Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމް ހައްޔަރުކުރުން

ސަރުކާރު ވައްޓާލަން އެއްވެސް މަސައްކަތެއް ނުކުރަން، އާޒިމް ދޫކޮށްލުމަށް ގޮވާލަން: ރައީސް މައުމޫން

ޢާޒިމް ގެ މައްޗަށް ކޮށްފައި ވަނީ ހަޤީޤަތާ ޚިލާފު ތުހުމަތްތަކެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 11 ޖޫން 2017 | އާދީއްތަ 00:18
ކާނަމް މުހައްމަދު ނާޒިމާއި، ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް

ކާނަމް މުހައްމަދު ނާޒިމާއި، ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް

ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވާނެ ކަމަށާއި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެސްޓިއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ކޮއްކޮ، އާދަމް އާޒިމް މިނިވަން ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް ގޮވާލާއިވާއިފިއެވެ.

ރައީސް މައުމޫން ފެކްޝަނުން ހޮނިހިރު ދުވަހުގެރޭ ނެރުއްވި ބަޔާނުގައި ވިދާޅުވަފައި ވަނީ ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވާނޭކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކަށް ކޮށްފައިވާ ތުޙުމަތުތަކަކީ ސިޔާސީ ބޭނުމަކަށް ކޮށްފައިވާ ތުޙުމަތުތަކެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ސިޔާސީ އެކިއެކި ފަރާތްތަކަށް ބިރުދެއްކުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. އަދި އާދަމް އާޒިމް ވަގުތުން ދޫކޮށްލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އާޒިމް އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުން ވަކިކުރެއްވީ މި ސަރުކާރުގެ ސިޔާސަތުތަކާއި މެދު ހިތްހަމަ ނުޖެހިވަޑައިނުގެން އެކަމާ ފާޑު ވިދާޅުވުމުންކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ސިޔާސީ ފަރާތްތައް ގުޅިގެން ކުރަމުން ގެންދާ އިސްލާހީ އެކިއެކި މަސައްކަތްތަކުގައި މިއަދު އާޒިމް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން އާޒިމްގެ ބޭބެ ކާނަލް ނާޒިމްގެ މައްޗަށް ޓްރެރިޒަމް ޤާނޫނުގެ ދަށުން ދަޢުވާކޮށް، 11 އަހަރަށް ހުކުމް ކޮށްފައިވަނީ އިންޞާފުން ނޫންކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ނާޒިމްއަށް އިންޞާފު ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އާޒިމް ކުރައްވަމުން ގެންދަވާކަން ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އާދަމް އާޒިމް ގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ހަޤީޤަތާ ޚިލާފު ތުހުމަތުތަކެއް ކަމަށް ޤާބޫލުކުރައްވާ ކަމަށާ އާޒިމް އަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވާފަދަ އެއްވެސް ޢަމަލެއް މިހާތަނަށް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ފަރާތްތަކަށް އެކިއެކި ތުހުމަތުތައްކޮށް، ފުލުހަށް ޙާޒިރުކޮށް، ބަންދު ކުރުމަކީ އިސްލާޙީ މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ މަސައްކަތްތައް ހުއްޓުވުމަށް މި ސަރުކާރުން ކުރަމުން ގެންދާ ސިޔާސީ ކަމެއް ކަމުގައި ނޫނީ ނުދެކެމެވެ. އެ ގޮތުން އާދަމް ޢާޒިމްވެސް ހައްޔަރުކޮށްފައިވަނީ ސިޔާސީ ގޮތުން އެ މަނިކުފާނު ކުރައްވަމުން އެ ގެންދަވާ މަސައްކަތްތައް ހުއްޓުވުމުގެ ބޭނުމުގައި " ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް