Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުން

ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުން - މި ހަފްތާތެރޭގައި ފައިނަލް ޑޮކިއުމެންޓްތައް ފޮނުވާނެ

ކޮންސެޕްޓް ކުރެހުމާއި، ޓެންޑަރ ޑޮކިއުމެންޓްގެ ޑްރާފްޓް މިނިސްޓްރީއަށް ލިބި ކޯލްޑް ސްޓޯރޭޖް އެޅުމަށް ޓެންޑަރ ޑޮކިއުމެންޓުގެ ފައިނަލް މަސައްކަތް މިހާރު ދަނީ ކުރެވެމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 މެއި 2022 | ހޯމަ 11:38
ކޫއްޑޫގައި ފިނިކޮށްފައި ހުރި މަސްތައް ބޭރުކުރުމުގެ މަސައްކަތް ކުރަނީ

ކޫއްޑޫގައި ފިނިކޮށްފައި ހުރި މަސްތައް ބޭރުކުރުމުގެ މަސައްކަތް ކުރަނީ

ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި ހަފްތާތެރޭގައި ފައިނަލް ޑޮކިއުމެންޓްތައް ފޮނުވާ ކައިރި މުސްތަގުބަލެއްގައި މި މަޝްރޫއު ޓެންޑަރ ކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކޯލްޑް ސްޓޯރޭޖާއި ބްރައިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯ މެންބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި ދެންނެވޭނީ، ކޫއްޑޫގައި 4000 ޓަނުގެ، ގދ. ތިނަދޫގައި 1000 ޓަނުގެ، މ. މުލަކުގައި 500 ޓަނުގެ އަދި ކ. ކަނޑުއޮއްގިރީގައި 250 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތަކީ ސައުދީ ޑިވަލަޕްމަންޓް ފަންޑުންދޭ ލޯނަކުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި މި މަސައްކަތް ރޭވި އިރު މި މަސައްކަތުގެ ކޮންސެޕްޓް ޑްރޯވިންގ އަދި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ހަމަޖެހިފައި އޮތީ މި ޕްރޮޖެކްޓަށް ހޯދާ ކޮންސަލްޓަންޓެއް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް 9 ސެޕްޓެމްބަރ 2021 ގައި ކޮންސަލްޓަންޓެއް ހޯދުމަށް އިއުލާންކޮށްގެން ލިބުނު ހުށަހެޅުންތައް ދިރާސާކުރި އިރުގައި، ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި އެކަން އެކަށީގެންވާ ގޮތެއްގައި ކޮށްދެވޭނެ ފަރާތެއް ނެތްކަމަށް ކަނޑައަޅާ ނިންމާފައިވާ ކަމަށެވެ.

އަދި ކޯލްޑް ސްޓޯރޭޖްތަކުގެ ކުރެހުމާއި ޓެންޑަރ ޑޮކިއުމެންޓްސް މި ޕްރޮޖެކްޓްގެ ބެނެފިޝަރީއެއް ކަމަށްވާ މިފްކޯލައްވާ ކުރުވުމަށް ނިންމާ، މި ޕްރޮޖެކްޓް ހިންގާގޮތް ޑިޒައިން އެންޑް ބިލްޓް އުސޫލަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބަނދަރުބޮޑުކޮށް ވަސީލަތްތައް ގާއިމްކުރުމުން އެއްފަހަރާ 6 ދޯންޏަށް މަސްކިރޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މިހާރު ގިނަ ވެގެން މަސްކިރެނީ 3 ދޯންޏަށް ކަމަށާއި، އާދަޔާ ހިލާފަށް މަސްވެރިކަން ތިޔާގި ދުވަސްވަރު ބޭނުންވާ ވަރަށް ކޫއްޑޫއަށް މަސްގަތުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ކޫއްޑޫގައި ގާއިމްކޮށްފައިވާ ބްރެއިން ކެޕޭސިޓީ ބޭނުންވާ ވަރަށްވުރެ ކުޑަވުން ކަމަށެވެ.

އަދި ކޫއްޑޫގެ ބްރައިން ކެޕޭސިޓީ އިތުރުކުރުމާއިބެހޭ ކަރުދާހެއް މިފްކޯއިން މިނިސްޓްރީއަށް ހުށަހަޅާ އެ ކަރުދާހާ މެދުގައި ސަރުކާރުގެ ފެންވަރުގައި މަޝްވަރާކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު

އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު

09 ޑިސެމްބަރު 2018
ކައުންސިލްތަކަށް ދޫކޮށްލެވެން ހުރި ބާރުތައް މި ހަފްތާތެރޭގައި ދޫކުރާނަން: ރައީސް

ކައުންސިލްތަކަށް ދޫކޮށްލެވެން ހުރި ބާރުތައް މި ހަފްތާތެރޭގައި ދޫކުރާނަން: ރައީސް

02 ޑިސެމްބަރު 2018
ފައިނަލް ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި

ފައިނަލް ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި

08 ސެޕްޓެމްބަރު 2018
އޭސީސީން މައްސަލަ ބަލަމުންދަނިކޮށް ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

އޭސީސީން މައްސަލަ ބަލަމުންދަނިކޮށް ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

26 ސެޕްޓެމްބަރު 2017
ފައިނަލް ލިސްޓާ އެކު ފްލެޓް ލިބުނު މީހުންގެ މައުލޫމާތެއް އަދި ޕޮއިންޓް ވެސް އާންމު ނުކުރާނަން:މުއިއްޒު

ފައިނަލް ލިސްޓާ އެކު ފްލެޓް ލިބުނު މީހުންގެ މައުލޫމާތެއް އަދި ޕޮއިންޓް ވެސް އާންމު ނުކުރާނަން:މުއިއްޒު

18 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު