Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ސްކޫލެއްގައި ބަޑީގެ ހަމަލާ ދިނުން

އެމެރިކާގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި 18 ކުދިން މަރުވެއްޖެ

25 މެއި 2022 | ބުދަ 02:28

މި ހަމަލާގައި 18 ކުދިންނާއި ޓީޗަރަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 މެއި 2022 | ބުދަ 02:28
ސްކޫލުގެ ބޭރުގައި ސިފައިން ހަރަކާތްތެރިވަނީ

ސްކޫލުގެ ބޭރުގައި ސިފައިން ހަރަކާތްތެރިވަނީ

އެމެރިކާގެ ޓެކްސަސްގެ އެލިމެންޓަރީ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި 18 ކުޑަކުދިންނާއި ޓީޗަރަކު މަރުވެއްޖެއެވެ.

އެމެރިކާ ގަޑިން އަންގާރަ ދުވަހުގެ ހެނދުނު 11:32 ހާއިރު ދިން މި ހަމަލާގައި މަރުވި ކުދިންގެ ތެރޭގައި 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ހިމެނެއެވެ.

މިހާދިސާގައި ބަޑިޖެހި މީހާ ވަނީ މަރާލާފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެ ހަމަލާ ދިނީ 18 އަހަރުގެ ފިރިހެނެކެވެ. އޭނާ "ރޮބް އެލެމެންޓްރީ" ސްކޫލަށް ވަދެފައިވަނީ ހޭންޑް ގަން އަކާއި ސެމީ އޮޓޮމެޓިކް ރައިފަލްއެއް ހިފައިގެން ކަމަށް ޚަބަރުތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އޭނާ މަރާލީ ބަޑި ޖަހާ އަޑު އިވިގެން އެ ސްކޫލް ކައިރީގައި އެވަގުތު ހަރަކާތްތެރިވި ސިފައިންގެ މީހެކެވެ.

އެ ހަމަލާ ދިން ޒުވާނާ ވަނީ އޭނާގެ މާމަ މަރާލައިފައި ކަމަށް ވެސް އެމެރިކާގެ ލޯ އެންފޯސްމަންޓް އޮފިޝަލަކާ ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

މި ހަމަލާގައި 18 ކުދިންނާއި ޓީޗަރަކު މަރުވެފައިވާއިރު 13 ކުއްޖަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި 66 އަހަރުގެ އަންހެނެއްގެ ހާލު ސީރިއަސް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. އަދި ހަމަލާގައި މަރުވި އެންމެންގެ ހަނދާނުގައި ވައިޓް ހައުސް އާއި ސަރުކާރު އޮފީސްތަކުގެ ދިދަތައް ބައި ދަނޑިއަށް ތިރި ކުރުމަށް ވަނީ އަމުރު ކުރައްވާފައެެވެ. އަދި މިފަދަ ހަމަލާތަކާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ.

އެމެރިކާގެ ސްކޫލްތަކުގައި ބަޑީގެ ހަމަލާތައް ދިނުން ވަނީ ފަހަކަށް އައިސް އާއްމުވެފައެވެ. އެ ޤައުމުގައި އާއްމު ތަންތަނުގައި ބަޑި ގެންގުޅުން މަނާކުރުމާ ގުޅޭގޮތުން ވެސް ދަނީ މަޝްވަރާތައް ކުރަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް