Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސްވިޑްން-ފިންލޭންޑް މަޝްވަރާތައް

ހަތިޔާރުގެ އެކްސްޕޯޓަށް އިއުލާންކޮށްފައިވާ އެމްބާގޯއާމެދު ރަނގަޅު ނިންމުމަކަށް ދެވޭނެހެން ހީވޭ: ތުރުކީ

26 މެއި 2022 | ބުރާސްފަތި 15:40

ސީރިއާގެ ކުރްދިޝް ވައިޕީޖީ ގުރޫޕާ ދެކޮޅަށް ތުރުކީން ފެށި ހަރަކާތާއެކު، ސްވިޑްންއާއި ފިންލޭންޑުން ވަނީ އެގައުމަށް ހަތިޔާރު އެކްސްޕޯޓްކުރުން މަނާކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 މެއި 2022 | ބުރާސްފަތި 15:40
ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާންގެ ޗީފް ފޮރިން ޕޮލިސީ އެޑްވައިޒަރ އަދި ތަރުޖަމާން އިބްރާހީމް ކަލިން

ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާންގެ ޗީފް ފޮރިން ޕޮލިސީ އެޑްވައިޒަރ އަދި ތަރުޖަމާން އިބްރާހީމް ކަލިން

ސްވިޑްންއާއި ފިންލޭންޑާއެކު ކުރާ މަޝްވަރާތަކުން، ހަތިޔާރުގެ އެކްސްޕޯޓަށް އިއުލާނުކޮށްފައިވާ އެމްބާގޯއާމެދު ރަނގަޅު ނިންމުމަކަށް ދެވޭނެކަމަށް ތުރުކީގެ ރައީސްގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

ފިންލޭންޑާއި ސްވިޑްންގެ މަންދޫބުންގެ ޓީމެއް ބުދަ ދުވަހު ތުރުކީއަަށް ވަޑައިގަންނަވާފައިވާއިރު، ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާންގެ ޗީފް ފޮރިން ޕޮލިސީ އެޑްވައިޒަރ އަދި ތަރުޖަމާން އިބްރާހީމް ކަލިން ވަނީ މިދެގައުމުގެ މަންދޫބުންނާއެކު ވަކިވަކިން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

މި ދެގައުމުގެ މަންދޫބުން ތުރުކީއަށް ވަޑައިގެންފައި ވަނީ ނޭޓޯއާ ގުޅުމަށް ދެގައުމުން ކުރަމުންދާ މަސައްކަތުގައި ތުރުކީގެ އެއްބާރުލުން ހޯދުމަށެވެ. ތުރުކީގެ ތާއީދު އެކަމަށް އަދި ލިބިފައި ނުވާތީ، ފަސޭހައިން އެ ދެގައުމަށް ނޭޓޯގެ މެމްބަރަކަށް ވެވޭނެކަމަށް އޮތްއޮތުމަށް ވަނީ ބުރުއަރާފައެވެ.

ތުރުކީން ވަނީ، މި ދެގައުމަކީ ތުރުކީން ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްކޮށްފައިވާ މީހުންނަށް ހިމާޔަތްދީފައިވާ ގައުމުތަކެއް ކަމަށް ބުނެ، އެދެގައުމު ނޭޓޯގެ މެމްބަރުންނަށް ވުމަށް އެއްބާރުލުން ނުދެވޭނެކަމަށް ބުނެފައެވެ. އެގޮތުން ކުރްދިސްތާން ވޯކަރސް ޕާޓީއާއި ފަތުހުﷲ ގުލެންގެ މީހުންނަށް އެދެގައުމުން ހިމާޔަތްދީފައިވާކަމަށް ތުރުކީން ތުހުމަތުކުރެއެވެ. އަދި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމަކަށް އެގައުމުގެ އެއްބާރުލުން ނުލިބޭނެކަމަށްވެސް ތުރުކީން ވަނީ ބުނެފައެވެ.

ހޯމަ ދުވަހު ތުރުކީން ވަނީ، އެގައުމުން ސްވިޑްން ނޭޓޯއާ ގުޅުމަށް އެއްބަސްވެވޭނީ އެގައުމުގެ 5 ޝަރުތެއް ފުރިހަމަކުރުން ކަމަށް ބުނެފައެވެ. އެގޮތުން ސްވިޑްންއިން ތުރުކީއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، ހަތިޔާރުގެ އެކްސްޕޯޓަށް އިއުލާންކޮށްފައިވާ އެމްބާގޯވެސް އުވާލުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޓެރިސްޓުންނަށް ސިޔާސީ ސަޕޯޓްފޯރުކޮށްދިނުން ހުއްޓާލުމަށާއި، ޓެރަރިސްޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމުގެ އިތުރުން، ޕީކޭކޭއާއި ސީރިއާގެ ވައިޕީޖީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ވަނީ ހުށަހަޅާފައެވެ.

ބުދަ ދުވަހު ތުރުކީގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު، ހަތިޔާރުގެ އެކްސްޕޯޓަށް އިއުލާންކޮށްފައިވާ އެމްބާގޯ އުވާލުމާ ގުޅޭގޮތުން ރަނގަޅު މަޝްވަރާތަކެއް ކުރެވި އެކަމުގެ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ތުރުކީން ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިބްރާހީމް ކަލިން ވަނީ، ތުރުކީން ޓެރެރިޒަމާ ދޭތެރޭ ގެންގުޅޭ އުސޫލުތަކަކީ އެގައުމަށް މުހިންމު ކަމެއް ކަމަށާއި، އެހެންކަމުން އެކަމުގައި އެގައުމުގެ ވިސްނުން ހުރި ގޮތް ސްވިޑްންއާއި ފިންލޭންޑްގެ މަންދޫބުންނާ ހިއްސާކުރައްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ސީރިއާގެ ކުރްދިޝް ވައިޕީޖީ ގުރޫޕާ ދެކޮޅަށް ތުރުކީން ފެށި ހަރަކާތާއެކު، ސްވިޑްންއާއި ފިންލޭންޑުން ވަނީ އެގައުމަށް ހަތިޔާރު އެކްސްޕޯޓްކުރުން މަނާކޮށްފައެވެ.

ސްވިޑްންއާއި ފިންލޭންޑުން ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ރަސްމީކޮށް ހުށަހަޅާފައި ވަނީ މެއި 18 ވަނަ ދުވަހުއެވެ. ނޭޓޯގެ މެމްބަރުކަން އައު ގައުމުތަކަށް ދެވޭނީ މިހާރު ނޭޓޯގެ މެމްބަރު ގައުމުތަކުގެ ގޮތުގައި ތިބި 30 ގައުމުގެ ވޯޓް އެކަމަށް ލިބިގެންނެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2018

އުތުރު ކޮރެއާގެ ފަރާތުން މިހާރު އެމެރިކާ އަށް ނިއުކްލިއާ ހަތިޔާރުގެ ބިރެއް ނެތް: އެމެރިކާ

13 ޖޫން 2018
އުތުރު ކޮރެއާގެ ފަރާތުން މިހާރު އެމެރިކާ އަށް ނިއުކްލިއާ ހަތިޔާރުގެ ބިރެއް ނެތް: އެމެރިކާ
06 އެޕްރީލު 2018

ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާދިން ރަޝިޔާގެ ޖާސޫސުގެ ޙާލު އަންނަނީ ރަނގަޅުވަމުން: އިނގިރޭސިވިލާތް

06 އެޕްރީލު 2018
ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާދިން ރަޝިޔާގެ ޖާސޫސުގެ ޙާލު އަންނަނީ ރަނގަޅުވަމުން: އިނގިރޭސިވިލާތް
13 ޖެނުއަރީ 2018

ރައީސް ޓްރަމްޕް ހުންނެވީ ވަރަށް ރަނގަޅު ސިއްހަތެއްގައި: ވައިޓް ހައުސްގެ ޑޮކްޓަރު ރޮނީ ޖެކްސަން

13 ޖެނުއަރީ 2018
ރައީސް ޓްރަމްޕް ހުންނެވީ ވަރަށް ރަނގަޅު ސިއްހަތެއްގައި: ވައިޓް ހައުސްގެ ޑޮކްޓަރު ރޮނީ ޖެކްސަން
17 ނޮވެމްބަރު 2017

އިޤްތިޞާދު ރަނގަޅުކުރާނެ ޕްލޭނެއް ބަޖެޓުގައި ނެތް: ރާޖަޕަކްސަ

17 ނޮވެމްބަރު 2017
އިޤްތިޞާދު ރަނގަޅުކުރާނެ ޕްލޭނެއް ބަޖެޓުގައި ނެތް: ރާޖަޕަކްސަ
04 އޮކްޓޯބަރު 2017

ލަސް ވެގަސްގެ ހަމަލާ: ޕެޑޮކް އަށް ނިސްބަތްވާ ހަތިޔާރުގެ އަދަދު 42 އަށް

04 އޮކްޓޯބަރު 2017
ލަސް ވެގަސްގެ ހަމަލާ: ޕެޑޮކް އަށް ނިސްބަތްވާ ހަތިޔާރުގެ އަދަދު 42 އަށް
03 އޮކްޓޯބަރު 2017

މިޞްރުން އުތުރު ކޮރެއާ އާއެކު ހަތިޔާރުގެ ވަގު ވިޔަފާރި ކުރިކަން ފަޅާ އަރައިފި

03 އޮކްޓޯބަރު 2017
މިޞްރުން އުތުރު ކޮރެއާ އާއެކު ހަތިޔާރުގެ ވަގު ވިޔަފާރި ކުރިކަން ފަޅާ އަރައިފި
12 ސެޕްޓެމްބަރު 2017

ފިލްމެއް ހިންގުމަށް ރަނގަޅު ކޮންޓެންޓެއް ބޭނުންވޭ:ފަރްހާން އަޚްތަރު

12 ސެޕްޓެމްބަރު 2017
ފިލްމެއް ހިންގުމަށް ރަނގަޅު ކޮންޓެންޓެއް ބޭނުންވޭ:ފަރްހާން އަޚްތަރު
21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް