Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިޤްތިސާދު

2024އާ ހަމައަށް ދަތިކަމެއް ނެތި ދަރަނި ދެއްކޭނެ: ރައީސް

25 މެއި 2022 | ބުދަ 19:04

ރައީސް ވިދާޅުވީ 2022 އާއި 2023 އަދި 2024 ގައި ދަތިކަމެއް ނެތި ދަރަނި ދެއްކޭނެ ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 މެއި 2022 | ބުދަ 19:04
ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުޙައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުޙައްމަދު ސާލިހު

މިއަހަރު ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިޤްތިސާދު ރަނގަޅު ކަމަށާއި މިއަހަރާއި 2023 އަދި 2024 ވަނަ އަހަރު ވެސް ދަތިކަމެއް ނެތި ދަރަނި ދެއްކޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ދައުލަތައް ލިބުނު އާމްދަނީ ލަފާ ކުރިވަރަށްވުރެ އިތުރު ކަމަށާއި ނަމަވެސް ހަނގުރާމައާ ގުޅިގެން ކުރަމުންދާ އަސަރުތަކުގެ ސަބަބުން ޚަރަދު ބޮޑުވާތީ އެކަމާއި ވިސްނަން ޖެހޭ ކަމަށެވެ. އަދި ރަޝިއާ، ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ތެލުގެ ސަބްސިޑީއަށް ކުރާ ޚަރަދު އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޚަރަދުތައް ބޮޑު ނަމަވެސް ދަރަނި ދެއްކުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ވެސް އަސަރު ކޮށްފައިވާއިރު މިވަގުތު ދައުލަތަށް ލިބެން ހުރި އާމްދަނީ ދަށްވިޔަ ނުދިނުމަށް ސަރުކާރުން ވަނީ ރިސޯޓް ބިމު ކުލި ކުޑަކުރަން ހުށަހެޅި ހުށަހެޅުން އަނބުރާ ގެންގޮސްފައެވެ.

ރައީސް ސާލިޙް ވިދާޅުވީ ރިިސޯޓް ބިމު ކުލި ކުޑަ ނުކުރަން ނިންމުމުން ކުރިން ބަޖެޓުގައި އުނިވެގެންދާނެ ކަމަށް ލަފާކުރި ބައި ވެސް ކަވަރު ކުރެވޭނެ ކަމަށެވެ. މީގެއިތުރުން ވެސް ތަފާތު ފިޔަވަޅުތައް އެޅުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
13 މާރިޗު 2017

ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު

13 މާރިޗު 2017
ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް