Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ

އެމްޓީސީސީން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފި

19 މެއި 2022 | ބުރާސްފަތި 18:39

ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކުރީ 396 ހިއްސާދާރުންގެ ވޯޓުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 މެއި 2022 | ބުރާސްފަތި 18:39
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. އެގޮތުން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ ތެރެއިން 396 ހިއްސާދާރުންގެ ވޯޓުންނެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި 556 ހިއްސާދާރުން ބައިވެރިވިއެވެ. މީގެ ތެރޭގައި އޮންލައިންކޮށްވެސް ހިއްސާދާރުން ބައިވެރިވިއެވެ.

މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެމްޓީސީސީއިން 5.6 މިލިއަން ހިއްސާ ތަމްސީލު ކުރިއެވެ. އެއީ ކުންފުނީގެ ޖުމްލަ ހިއްސާގެ 70 އިންސައްތައެވެ.

އެމްޓީސީސީގެ ހިއްސާގެ ފައިދާ ބަހާނީ 18 އޭޕްރިލް 2022 ގެ ނިޔަލަށް އެ ކުންފުނީގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންގެ މެދުގައެވެ.

ހިއްސާގެ ފައިދާގެ އިތުރުން 2022 ވަނަ އަހަރަށް 498 ހިއްސާދާރުންގެ ވޯޓާއެކު ޕްރައިސްވޯޓަރހައުސް ކޫޕަރސް ވަނީ އޮޑިޓަރުންގެ ގޮތުގައި ހަމަޖައްސާފައެވެ. އެ ކުންފުނީގެ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 478،590 ރުފިޔާއެވެ.

އެމްޓީސީސީއަށް 2021 ވަނަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އަހަރެވެ. އެގޮތުން، އެ ކުންފުންޏަށް 271 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 20.96 އިންސައްތައިގެ ކުރިއެރުމެކެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް