Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުގެ މައްސަލަތައް ތަހުގީގުކުރުން

"މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް ޕޯސްޓްމޯޓަމްހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ" ގަވާއިދަށް އަމަލުކުރަންފަށައިފި

26 މެއި 2022 | ބުރާސްފަތި 17:34

މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މެއި 24 ވަނަ ދުވަހުން ފެށިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 މެއި 2022 | ބުރާސްފަތި 17:34
ކްރައިމް ސީނެއްކަން އަންގައިދޭ ޓޭޕް ދަމާފައި

ކްރައިމް ސީނެއްކަން އަންގައިދޭ ޓޭޕް ދަމާފައި

ޖިނާއީ ކުށަކާ ގުޅިގެން މަރުވި މީހަކު، މަރުވި ސަބަބު ދެނެގަތުމަށްޓަކައި، އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެގޮތުގެ އިޖުރާތުތަކުގެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 1-75 ވަނަ މާއްދާގެ (ރ)ގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މެއި 24 ވަނަ ދުވަހުން ފެށިގެންނެވެ.

Advertisement - newsAdvertisement

ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު، މަރުވި ސަބަބު ދެނެގަތުމަށް ޓަކައި، އަދި ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހެދުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުތައް ބަޔާންކުރާ މި ގަވާއިދު ތަންފީޒުކުރާނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. މި ގަވާއިދުގެ ދަށުން 6 ބާވަތެއް މަރުގެ މައްސަލައާ ގުޅިގެން، މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓް-މޯޓަމް ހެދުމުގެ އިޚުތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

ޕޯސްޓް-މޯޓަމް ހަދަންޖެހޭ ބާވަތްތަކުގެ މައްސަލަތައް:

މިގަވާއިދުގައި ޕޯސްޓް-މޯޓަމް ހަދަންޖެހޭ ހަށިގަނޑެއް އެއްތަނުން އަނެއް ތަނެއް ގެންދަންވާނީ، މަރުވެފައިވާ މީހުން ލުމަށް ޚާއްސަ ބޮޑީ ބޭގު (ކެޑޭވާ ޕައުޗް)އަކަށް، ނުވަތަ އެފަދަ ޚާއްސަ ބޭގެއް ލިބެން ނެތް ހާލަތެއްގައި ސާފު ފޮތިގަނޑެއް ބޭނުންކޮށްގެން ހަށިގަނޑު ނިވާކޮށްގެންކަން ބަޔާންކޮށްފައިވެއެވެ. އަދި ހަށިގަނޑު އުފުލައި ގެންގުޅުމުގައި ހަށިގަނޑަށް އިތުރު ގެއްލުމެއް ނުލިބޭނެ ގޮތަށް، އަދި ހަށިގަނޑަށް ލިބިދާނެ ހެއްކެއް ތަޣައްޔަރު ނުވާނެގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ. 

މީގެއިތުރުން ޕޯސްޓް-މޯޓަމް ހަދަންވާނީ ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދީފައިވާ މަރުކަޒަކުން ނުވަތަ އިދާރާއަކުން، ނުވަތަ ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ގާއިމްކޮށްފައިވާ އެގައުމެއްގެ ކަމާބެހޭ އިދާރާއަކުން ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދީފައިވާ ތަނަކުންކަން ބަޔާންކޮށްފައިވެއެވެ. އަދި ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދެވޭނީ ތަހުގީގު ކުރުމުގެ އިޚްތިސާސް ލިބިދީފައިވާ ފުލުހުންގެ އިދާރީ ބަހާގެ އެންމެ އިސް އޮފިސަރުގެ ހުއްދައާއެކުކަންވެސް ބަޔާންކޮށްފައިވެއެވެ. 

ހަމައެއާއެކު ޕޯސްޓް-މޯޓަމް ހަދާ މައްސަލަތަކުގައި އެމައްސަލައިގެ ތަހުގީގު ނިމެންދެން އިވެންޓް ލޮގް ފުރިހަމަކުރަންޖެހޭނެއެވެ. އަދި ކާކުކަން ދެނެގަނެވިފައިނުވާ ހަށިގަނޑެއްނަމަ، އެފަރާތަކީ ކާކުކަން ދެނެގަތުމަށް ބޭނުންވާ އެންމެހާ މައުލޫމާތާއި އެފަދަ ފަރާތްތަކުގެ ޕޯސްޓްމޯޓަމް އެގްޒެމިނޭޝަނާ ގުޅޭ އެންމެހައި މައުލޫމާތު ހިިމެނޭ ޑޭޓާބޭހެއް ދިވެހި ފުލުހުންގެ ޚިދުމަތުން ގާއިމްކުރަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ހަށިގަނޑެއްގެ ޕޯސްޓް މޯޓަމް ހަދާނަމަ އެހަށިގަނޑަކަށް އައިޑެންޓިފިކޭޝަން ނަންބަރެއް ދޭންޖެހޭނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 

ޕޯސްޓް މޯޓަމް ހެދުމަށްފަހު ހަށިގަނޑާ ގުޅޭގޮތުން ތަހުގީގު ބޭނުމަށް އިތުރު އެހެން އެއްވެސް ބެލުންތަކެއް ނުވަތަ ކަންތައްތަކެއް ކުރަން ނެތްނަމަ، ލަސްކުރުމެއްނެތި އެފަދަ ހަށިގަނޑެއް އާއިލާއަށް ހަވާލުކުރުމަށް ނުވަތަ ވަޅުލުމަށް ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހަދާ ފެސިލިޓީއަށް، ތަހުގީގުކުރާ ފަރާތުން ލިޔުމުން އަންގައި، މަރުވެފައިވާ މީހާގެ އާއިލާއަށް ނުވަތަ ބަލަދުވެރި ފަރާތަށް އެކަން އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މަރުވެފައިވާ ފަރާތަކީ ބިދޭސީއެއް ނަމަ، ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ އެ ބިދޭސީއަކު ނިސްބަތްވާ ގައުމުގެ ކޮންސިއުލާ މިޝަނަށް އެންގުމަށްޓަކައި، ނުވަތަ އެ ބިދޭސީއަކު ނިސްބަތްވާ ގައުމަށް އެކަން އެންގުމަށް ޓަކައި، ޚާރިޖީ ކަންކަމާބެހޭ ވުޒާރާއަށް އަންގަންވާނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް