Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗާ ރިޕޯޓް

އާއިލީ ގުޅުން ބަދަހިކުރުން ވެސް ޑިޖިޓަލް ކޮށް

21 މެއި 2022 | ހޮނިހިރު 14:17

ހުރިހާ އާއިލާއަކުންވެސް މިހާރު ބައްދަލު ކުރަނީ ވައިބަރ ގްރޫޕުތަކުގެ ތެރެއިން ނެވެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 މެއި 2022 | ހޮނިހިރު 14:17
ބަޔަކު ފޯނާ ކުޅެނީ

ބަޔަކު ފޯނާ ކުޅެނީ

ޒަމާނުއްސުރެ ދިވެހިންނަކީ އާއިލީ ގުޅުން ބަދަހި ކުރުމުގައި ނަމޫނާ ބައެކެވެ. އެކި މުނާސަބާތަކުގައި އާއިލާގެ އެންމެން ބައްދަލުކޮށް ވަގުތު ހޭދަ ކުރުމަކީ އެންމެ ކުރީއްސުރެ ދިވެހިންގެ ތެރެއިން ފެންނަ ރީތި އާދައެކެވެ. ނަމަވެސް ޒަމާނާއެކު އައި ބަދަލުތަކާއެކު އެ ގުޅުމަށް ވެސް މިވަނީ ބަދަލު އައިސްފައެވެ. ގުޅުން ކެނޑުނީއެއް ނޫނެވެ، އާއިލީ ގުޅުން އަދިވެސް އޮވެއެވެ. ބަދަލުވި ކަމަކީ ކުރިން ގޭގޭ ސިޓިން ރޫމަށް އެއްވާ އާއިލާތައް މިހާރު ވައިބަރ ގްރޫޕްތަކަށް އެއްވުމެވެ.

ކޮންމެ އާއިލާއެއްގެ ވެސް ދެތިން ހަތަރު ވައިބަރ ގްރޫޕް އޮވެއެވެ. އޭގެ ތެރޭގައި އެއްބަޑުއެއްބަފާ މީހުންނާއި މައިންބައިފައިން ހިމަނައިގެން ހަދާފައި އޮންނަ ގްރޫޕާއި ދެބެއިންގެ ދެދަރި މީހުން ހަދާފައި އޮންނަ ގްރޫޕާއި އެއަށްވުރެ ދުރު އާއިލީ މީހުން ހިމަނައިގެން ހަދާފައި އޮންނަ ގްރޫޕުތައް ހިމެނެއެވެ. ކަމެއް ވެއްޖެނަމަ ނުވަތަ ސޯޝަލް މީޑިއާއިން އެއްޗެއް ފެނިއްޖެ ނަމަ ވަގުތުން އެ ފޮނުވާލަނީ ވައިބަރ ގްރޫޕް މެދުވެރިކޮށް އާއިލާގެ އެންމެންނަށެވެ.

އާއިލާގެ މީހަކަށް ކަމެއް ވިޔަސް މިހާރު ވައިބަރ ގްރޫޕުން އެނގޭނެއެވެ. ކޮންމެ ދުވަހަކު އާއިލާ މީހުންގެ ހާލު ވެސް ބަލައިލެވެއެވެ. ޓެކްނޮލޮޖީއާއެކު މި ފައިދާތައް ވީނަމަވެސް ހަމަ އެ ޓެކްނޮލޮޖީ މިވަނީ އާއިލާ މީހުން އެކަކު އަނެކަކާ ދުރުވެސް ކޮށްފައެވެ. ގްރޫޕުގައި ކޮންމެ ދުވަހަކު ވާހަކަދެއްކިޔަސް އެއް ރަށެއްގައި ތިބޭއިރުވެސް ބައްދަލު ނުވާ އެތައް މީހުން ތިބެއެވެ.

އެއް ރަށެއްގައި ދިރިއުޅޭ އާއިލީ މީހުންގެ އިތުރުން އެއްގެއެއްގައި އުޅޭ މީހުންވެސް ދިމާނުވަނީއެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ވާހަކަ ދެއްކުން އިތުރުވުމާ ގުޅިގެން ގޭގައި ތިބޭވަގުތު ވެސް އެކަކު އަނެކަކާ މުއާމަލާތް ކުރާއިރު ގިނަ ފަހަރު ބޭނުން ކުރެވެނީ ފޯނެވެ.

އާއިލާ މީހަކަށް ލިބޭ އުފަލުގައި ބައިވެރިވާން އެ މީހަކާ ބައްދަލު ކުރުމުން ވާނެ އުފާ އެތައް ގުނައެއް ބޮޑުވާނެއެވެ. އާއިލާ އެކުގައި އެއްތަނަކުން ބައްދަލުވެ ވާހަކަދައްކާލުމުން ލިބޭ ހިތްހަމަޖެހުންވެސް ބޮޑުވާނެއެވެ. އާއިލާއެއްގެ ތެރޭގައި އޮންނަ ލޯބި އިތުރުވަނީ ވެސް އޭގެ ސަބަބުންނެވެ. އެކަކު އަނެކަކު ފެނި ސަލާން ކުރެވި، ވާހަކަ ދައްކާލެވުމުންނެވެ.

ވައިބަރ ގްރޫޕްތަކާއެކު މިހާރު އާއިލީ މީހުން އެކަކު އަނެކަކާ ބައްދަލު ކުރުމުގެ ބަދަލުގައި އުފާވެރި މުނާސަބާތަކުގައި ވައިބަރ ގްރޫޕަށް ފޮނުވާލަނީ މަރުހަބާ ކިޔައި ސްޓިކާއެކެވެ. މީހަކު ބަލިވެއްޖެނަމަ އޭނާއަށް ގޮވާލަން ދިއުމުގެ ބަދަލުގައި ގްރޫޕަށް ފޮނުވާލާނީ "ގެޓް ވެލް ސޫން" ސްޓިކާއެކެވެ. އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ވެސް ފޮނުވާލަނީ ހެޕީ ބަރތުޑޭ އަދި ހަދިޔާގެ ސްޓިކާއެކެވެ.

ދަންަނަ މީހަކު ނުވަތަ ރައްޓެހި ރަހުމަތްތެރިޔަކުވިޔަސް މަރުވުމުންވެސް "އިންނާ ލިއްލާހި ވައިންނާއިލައިހި ރާޖިއޫން" މިހެން ލިވެފަ ކޮމެންޓް ކޮށްލުމުން ނިމުނީ އެވެ.

އެންމެ ފަަހުން އާއިލާގެ މީހަކު މަރުވުމުން އެ މީހާގެ މޫނު ބަލައިލަން ދެވޭ ވަރެއްވެސް ނުވެއެވެ. އާއިލާގެ މީހަކު މަރުވެ މީހާ ކަފުންކޮށްފައި އޮންނައިރު ފޮޓޯއެއް ނަގައި ގްރޫޕަށް ލުމުން އެ ނިމުނީއެވެ. މޫނު ބެލުމުގެ ކަންކަން އެ ބަދަލުވީ އެ ގްރޫޕަށެވެ.

ރާއްޖޭގައި އާއިލީ ހަފްތާ ފާހަގަ ކުރާއިރު އެ ހަފްތާއާ ގުޅޭ ޕޯސްޓުތަކާއި މެސެޖުތައް ވެސް އާއިލީ ގްރޫޕްތަކުގައި ދައުރުވާނެއެވެ. އެކަމަކު އާއިލާއެއްކޮށް ބައްދަލު ކޮށްލާނެ ވަގުތުޅެއް ނުލިބޭނެއެވެ.

މިހާރު ވައިބަރ ގްރޫޕްތައް މެދުވެރިކޮށް އާއިލީ ގުޅުން ބޭއްވުނު ނަމަވެސް އެ ގުޅުން ހީނަރުވެ, ފަހުން ފެންނާނީ ގުޅުން ކެނޑިގެންދާ މަންޒަރެވެ. އޭގެ ކުރިން ވައިބަރ ގްރޫޕުތަކުން ނިކުމެ އާއިލީ ގުޅުން އެކުގައި ބަދަހި ކުރަމާތޯއެވެ. ޒަމާނުއްސުރެއް ދިވެހިންގެ ތެރެއިން ފެނުނު އެ ރީތި އާދަ އަލުން ދިރުވައި އާލާ ކުރަމާތޯއެވެ. ލޮލަށް ހާލުފެނި އެކުގައި ވަގުތު ހޭދަ ކުުރުމުން ނޫނީ އާއިލީ ގުޅުން ހަގީގަތުގައި ބަދަހި ނުކުރެވޭނެކަން ހަނދާން ކޮށް އެރީތި އާދަތައް އަލުން އިއާދަ ކުރަމާތޯއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

22 މާރިޗު 2017
އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
06 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

06 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟
25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް