Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަކަތަރި ފައިނޭންސިންގ ސްކީމް

ހަކަތަރި ފައިނޭންސިންގ ސްކީމްގެ އެއްބަސްވުމުގައި އެންވަޔަރމަންޓް މިނިސްޓްރީއާއި އެމްއައިބީއާ ދެމެދު ސޮއިކޮށްފި

25 މެއި 2022 | ބުދަ 08:39

މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މެއި 2022 | ބުދަ 08:39
ހަކަތަރި ފައިނޭންސިންގ ސްކީމްގެ އެއްބަސްވުމުގައި އެންވަޔަރމަންޓް މިނިސްޓްރީއާއި އެމްއައިބީއާ ދެމެދު ސޮއިކުރުން

ހަކަތަރި ފައިނޭންސިންގ ސްކީމްގެ އެއްބަސްވުމުގައި އެންވަޔަރމަންޓް މިނިސްޓްރީއާއި އެމްއައިބީއާ ދެމެދު ސޮއިކުރުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ދެމެދު "ހަކަތަރި ފައިނޭންސިންގ ސްކީމް" އާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބުދަ ދުވަހު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީއާއި އިސްލާމިކް ބޭންކުން ވަނީ މި ސްކީމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސްކީމާއި ގުޅޭގޮތުން ގިނަ ދުވަސްތަކެއް ވަންދެން އިސްލާމިކް ބޭންކާއެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މި ސްކީމްގެ ދަށުން ފައިނޭންސް ދޫކުރެވޭނީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ލޭބަލްގެ ތަކެތި ދޫކުރުމަށް ކަމަށެވެ.

ހަކަތަރި ޕްރޮގްރާމު އެކުލަވާލާފައިވަނީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) ގެ އެހީއާއެކުއެވެ. މިނިސްޓަރު ވަނީ އެކަމަށްޓަކައި ޖެފްއަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ޖެފްގެ ހިލޭ އެހީ އިސްލާމިކް ބޭންކާ ޙަވާލު ކުރެވެނީ 12.8 މިލިއަން ރުފިޔާ ގެރެންޓީއެއްގެ ގޮތުގައި ބެހެއްޓުމަށް ކަމަށެވެ. ޖުމުލަ 15.3 މިލިއަން ރުފިޔާއާ ހަމައަށް އެމްއައިބީގެ ފައިނޭންސް ސްކީމްއިން ދޫކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަކީ ނުހަނު ގިނައިން ތެލަށް ބަރޯސާވާ ޤައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކަކީ އެނަރޖީ އެފިޝިއަންޓު ތަކެތިކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިއީ އ.ދ ގެ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫ.އެން އެންވަޔަރަންމަންޓް) އާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގަމުން އަންނަ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިމަޝްރޫއުގެ މައިގަނޑު މަޤުސަދަކީ، އިމާރާތްތަކުން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފު ކުރުން މަދުކުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ލޭބަލް ޖެހުމަށް ހަމަޖެހިފައިވަނީ ފްރިޖާއި، އޮޓޮމެޓިކް ދޮންނަމެޝިން އަދި އެއަރ ކޮންޑިޝަނަރުގައެވެ. ލޭބަލް ޖެހުމަށް ހުއްދަ ދެވިފައިވާ އާލާތްތައް ގަންނަ ފަރާތްތަކަށް ވިއްކުމުގެ ކުރިން އެތަކެތީގައި ލޭބަލް ހަރުކުރަން ޖެހޭނެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

06 އޯގަސްޓު 2018

ހަތް މިލިއަން ރުފިޔާގެ އިނޮވޭޓިކް ފައިނޭންސިންގ ސްކީމަށް ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2018
ހަތް މިލިއަން ރުފިޔާގެ އިނޮވޭޓިކް ފައިނޭންސިންގ ސްކީމަށް ފުރުސަތު ހުޅުވާލައިފި
10 ޖުލައި 2018

ހިޔާ ސްކީމްގެ ދަށުން އެސްޓީއޯ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ތައާރަފްކޮށްފި

10 ޖުލައި 2018
ހިޔާ ސްކީމްގެ ދަށުން އެސްޓީއޯ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ތައާރަފްކޮށްފި
23 ޖެނުއަރީ 2018

އާރޓް ޗެލެންޖް 2018 ގެ އެއްބަސްވުމުގައި ރާއްޖެޓީވީން މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީއާއި އެއްކޮށް ސޮއިކޮށްފި

23 ޖެނުއަރީ 2018
އާރޓް ޗެލެންޖް 2018 ގެ އެއްބަސްވުމުގައި ރާއްޖެޓީވީން މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީއާއި އެއްކޮށް ސޮއިކޮށްފި
23 ޖެނުއަރީ 2018

ރާއްޖެޓީވީގެ ހައްޖު އެންޑް އުމްރާ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

23 ޖެނުއަރީ 2018
ރާއްޖެޓީވީގެ ހައްޖު އެންޑް އުމްރާ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
29 ނޮވެމްބަރު 2017

ފްރީ ޓްރޭޑް އެގްރިމެންޓަށް ރުހުން ހޯދީ ރައީސް ޔާމީން ޗައިނާއަށް ވަޑައިގަންނަވާއިރަށް، އެ އެއްބަސްވުމުގައި ދިވެހިންނަށް ފައިދާއެއް ނެތް: ފައްޔާޒް

29 ނޮވެމްބަރު 2017
ފްރީ ޓްރޭޑް އެގްރިމެންޓަށް ރުހުން ހޯދީ ރައީސް ޔާމީން ޗައިނާއަށް ވަޑައިގަންނަވާއިރަށް، އެ އެއްބަސްވުމުގައި ދިވެހިންނަށް ފައިދާއެއް ނެތް: ފައްޔާޒް
06 ނޮވެމްބަރު 2017

އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި

06 ނޮވެމްބަރު 2017
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި
18 ސެޕްޓެމްބަރު 2017

ތިން ސަރަހައްދެއްގައި ބަހުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

18 ސެޕްޓެމްބަރު 2017
ތިން ސަރަހައްދެއްގައި ބަހުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި
25 މާރިޗު 2017

ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

25 މާރިޗު 2017
ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް