Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަންކީޕޮކްސްގެ ކޭސްތައް އިތުރުވަމުންދިޔުން

މަންކީޕޮކްސްގެ ކޭހުގެ އަދަދު 100ން މައްޗަށް އެރުމާއެކު، ޑަބްލިޔުއެޗްއޯއިން އިމަރޖެންސީ ބައްދަލުވުމަކަށް ގޮވާލައިފި

21 މެއި 2022 | ހޮނިހިރު 02:47

މިހާތަނަށް 9 ގައުމަކުން ވަނީ މަންކީޕޮކްސްގެ ކޭސްތައް ފެނިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 މެއި 2022 | ހޮނިހިރު 02:47
މަންކީޕޮކްސް ވައިރަސް

މަންކީޕޮކްސް ވައިރަސް

ޔޫރަޕްގައި މަންކީޕޮކްސްގެ ކޭހުގެ އަދަދު 100ން މައްޗަށް ދިޔުމާއެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިމަރޖެންސީ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލައިފިއެވެ.

ޑަބްލިޔުއެޗްއޯގެ ކޮމިޓީން ބައްދަލުވުމެއް މި ބާއްވަނީ، މިބަލި މުޅި ދުނިޔެއަށް ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށެވެ.

ހުޅަނގާއި މެދުތެރޭ އެފްރިކާގެ ސަރަހައްދުތަކުން އާންމުކޮށް ފެންނަ މިބަލީގެ ކޭސްތައް ޔޫރަޕުން އަންނަނީ ފެންނަމުންނެވެ. މަންކީޕޮކްސްގެ ގިނަ ކޭސްތަކެއް ޔޫރަޕުން ފެންނަން ފަށާފައިވާއިރު، ޖަރުމަނުން ބުނެފައިވަނީ މިއީ މިހާތަނަށް ޔޫރަޕުން ފެންނަ މަންކީޕޮކްސްގެ އެންމެ ގިނަ ކޭސްތައްކަމަށެވެ. މިހާތަނަށް 9 ގައުމަކުން ވަނީ މަންކީޕޮކްސްގެ ކޭސްތައް ފެނިފައެވެ. އެއީ ބެލްޖިއަމް، ފްރާންސް، ޖަރުމަނު، އިޓަލީ، ނެދަރލެންޑްސް، ޕޯރޗުގަލް، ސްޕެއިން، ސްވިޑްން އަދި އިނގިރޭސިވިލާތެވެ. މީގެއިތުރުން އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާއިން ވެސް ވަނީ މަންކީޕޮކްސްގެ ކޭސްތައް ފެނިފައެވެ.

ހުކުރު ދުވަހު ސްޕެއިނުން އަލަށް 24 ކޭސް ވަނީ ފެނިފައެވެ. ގިނަ ކޭސްތަކެއް ފެނިފައިވަނީ މެޑްރިޑު ސަރަހައްދުންނެވެ. މިކޭސްތަކާ ގުޅުންހުރިކަމަށް ބެލެވޭ ސައުނާއެއް ސްޕެއިން ސަރުކާރުން ވަނީ ބަންދުކޮށްފައެވެ.

އަނެއްކޮޅުން އިސްރާއީލުގެ ހޮސްޕިޓަލެއްގައި އަންނަނީ މަންކީޕޮކްސްގެ އަލާމާތްތައް ފެންނަމުންދިޔަ މީހަކަށް ފަރުވާދެމުންނެވެ. މިމީހާއަކީ ދާދިފަހުން ހުޅަނގު ޔޫރަޕުން އިސްރާއީލަށް އައި މީހެކެވެ.

އެންމެ ފުރަތަމަ ރާމާމަކުނުން ފެނުނު މިވައިރަސް އާންމު ގޮތެއްގައި ފެނިފައިވަނީ އެފްރިކާއިންނެވެ. މިއީ އެފްރިކާއިން ބޭރު ގައުމުތަކަކުން މިހާ ގިނަ އަދަދަކަށް ކޭސްތައް ފެންނަމުންދާ ފުރަތަމަ ފަހަރެވެ.

ނަމަވެސް ސައިންސްވެރިން ބުނަމުން އަންނަނީ ކޮވިޑް-19 ގޮތަށް ޕެންޑަމިކަކަށް މިބަލި ބަދަލުވެގެންނުދާނެކަމަށެވެ. އަދި ކޮވިޑް-19 ފަދައިން ފަސޭހަކަމާއެކު މިވައިރަސް ފެތުރެމުންވެސް ނުދާނެކަމަށެވެ.

މަންކީޕޮކްސް ޖެހުމުން އާންމު ގޮތެއްގައި ހުން އައުމުން ވާގޮތްތައް ވެގެންދެއެވެ. ހުންއައުމާއެކު ގައިގެ ތަންތަން ކަހައި، ބިހިނަގަން ފަށައެވެ.

ރޮބަރޓް ކޮޗް އިންސްޓިޓިއުޓްގެ ފެބިއަން ލިންޑަރޓްޒް މިބަލިމަޑުކަން ސިފަކުރެއްވީ އެޕިޑެމިކެއްގެ ގޮތުގައެވެ. ފެބިއަން ވިދާޅުވާ ގޮތުންނަމަ މިބަލި އެހާ ގިނަ ދުވަހަކު ދެމިއެއް ނޯންނާނެއެވެ. ކޮންޓެކްޓް ޓްރޭސިންގ މެދުވެރިކޮށް، ކޭސްތަކާ ގުޅުންހުރި މީހުން ދެނެގަނެވި އެމީހުން އެކަހެރިއެއްނުކުރެވޭނެއެވެ. އަދި މިބައްޔަށް ފަރުވާދެވޭނެ ބޭހާއި ވެކްސިންވެސް ހުރިކަމަށް ފެބިއަން ވިދާޅުވިއެވެ.

ނަމަވެސް ޑަބްލިޔުއެޗްއޯގެ ޔޫރަޕިއަން ޗީފްގެ ކަންބޮޑުވުމަކީ، ކުރިޔަށް އޮތް ހޫނު މޫސުމުގައި ގިނަ މީހުން އެއްވެގެން ބާއްވާ ޕާޓީތަކާއި ފެސްޓިވަލްތައް އިތުރުވެގެންދާނެތީ، ކޭސްތައް ގިނަވެގެންދިޔުމުގެ ފުރުސަތު އޮތުމެވެ.

މަންކީޕޮކްސްއަށް ޚާއްސަ ވެކްސިނެއް ނެތްނަމަވެސް، ޑާޓާތަކުން ހާމަވާގޮތުގައި ސްމޯލްޕޮކްސްއަށް އުފައްދާފައިވާ ވެކްސިން މަންކީޕޮކްސްއާ ދެކޮޅަށް 85 އިންސައްތަ މަސައްކަތްކުރެއެވެ.

އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ސިއްހީ މަސައްކަތްތެރިންނަށާއި އެހެން މީހުންނަށް ސްމޯލްޕޮކްސް ވެކްސިން މިހާރު ވަނީ ދީފައެވެ.

1970 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެފްރިކާގެ 11 ގައުމަކުން ވަނީ މަންކީޕޮކްސްގެ ކޭސްތައް ފެނިފައެވެ. އޭގެތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ 2017 ވަނަ އަހަރު ނައިޖީރިއާއިން ފެނުނު ކޭސްތަކެވެ. އެއަހަރު ޝައްކުކުރެވޭ 46 ކޭހެއް ހިމެނޭއިރު، ޔަގީން 15 ކޭހެއް ފެނިފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

މިހާރު ޔޫރަޕުން ފެނިގެން މިއުޅޭ ކޭސްތަކުގެ ފުރަތަމަ ކޭސް ފެނުނީ މެއި 7 ވަނަ ދުވަހު އިނގިރޭސިވިލާތުންނެވެ. އެއީ ނައިޖީރިއާއިން އައި މީހެއްގެ ގައިންނެވެ. މިހާތަނަށް ފެނިފައިވާ ކޭސްތަކަކީ ދަތުރުކުރުމާއި ގުޅުންހުރި ކޭސްތަކެއް ނޫނެވެ. އެހެންކަމުން ގިނަ ބަޔަކަށް ވައިރަސް ޖެހިގެން އުޅޭ ސަބަބެއް އަދި މާބޮޑަކަށް ސާފެއް ނޫނެވެ. އެހެންކަމުން ކޮންމެވެސް ވަރެއްގެ ކޮމިޔުނިޓީ ސްޕްރެޑެއް އުޅޭކަމަށް ބެލެވޭ ކަމަށް ސިއްހީ ދާއިރާގެ ފަރާތްތަކުން ގަބޫލުކުރެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި މިފަހަރު އެންމެ ފުރަތަމަ ފެނުނު ކޭސްތަކަކީ މަންކީޕޮކްސްގެ އާންމު ގޮތެއްގައި ފެންނަ ކޭސްތަކާ ތަފާތު ކޭސްތަކެކެވެ. އެގޮތަށް ބުނާ ތިން ސަބަބެއް ޑަބްލިޔުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ. އެއް ސަބަބަކީ; ފެނިފައިވާ ކޭސްތަކަކީ މިބަލި އުޅޭކަމަށް ރިކޯޑް ކުރެވިފައިވާ ތަންތަނަށް ދަތުރުކޮށްފައިވާ މީހުންނަށް ނުވުމެވެ. މީގެތެރެއިންވެސް ގިނަ މީހުންނަކީ އެއްޖިންސުން ގުޅުންހިންގުމުގެ ތެރެއިން ވަކިން ޚާއްސަކޮށް ފިރިހެނުންގެ ތެރެއިން ފިރިހެނުންނާއި ގުޅުން ހިންގާކަމަށް ބުނެފައިވާ މީހުންނަށްވުމެވެ. އަނެއްކޮޅުން ކޭސްތައް ފެނުމުގެ ކުރިން ޔޫރަޕާއި އެހެން ސަރަހައްދުތަކުގައި ވައިރަސް ކުރިން އުޅެފައިވެދާނެކަމަށް ވަނީ މިހާރު ބެލެވިފައެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 20 މީހުންނަށް މަންކީޕޮކްސް ޖެހިފައިވާކަން ވަނީ ޔަގީންވެފައެވެ. އިނގިރޭސިވިލާތުގެ ހެލްތު ސެކިޔުރިޓީ އެޖެންސީން ބުނާގޮތުގައި މީގެތެރޭގައި ގިނައީ ފިރިހެނުންނެވެ. އަދި މީގެ ތެރެއިންވެސް އެއް ޖިންސުން ގުޅުންހިންގާ މީހުންނެވެ.

ޕޯޗުގަލްއިން ޖުމްލަ 23 ކޭސް ފެނިފައިވާއިރު ހުކުރު ދުވަހު އެކަނިވެސް 9 ކޭސް ފެނިފައިވެއެވެ.

ކުރިން ފެނިފައިވާ 14 ކޭހަކީ ސެކްޝުއަލް ހެލްތު ކްލިނިކްސް ތަކުން ފެނިފައިވާ ކޭސްތަކެވެ. އުމުރުން 20 އަހަރާ 40 އަހަރާ ދެމެދުގެ މިމީހުންނަކީވެސް އެއްޖިއްސުން ގުޅުން ހިންގާ ފިރިހެނުންނެވެ.

އިޓަލީގެ ހެލްތު ކޮމިޝަނަރ ވިދާޅުވަނީ، މިބަލި ފެތުރެނީ ޖިންސީގުޅުމުންކަމަށް ކަނޑައެޅުން އަދި މާ އަވަސްކަމަށެވެ. މިހާތަނަށް އިޓަލީން ވަނީ 3 ކޭސް ފެނިފައެވެ.

ސައިންސްވެރިން އަންނަނީ މިކަމުގައި ހުރި ގުޅުން ބެލުމަށް އެކި ކޭސްތަކުގެ ސީކުއެންސް ހަދަމުންނެވެ. ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި މިސީކުއެންސިންގގެ ނަތީޖާ ވަރަށް އަވަހަށް ލިބޭނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް