Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަގުބޮޑުކޮށް ޓެކްސީ ކުރި މައްސަލަ

އަގުބޮޑުކޮށް ޓެކްސީ ކުރި 15 މައްސަލައެއް ފުލުހުންނަށް ފޮނުވައިފި

24 މެއި 2022 | އަންގާރަ 04:48

ޓެކްސީ ދަތުރުތައް އަގު ބޮޑުކޮށް ކުރާތީ، އެކަމުގެ ޝަކުވާ ހުށައެޅޭނެ ނިޒާމު ގާއިމުކޮށް ހުށައެޅޭ މައްސަލަ ބެލުމަށް ކޮމިޓީއެއް ވަނީ އެކުލެވިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 މެއި 2022 | އަންގާރަ 04:48
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ

ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ޓެކްސީ ކުރި 15 މައްސަލައެއް ފުލުހުންނަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މިހެން ވިދާޅުވީ، މާލޭ ގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ އަދި ހުޅުމާލެއިން ޓެކްސީގެ ޚިދުމަތް ހޯދަން ދަތިވެގެން އެކަމުގެ ޝަކުވާ ލިބެމުންދާތީ، މިހާރަށްވުރެ ފަސޭހަކަމާއެކީ މާލޭގައި ޓެކްސީ ޚިދުމަތް ނުވަތަ ދަތުރުތަކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން އޮޅުން ފިލުވުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ، މާލެ އާއި ހުޅުމާލެއިން ޓެކްސީ ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ހޮޓްލައިނެއް ގާއިމްކުރެވިފައިވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމުން މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތައް އަގުބޮޑު ކުރާނެ ކަމަށް އިންޒާރުދީ ބައެއް ޓެކްސީ ޑްރައިވަރުން ވަނީ އަގު ބޮޑުކޮށް ދަތުރުކޮށްފައެވެ. މިކަމާ ގުޅިގެން އާންމު ރައްޔިތުން ގެންދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޓެކްސީ ދަތުރުތައް އަގު ބޮޑުކޮށް ކުރާތީ، އެކަމުގެ ޝަކުވާ ހުށައެޅޭނެ ނިޒާމު ގާއިމުކޮށް ހުށައެޅޭ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެ ކޮމިޓީއަށް ހުށައެޅިފައިވާ 57 ޝަކުވާ ބަލައި، 15 މައްސަލައެއް ދިވެހިންގެ ފުލުހުންގެ ޚިދުމަތަށް ފޮނުއްވާފައިވާ ކަމަށެވެ.

ގަވާއިދާ ޚިލާފަށް ދަތުރުކުރި ބައެއް ޑްރައިވަރުންގެ ބަޔާން ނަގައި، ލިބިފައިވާ ޝަކުވާއަށް ބަލައި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޮންލައި އެޕް މެދުވެރިކޮށް އަގުބޮޑުކޮށް ދަތުރުކުރިކަން ސަމާލުކަމަށް އައިސްފައިވާތީ އެކަން ބަލަމުން އަންނަ ކަމަށާއި، ފަސިންޖަރުން ދާން ބޭނުންވާ ތަން ޓެކްސީ ޑްރަައިވަރަށް ދަތުރު ނެގުމުގެ ކުރިން ނޭންގޭނެ ގޮތަކަށް އެޕްލިކޭޝަންގެ ޑިޒައިން ބަދަލުކުރުމަށް އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތްދޭ ފަރާތްތަކަށް އަންގާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޮންލައިން އެޕްލިކޭޝަން ޑައުންކުރުމުގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާތީ އެކަން އެގޮތަށް ނުކުރުމަށް ޓެކްސީ ސެންޓަރުތަކަށާއި، އެޕް އޮޕަރޭޓްކުރާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެޕުތަކުގައި މިނިސްޓްރީއާއި ފުލުހުންނަށް ފެންނަން ހުންނަން ޖެހޭ މައުލޫމާތުތައް ހަމަކުރުމަށް އޮންލައިން އެޕްލިކޭޝަންތައް އޮޕަރޭޓްކުރާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް