ޒުބައިރުގެ އެފަދަ ޝަކުވާއެއް ނެތްނަމަ ޝަރީއަތަށް އެ މިންވަރަށް ފުދޭ ކަމަށެވެ.

އޭގެ އިތުރުން، އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ބެހެއްޓުމަށް ނިންމަވާފައިވާ ނިންމުންވެސް މި އަޑުއެހުމުގައި ވަނީ ދަމަހައްޓަވާފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 09 ޖޫންގައެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު