Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

14 ވަނަ ފަހަރަށް ރެއާލް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

29 މެއި 2022 | އާދީއްތަ 02:33

ފައިނަލް މެޗުގައި ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 29 މެއި 2022 | އާދީއްތަ 02:33
ފައިނަލް މެޗުގައި ލަނޑު ޖެހީ ވިނީޝިއުސް

ފައިނަލް މެޗުގައި ލަނޑު ޖެހީ ވިނީޝިއުސް

ސްޕެއިންގެ ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގު 14 ވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ.

ރެއާލް މިސީޒަންގެ މުބާރާތް ކާމިޔާބުކުރީ ފައިނަލް މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ލިވަޕޫލް ބަލިކޮށްގެންނެވެ. ފައިނަލްގައި ރެއާލް އަތުން ލިވަޕޫލް ބަލިވީ 1-0 ނެވެ.

ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކީ ލިވަޕޫލުންނެވެ. އެގޮތުން ލިވަޕޫލުން ވަނީ ގިނަ ހަމަލާތަކެއް ރެއާލްގެ ގޯލަށް ފޮނުވާލާފައެވެ. ލިވަޕޫލްގެ ތިއާގޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ރެއާލްގެ ގޯލް ކީޕަރު ކޯޓުއާ ދިފާއުކުރިއިރު، ޖޯޑަން ހެންޑަސަން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒު ނުވިއެވެ. މީގެ އިތުރުން ސަލާހް އާއި މާނޭ އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ރެއާލްގެ ކީޕަތު ކޯޓުއާއެވެ.

ފުރަތަމަ ހާފުގައި ރެއާލްއަށް އުފެއްދުނީ ނުރައްކާތެރި އެންމެ ހަމަލާއެކެވެ. މި ފުރުސަތުގައި ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ލަނޑު ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ނަމަވެސް ދެވަނަ ހާފުގައި ރެއާލްއިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ރެއާލްގެ ހަމައެކަނި ލަނޑު ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއޫސް ޖޫނިއާއެވެ. އޭގެ ފަހުން ލިވަޕޫލްއިން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ސަލާހް ފޮނުވާލި ތިން ހަމަލާވެސް ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. މެޗުގައި ލީޑު ފުޅާ ކުރުމަށް ރެއާލްއަށް ފުރުސަތު ލިބުނެވެ. މެޗުގެ ފަހު ވަގުތުގައި ކަމަވިންގާ ފޮނުވާލި ހަމަލާ ދިޔައީ ލިވަޕޫލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ރެއާލްއިން މުބާރާތް ކާމިޔާބުކުރިއިރު، ފައިނަލް މެޗުގައި އެޓީމުގެ ކީޕަރު ކޯޓުއާ ވަނީ މޮޅު ކުޅުމެއްދައްކާ ލިވަޕޫލްގެ ހަމަލާތައް ގޯލަށް ވަނަ ނުދީ ދިފާއު ކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް