Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގެ ހަމަނުޖެހުން

ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން ނުކުމެ މުޒާހަރާކުރަމުންދާތާ 50 ދުވަސް ފާހަގަކޮށްފި

މުޒާހަރާކުރާ ފަރާތްތަކުން ބޭނުންވަނީ ރައީސް ގޮތަބަޔާވެސް އިސްތިއުފާދެއްވުމަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 މެއި 2022 | ހޮނިހިރު 19:22
ސްރީލަންކާގެ މުޒާހަރާ

ސްރީލަންކާގެ މުޒާހަރާ

ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން ނުކުމެ މުޒާހަރާކުރަމުންދާތާ 50 ދުވަސް ފާހަގަކުރުމުގެގޮތުން މުޒާހަރާގެ ބައިވެރިން ހޮނިރު ދުވަހު ވަނީ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން ވެރިރަށް ކޮލޮމްބޯގެ އެކި ދިމަދިމާއިން މުޒާހަރާގެ ބައިވެރިން ނުކުމެގެން ހިނގާފައި ގޮސް، ދާއިމީކޮށް އެއްވުން ކުރިޔަށް ގެންދާ ގޯލްފޭސްގެ ޕޮއިންޓަށް ޖަމާވެފައިވެއެވެ. މިތަނަކީ ގޯލްފޭސްގައި ރައީސް އޮފީސް ކުރިމަތީގައި އޮންނަ ހުސް ބިމެކެވެ.

މީގެ އިތުރުން ރައީސް ގޮތަބަޔާރާޖަޕަކްސަގެ ގަނޑުވަރު ހިމާޔަތްކުރަން ތިބި ފުހުންނާއި، މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިގާފައި ވެއެވެ. މުޒާހަރާގެ ބައިވެރިންވަނީ ފުލުހުން ބަހައްޓާފައި ހުރި ދަގަނޑު ބެރިކޭޑްތައް ވައްޓާލައި އޭގެ މަތިން ގިރާކުރަން މަސައްކަތްކޮށްފައެވެ. އެއާއެކު މީހުން ދުރަށް ޖެއްސުމަށްޓަކައި ފުލުހުންވަނީ ކަރުނަގޭސް ބޭނުންކޮށް އަދި ބާރު ޕްރެޝަރުގައި ފެންޖަހާފައެވެ.  

22 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ސްރީލަންކާގެ ރައްޔިތުން މާޗް މަހުގެ ފަހު ކޮޅުންފެށިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުން ގެންދަނީ އާންމުންގެ އަތްމަތި ދަތިކަން އިންތިހާއަށް ބޮޑުވުމުންނެވެ. މިދުވަސްވަރަކީ، 1948ގައި އެގައުމަށް މިނިވަންކަން ލިބުނު ފަހުން އެންމެ ބޮޑަށް ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ ވަގުތު ކަމަށް ވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެގައުމަށް މިހާލު ޖެހުނީ ރާޖަޕަކްސަ އާއިލާއިން އިގްތިސާދު ގެންގުޅުއްވި ގޮތުންނެވެ. ނުވަތަ އެބޭފުޅުންނަށް އިގްތިސާދު ގެންގުޅުއްވަން ނޭނގުމުގެ ސަބަބުންނެވެ. އަދި އަނެއްބަޔަކު ގަބޫލުކުރާގޮތުގައި ރާޖަޕަކްސަ އާއިލާއިން ވަނީ ގައުމުގެ ރައުސްމާލުން ފައިސާ ވަގަށް ނަންގަވާފައެވެ.

ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ މިހާރު މަގާމުން އިސްތިއުފާދެއްވާފައި ވީނަމަވެސް މުޒާހަރާކުރާ ފަރާތްތަކުން ބޭނުންވަނީ ރައީސް ގޮތަބަޔާރާޖަޕަކްސަ ވެސް އިސްތިއުފާދެއްވުމަށެވެ. ނަމަވެސް އޭނާ ގެންދަވަނީ އިސްތިއުފާދެއްވުމަށް ދެކޮޅުހައްދަވަމުންނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު