Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދަރަނިވެރިވުން

ދަރަނިވެރި ނުވާ މީހެއް ނެތް

ދަރަނި ނެގުން މަދުކޮށް، ދަރަންޏަށް ނަގާ ފައިސާ ވީހާވެސް އަވަހަށް އަނބުރާ ދައްކަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މެއި 2022 | އަންގާރަ 15:02
ފައިސާ

ފައިސާ

ތޮއްޖެހިފައިވާ މި މާލެސިޓީއަށް ބަލާއިރު ގިނަ މީހުން ދިރިއުޅެނީ ކުއްޔަށެވެ. ގިނަ ފަހަރަށް ކުއްޔާއި ކަރަންޓު ބިލާއި ފެން ބިލުގެ އިތުރުން އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށްފަހު އަތުގައި ދެން އިތުރު ކަމަށް ޚަރަދު ކުރާނެ ފައިސާއެއް ނޯވެއެވެ. އެހެން ކަމުން ކިތަންމެ ބޮޑަށް އެއްޗެއް ބޭނުން ވިޔަސް އެއްކޮން ފައިސާދައްކާފަ ނެގޭކަށް ނޯވެއެވެ. ޖެހެނީ އިންސްޓޯލްމަންޓަށް ނަގާށެވެ. މާ އަގުބޮޑުކޮންނެވެ. މިހާރު އިންސްޓޯލްމަންޓަށް މުދާ ނަގައިގެން އުޅޭ މީހުންގެ އަދަދު ގިނައެވެ. އަދި އެކި ބޭނުންތަކަށް ބޭންކުތަކަށް ލޯނުތައް ނަގައިގެން އުޅޭ މީހުން ގިނަކަން މި މުޖުތަމައުއަށް ބަލާލިޔަސް އެއީ ފެންނަން އޮތް ހަޤީޤަތެކެވެ.

ބާޒާރަށް އައު ފޯނެއް ނުވަތަ ސައިކަލެއް ނުކުތުމުން އެ ނަގާ ހިތްވެދާނެއެވެ. ޚަރަދުތައް ދެކޮޅު ނުޖެހޭތީ ބޭންކުން ކްރެޑިޓް ކާޑެއް ނަގާފައެވެ. ގެ ހެދުމަށް ނުވަތަ ކައިވެނި ކުރުމަށް ބޮޑު އަދަދުން ލޯނު ނަގާފާނެއެވެ. މި ހުރިހާ ކަމެއް ވެސް ކުރަން މި ޖެހެނީ އަތުގައި އެވަރަށް ފައިސާ ނެތުމުންނެވެ. ނުވަތަ އެއްފަހަރާ ފައިސާ ދެއްކުމަށްފަހު އެކަމަށް ކުރެވޭނެ ޤާބިލުކަން ނެތުމުންނެވެ. ބައެއް މީހުން މިގޮތަށް އިންސްޓޯލްމަންޓަށް ތަކެތި ނަގަމުން ގޮސް، އެކަމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކެވެން ވަނީ ފަސާފައެވެ. އެހެންނަމަވެސް ލޯނާއި އިންސްޓޯލްމަންޓަށް ތަކެތި ނަގާއިރު ވިސްނަންވީ ކަމެއް އެބައޮތެވެ. އެއީ ތިމާ ކޮންމެހެން ވެސް ނަގަން ޖެހޭ އެއްޗެއްތޯއެވެ. ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެ އެއްޗެއް ނުނަގާ ހަމަޖައްސާލެވޭނެތޯއެވެ.

މިފަދައިން ތަކެއްޗާއި ލޯނުތައް ނަގާއިރު ހަޤީޤަތުގައި އެ ޖެހެވެނީ ދަރަނީގެ އިތުރު މަޅިއެއްގައެވެ. އެ ނަގާ އެއްޗަށްވުރެން ދެ ގުނައިން ފައިސާ ދައްކަން ޖެހެއެވެ. މިގޮތަށް ގޮސް ދަރަނީގެ މަޅިތަކުގައި މަޑުމަޑުން ޖެހޭއިރު ވެސް ގިނަ މީހުންނަކަށް މިކަން ނޭނގެއެވެ. މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ވެސް ނޭނގެއެވެ.

ދަރަނި ނެގުން މަދުކޮށް، ދަރަންޏަށް ނަގާ ފައިސާ ވީހާވެސް އަވަހަށް އަނބުރާ ދައްކަން ޖެހެއެވެ. މުއުމިނުންގެ ސިފައަކީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން އިގުތިސާދުކޮށްގެން ދިރިއުޅުމެވެ. ނަމަވަސް ތިމާގެ އާމްދަނީއަށް ވުރެ އިތުރަށް ހަރަދު ކުރަމުންދާ މަންޒަރު މިހާރު މުޖުތަމައު އިން ފެންނަމުންދެއެވެ.

އެގޮތުން ދަރިން ކުޅެން ގެންގުޅޭ އެއްޗެހި ހަލާކުވުމުގެ ކުރިން އާ ކުޅޭ ތަކެތި ގަތުމާއި، ބާޒާރަށް ނުކުންނަ އަގުބޮޑު ކޮންމެ އެއްޗެއް ގަތުމަކީ މިހާރު ބައެއް ދިވެހިންގެ ނުރަނގަޅު އާދައެކެވެ. އަދި އެފަދަ ކަންކަމަށް ފުދުންތެރިކަން ނެތަސް މީހުންގެ އަތުން ނުވަތަ ބޭންކުން ދަރަންޏަށް ފައިސާ ނަގާ ތަން އެބައާދެއެވެ. ނަމަވެސް ދަރަންޏަށް ފައިސާ ނަގަން ވާނީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރުމަށެވެ.

އިންސާނުންނަށް ދެއްވާފައިވާ ނިއުމަތްތަކުގެ ތެރޭގައި މުދަލާއި ފައިސާ ހިމެނޭއިރު، އެ ތަކެތި އިސްރާފު ނުކޮށް، މާތް ﷲ އެންގެވި ގޮތަށް ހޭދަ ކުރުމަށް އަންގަވާފައިވެއެވެ. މުދާ ހޭދަ ކުރުމުގައި އިސްރާފު ކުރުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށްވާއިރު އިސްރާފު ކުރުމަކީ ހަރާމް ކަންތައްތަކަށާއި، ވިޔާނުދާ ކަންތައްތަކަށް ބޭކާރު ގޮތުގައި މުދާ ހޭދަ ކުރުމެވެ. އަދި ހުއްދަ ވެގެންވާ ރަނގަޅު ކަންތައްތަކުގައި ވެސް ތިމާގެ އާމްދަނީ އާއި ލިބޭ މިންވަރާ އެކަށީގެން ނުވާ ވަރަށް ހަރަދު ކުރުމަކީ އިސްރާފު ކުރުން ކަމަށް ދީނުގައިވެއެވެ.  ދަރަނި ނުދައްކާ މަރުވުމުން، ދަރަނި ދެއްކެންދެން އެމީހެއްގެ ފުރާނަ ދާންވީ މަގާމް އަށް ނުދާނެ ކަމަށްވެއެވެ. އެހެންކަމުން ދަރަންޏަށް ތަކެތި ނުވަތަ ފައިސާ ނުނަގާ، ދިރިއުޅުން ކުރިއަށް ގެންދެވޭނެނަމަ، އެންމެ ރަނގަޅު ގޮތަކީ ދަރަނީގެ މަޅިތަކުގައި ނުޖެހުމެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
07 ޖެނުއަރީ 2017

އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް

07 ޖެނުއަރީ 2017
އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް