Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަމަރ ޓްރާންސްފަރ މާކެޓް

އެތުލެޓިކޯއިން ބޭލްއަށް ނޫނެކޭ ބުނެފި!

24 މެއި 2022 | އަންގާރަ 08:39

ރެއާލްއާއެކު ބޭލް ގިނަ ކާމިޔާބީތަކެއް ހޯދި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 24 މެއި 2022 | އަންގާރަ 08:39
ރެއާލްއަށް ކުޅެމުން އަންނަ ގަރެތު ބޭލް

ރެއާލްއަށް ކުޅެމުން އަންނަ ގަރެތު ބޭލް

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ގަރެތު ބޭލް ބޭނުން ނުވާކަމަށް އެކުލަބުން ބުނެފިއެވެ.

ރެއާލް މެޑްރިޑާއެކު ބޭލް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ކުރިއަށް އޮތް ޖޫން މަހުގެ 30ށް ހަމަވާނެއެވެ. ރެއާލްއިން އޭނާ އިތުރަށް ބޭނުން ނުވާއިރު، ބޭލްގެ އެޖެންޓް ޖޮނަތަން ބާނެޓް ވަނީ އެތުލެޓިކޯގެ ސްޕޯޓިންގ ޑިރެކްޓަރ އެންޑްރީ ބާޓާއާ މަޝްވަރާކޮށްފައެވެ. އަދި ބޭލް އެތުލެޓިކޯއަށް ބަދަލުވުމަށްވެސް ހުށަހެޅިއެވެ.

މިކަމާއި ގުޅިގެން އެތުލެޓިކޯއިން ބުނީ އޭނާގެ ހުށަހެޅުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އެކަމަކު ޓީމުގެ ކުރިމަގުގައި ބޭލް ބޭނުން ނުވާކަމަށް އެތުލެޓިކޯއިން ބުންޏެވެ.

ރެއާލްގައި ބޭލް ހޭދަކުރި ފަހު އަހަރުތަކުގައި އޭނާއަށް ކުޅެން ފުރުސަތު ލިބުނީ ވަރަށް މަދު މެޗެއްގައެވެ. ނަމަވެސް ރެއާލް ދޫކޮށްލުމަށްފަހުވެސް އޭނާގެ އާއިލާއިން ބޭނުންވަނީ ސްޕެއިންގައި ދިރިއުޅުމަށެވެ. ލޯނު އުސޫލުގެ ދަށުން ބޭލް ޓޮޓެންހަމްއަށް ކުޅުނު އިރުވެސް ބޭލްގެ އާއިލާ ވަނީ ސްޕެއިންގައި މަޑުކޮށްފައެވެ.

އެތުލެޓިކޯއިން ބޭލްގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައި ވާއިރު، މިއަހަރުގެ ވޯލްޑް ކަޕަށް ވޭލްސް ކޮލިފައި ނުވެއްޖެނަމަ ބޭލް ރިޓަޔާކުރުން ގާތްކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލްގައި ބޭލް ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ ޓީމަށް ތާރީޚީ ލަނޑުތަކެއް ޖަހައިދީފައެވެ. މީގެ އިތުރުން ރެއާލްއާއެކު ބޭލް ވަނީ ހަތަރު ޗެމްޕިއަންސް ލީގު، ތިން ލަލީގާ، ތިން ސްޕެނިޝް ސުޕަކަޕްގެ އިތުރުން އެއް ކޮޕަ ޑެލްރޭ، ތިން ޔޫރަޕިއަން ސުޕަކަޕް އަދި ހަތަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި

05 އޯގަސްޓު 2017
އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި
28 ޖުލައި 2017

ރެނާޓޯ ސަންޗޭޒް އަށް ޗެލްސީން ޝައުގުވެރިވާކަމަށް ބަޔާން އިން ބުނެފި

28 ޖުލައި 2017
ރެނާޓޯ ސަންޗޭޒް އަށް ޗެލްސީން ޝައުގުވެރިވާކަމަށް ބަޔާން އިން ބުނެފި
10 ޖުލައި 2017

އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި

10 ޖުލައި 2017
އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި
04 ޖުލައި 2017

ޑެނީ އަލްވޭސް ހޯދުމަށް ފެނަބާޗޭއިން މަސައްކަތް ނުކުރާކަމަށް އެ ކްލަބުން ބުނެފި

04 ޖުލައި 2017
ޑެނީ އަލްވޭސް ހޯދުމަށް ފެނަބާޗޭއިން މަސައްކަތް ނުކުރާކަމަށް އެ ކްލަބުން ބުނެފި
08 ޖޫން 2017

ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި

08 ޖޫން 2017
ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި
23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
16 އެޕްރީލު 2017

ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި

16 އެޕްރީލު 2017
ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް