Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު

އޭނާ ހައްޔަރު ކުރީ ހަނު ހުރެގެން ކަމަށް ރައީސް ވިދާޅިވި ކަމަށް ބަޔާނުގައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2018 | އާދީއްތަ 11:35
އަބްދުﷲ ޒިޔަތު

އަބްދުﷲ ޒިޔަތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ކުއްޔަށް ދިން ރަށްތަކާއި ފަޅުތަކުގެ ލީސް އެގްރިމެންޓް ފައިނަލް ކުރައްވަނީ ސީދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ޖަލަށް ލާފައިވާ ޒިޔަތުގެ ފަރާތުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އޭނާ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް 2014 ވަނަ އަހރު އައްޔަން ކޮށް ހަމަ އެ އަހަރު އެމްއެމްޕީއާރުސީގެ މެންޑޭޓް ފުޅާކޮށް އެއިރުގެ ސަރުކާރުގެ ޓޫރިޒަމް ސިޔާސަތުގެ ވައުދު ފުއްދުމަށްޓަކައި ރަށްރަށާއި ފަޅުތައް އެމްއެމްޕީޢަރުސީ މެދުވެރިކޮށް ކުއްޔަށް ދިނުމަށް ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

Advertisement - newsAdvertisement

އަދި ރަށްރަށާއި ފަޅުތައް ދޫކުރުމަށްފަހު ލިބޭ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖަމާކުރުމުގެ ބަދަލުގައި އެމްއެމްޕީއާރުސީ އަށް ޖަމާކުރުމަށް ނިންމަވައި އެކަމަށް ހުއްދަ ދެއްވީވެސް ކުރީގެ ރައީސް ޔާމީންގެ އެންގެވުމުގެ މަތިން އެއިރުގެ ބަނޑާރަނައިބު ކަމަށް ބަޔާނުގައި ވެއެވެ.

"އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ހެދުމަށްޓަކައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ކުރެވުނު އެންމެހާ މުއާމަލާތްތަކުގެ ފުރިހަމަ މައުލޫމާތު ކުރީގެ ރައީސް ޔާމީން އަށް އެނގިލައްވާނެ. ކުރީގެ ރަޢީސް ޔާމީންގެ އެންގެވުމުގެ މަތިން ހިންގި މުއާމަލަތްތަކުގެ ތަފްސީލްތައް އަޅުގަނޑާއި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމމަދު އަދީބް އަބްދުލް ޣަފޫރު ގެންގެންދިޔައީ ކުރީގެ ރައީސް ޔާމީންއަށް ބަރާބަރަށް އަރުވަމުން،" ބަޔާނުގައި ވެއެވެ.

ރަށްތައް ކުއްޔަށް ދިނުމުގެ ކަންތައްތައް ފައިނަލްކުރައްވަނީ ރައީސް ޔާމީންކަމަށް ޒިޔަތު ވިދާޅުވެފައި މިވަނީ ރަށްތައް ކުއްޔަށް ދިނުމާއި އެނޫންވެސް ޚިޔާނާތުގެ މައްސަލަތަކުގެ ޒިންމާ ނަންގަވަން ޖެހޭނީ ކުންފުނިތަކުގެ ވެރިންކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީގެ މައްސަލަތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހިންގި ޚިޔާނާތުގެ މައްސަލަތަކުގައި އެމަނިކުފާނު ޒިންމާވާން ޖެހިވަޑައިނުގަންނަވާނެކަމަށާއި، އެކަންކަން ހިނގިކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

ފިނިފެންމާ ލޯންޗްގެ ހާދިސާއަށް ފަހު ކުރީގެ ރައީސް ޔަމީން އާއި ކުރީގެ ނައިބު ރައީސް އަދީބު އާއި ޖެހުނު މައްސަލައިގައި އޭނާ ރައީސް އޮފީހަށް ހާޒިރުކޮށް އަދީބު އާއި ދެކޮޅަށް ބަޔާންތަކެއް ދިނުމަށް އެންގެވި ކަމަށާއި އެހެންނަމަވެސް ކުރީގެ ރައީސް ޔާމީން އެންގެވި ގޮތަށް ބަޔާންދިނުމަށް އޭނާ އިންކާރު ކުރުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރު ކުރި ކަމަށް އާދިއްތަ ދުވަހުގެ ޒިޔަތުގެ ފަރާތުން ނެރުނު ބަޔާނުގައި ވެއެވެ. އަދި އޭނާ ހައްޔަރު ކުރީ ހަނު ހުރެގެން ކަމަށް މީޑިއާގައި ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައި ކަމަށް ޒިޔަތުގެ ބަޔާނުގަ ވެއެވެ.

"ދޫނިދޫ ކުޑަގޮޅީގައި އެކަހެރިކޮށް ބާއްވައި، ދަންވަރު ނެރެ ވަކި ގޮތަކަށް ބަޔާން ދިނުމަށް އަޅުގަނޑަށް މަޖުބޫރުކޮށް ބަޔާން ނަގާފައެވެ. މި ދެންނެވި ބަޔާންތަކަށް ޝަރީއަތުގައި އަޅުގަނޑު ވާނީ އިންކާރު ކޮށްފައެވެ. އަމަލު ކުރަމުންދާ އުސޫލް ތަކާއި ޚިލާފަށް އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ދޫނިދޫގައި ބަހައްޓައިގެން އެތަކެއް ޝަރީއަތްތަކެއް ހިންގާފައި ވެއެވެ. އަދި ސިޔާސީ ބޭނުމަށް އަޅުގަނޑުގެ މައްޗަށް ނުހައްގުން ދައުވާކޮށް އަޅުގަނދުގެ މައްޗަށް ވަނީ ހުކުމް ކޮށްފައި " ބަޔާނުގައި ވެއެވެ.

އެމްއެމްޕީއާރުސީގެ އެއްވެސް ޗެކެއް އަދި ޕޭމަންޓެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ހަވާލު ކޮށްފައެއް ނުވާނެ ކަމަށާއި އަދި އެމްއެމްޕީއާރުސީގެ ފައިސާ އަށް ހިޔާނާތްތެރި ވެފައެއްވެސް ނޯންނާނެ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ބާރުގަދަ ބައެއްގެ ނުފޫޒުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެމްއެމްޕީއާއރުސިގެ ޗެކްތައް އެމްއެމްޕީއާރުސީގެ ބޯޑުގެ ނިންމުމާއި ބޭންކް އޮފް މޯލްޑިވްސް އިން އަމަލު ކުރަމުން އަންނަ އުސޫލްތަކައި ޚިލާފަށް އެހެން ކުންފުނި ތަކަށް ޖަމާކޮށްފައި ކަމަށް ޒިޔަތުގެ ބަޔާނުގައި ވެއެވެ.

"އަޅުގަނޑު ބަންދުގައި ތިން އަހަރު ވެގެން ދިޔައިރު އެމްއެމްޕީއާރުސީގެ ހިޔާނާތައި ގުޅިގެން ބަހެއް ނުބުނެ ހުރީ އަޅުގަނޑަށް ކުރިމަތި ވެދާނެ ނުރައްކަލަކަށް ޖެހިލުން ވާތީ. ނަމަވެސް މި ބަޔާން ނެރުމަށް ނިންމީ ސަރުކަރުން އިންސާފް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޮތުމުން" ބަޔާނުގައި ވެއެވެ.

ބަންދުގައި އޭނާ ހޭދަކުރި ތިން އަހަރުގައި އޭނާއަށް ސިއްޙީ އަދި ނަފްސާނީ އެތައް ބިރުވެރިކަމެއް ކުރިމަތިވެފައި ވާ ކަމަށާއި މި މަމައްސަލައިގައި އޭނާގެ މައްޗަށް ނުހައްގުން މަތިމައްޗަށް އެތައް ދައުވާއެއްކޮށް ހުކުމްކޮށް އެކަން ފޮރުވައި ފަސްއެޅުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އިންސާފުވެރި ފުރިހަމަ ސައްކަ ތަހުގީގެއް ކޮށްގެން މިކަމުގެ ހަގީގަތް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބަ އޮތް ކަމަށާއި، އަދުގެ ސަރުކާރުން މި މައްސަލަތައް ބެލުމަށް ހައްދަވަފައިވާ ކޮމިޝަނަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބަރުލުންދީ ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެހީތެރިވުމަށް ތައްޔާރަށް ހުރިކަމަށް ބަޔާނުގައި ވެއެވެ.

އަދި މައްސަލާގައި އޭނާގެ އިހުމާލް އޮތްކަމަށް އިންސާފުވެރި ތަހުގީގެއް ހިންގި އިންސާފުވެރި ޝަރީއަތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާނަމަ އެކަމުގެ ހައްގު އަދަބު ލިބިގަތުމަށް ތައްޔާރަށް ހުރި ކަމަށް ބަޔާނުގައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު