Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
"ވިއަވަތި ރާއްޖެ"

މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ގޮސް ގުޅެނީ ލާމަރުކަޒީ ނިޒާމާ: ރައީސް

ސަރުކާރުގެ ހުރިހާ ސިޔާސަތެއް ވެސް އެންމެ ފަހުން ގުޅެނީ ލާމަރުކަޒީ ނިޒާމާ ކަމަށް ރައީސް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 މެއި 2022 | ހޮނިހިރު 04:51
“ވިއަވަތި ރާއްޖެ” ކޮންފަރެންސް ފެށުން

“ވިއަވަތި ރާއްޖެ” ކޮންފަރެންސް ފެށުން

މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ ހުރިހާ ކަމެއް ގުޅެނީ ލާމަރުކަޒީ ނިޒާމާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު އއ. އުކުޅަހުގައި ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ. މިއީ ކައުންސިލްތަކާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނާއި ދައުލަތުގެ ވަޒީރުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

Advertisement - newsAdvertisement

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމާއި ސެޓްލައިޓް ސްކޫލާއި ސިއްހީ ފަރުވާގެ ކަންކަމާއި ރަށްތަކުގެ ބަނދަރާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ކަރަންޓުގެ ކަންކަން ވެސް ގުޅިފައިވަނީ ރަށްތަކުގެ ތަރައްގީއާ ކަމަށާއި އެހެންކަމުން އެކަންކަން ގުޅެނީ ލާމަރުކަޒީ ނިޒާމާ ކަމަށެވެ. މީގެ އިތުރުން މިހާރު ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކު ވެސް ގުޅިފައިވަނީ ލާމަރުކަޒީ ނިޒާމާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ތެރެއިން ވީހާ ގިނަ ވަޒީފާތައް އުފެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ކުދި ވިޔަފާރިތައް ގިނަވެ، މަސައްކަތް އުފެދޭ މާހައުލެއް ހޯދުމަކީ ވެސް ލާމަރުކަޒުވުމުގެ ސަބަބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީ ޕްރޮގްމާުގެ ދަށުން އަލަށް އުފެދޭ ވަޒީފާތަކަށް ގާބިލު ދިވެހިން ލިބޭނެ ކަމަށެވެ. އަދި މިއާއެކު އެހެން ޤައުމުތަކުން ވަޒީފާތަކަށް މީހުން ގެނައުން ހުއްޓޭނެ ކަމަށް ރައީށް ވިދާޅުވިއެވެ. އަދި އަމިއްލަ ރަށުން ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ކަމަށާއި އޭގެ ސަބަބުން ލިބޭނެ އުފާ މާބޮޑު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ އަވަސް ހިދުމަތުގެ ސަބަބުން ކޮންމެ ރަށަކީ ވެސް އަމިއްލަ ރަށެއްގެ އިހުސާސު އުފެދިގެންދާނެ ކަމަށާއި އޭގެ ސަބަބުން ރަށްތަކުގައި އިގްތިސާދީ ހަރަކާތްތައް އިތުރުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސަކީ ރަށްތަކުގެ ކައުންސިލުތަކުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާތައްކޮށް ސަރުކާރުގެ ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމުގައި ކައުންސިލްތަކުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ސަރުކާރާއި އެ ކައުންސިލްތަކާ ގުޅިގެން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު