Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"ބައިނަލްއަގުވާމީ ޑިޕްލޮމަސީއެއް ނެތް މީހަކަށް ގައުމީ ޖިހާދެއް ނުކުރެވޭނެ، މިއީ ނޯތު ކޮރެއާއެއް ނޫން"

ޑިމޮކްރަސީއަކީ ޕީޕީއެމަށް ވަރަށް ބީރައްޓެހި އެއްޗެއް، އަދި އަދުރޭ ނެތިއްޔާ އެ އިސްލާހުވީ މުޅި ޕީޕީއެމްގެ 75 އިންސައްތަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 15:19
ޔާމީނަށް އެމަނިކުފާނުގެ ތަރުޖަމާނުގެ ފާޑުކިއުން، ވިދާޅުވީ މިއީ ނޯތުކޮރެއާ ނޫންކަމަށް

ޔާމީނަށް އެމަނިކުފާނުގެ ތަރުޖަމާނުގެ ފާޑުކިއުން، ވިދާޅުވީ މިއީ ނޯތުކޮރެއާ ނޫންކަމަށް

ރާއްޖޭގައި އިންޑިއާ ސިފައިންނާއި، އެ ސިފައިން ތިބުމުން ދާޚިލީ މިނިވަންކަމަށް ބުރޫއަރާ ވާހަކައާއި، ރާއްޖެ މިނިވަންކަމާއެކު ދެމިއޮތުމަށްކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރު ބޮޑު ހަނގުރާމައެއް ކުރައްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން އެމަނިކުފާނު ދައްކަވާ ފިލްމުގެ އަސަރުގައި ޖެހި، އިންޑިއާ އައުޓް ގޮވަން މަގުތަކަށް ވެސް ނުކުތެވެ. އެއިރުވެސް ވިސްނޭ ގިނަ ދިވެހި ރައްޔިތުން ބުނަމުން ގެންދިޔައީ އެއީ ސީދާ ރޭވުމެއްކަމަށެވެ. އެއީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވިފައިވާ އަދި އެމަނިކުފާނުގެ ދެއަތްޕުޅުގައި ހޭކިފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކަށް ފަސް އަޅުއްވައި ފޮރުއްވުމަށް އެމަނިކުފާނު ފެއްޓެވި ޗަރުކޭހެއްކަމަށެވެ.

މިކަމަށް ބާރުދޭ އެތަކެއް ހެތްކެއް ހުރިނަމަވެސް، ވެރިކަމުގައި ހުންނެވިއިރު ވަކި ގައުމެއްގެ ބާރު ލިބިވަޑައިގެން ވަކި ގައުމެއްގެ އުނގަށް ވެއްޓިވަޑައިގެން ކުރެއްވި ޚުދުމުޚުތާރު ވެރިކަން ނިމުމުން، އެ ބާރުލިބިވަޑައިގެން ހުންނެވި ގައުމުގެ ހަތުރަށް މިހާރު އޮތް ސަރުކާރު ތާއީދުކުރާތީ، އެއްކަލަ ގައުމުން ހިތްހަމަނުޖެހިގެން ރައީސް ޔާމީނަށް ޕްރެޝަރ ކުރުމުން، "އިންޑިއާ އައުޓް"ގެ ނަމުގައި، އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ ގެނައި ހެލިކޮޕްޓަރާއި، ވެވުނު އެއްބަސްވުމުގެ ދަށުން އައިސް ތިބި އިންޑިއާ ސިފައިންކަމަށް ބުނާބަޔަކު ބޭރުކުރަން މޮޅު ކެމްޕެއިނެއް ފެށިއެވެ.

ވެރިކަމުގައި ބާރު ލިބިވަޑައިގެން ހުންނެވިއިރު ތާއީދު ލިބިވަޑައިގެންނެވި ގައުމަކާއި، އަދި އަޑީގައި ތިބި ބަޔަކު ފަންޑުކޮށްގެން ފެށި އިންޑިއާ އައުޓް ކެމްޕެއިންގެ މަގުސަދުގައި ވަނީ އެހެންކަމެއް ކަމަށް ދެކެވޭ ވާހަކަތައް މިއަދު ވަނީ ތިލަވާން ފަށާފައެވެ. އަމިއްލަފުޅު ވެރިކަމުގައި ގެނައި އިންޑިއާ ސިފައިންގެ ބަޔަކު، އޭރު ބޭރުކުރައްވަން މަސައްކަތްޕުޅު ނުކުރައްވައި، މިހާރު ކުޅުއްވާ ޑްރާމާގެ ފަހަތުގައި އޮތީ ދެކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މީގެ ތެރެއިން އެއްކަމަކީ 3 ބިލިއަން ރުފިޔާގެ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެމަނިކުފާނުގެ ބައިވެރިވުން އޮތްކަން ނުދައްކަވައި، އެ ވާހަކަތަކަށް ފަސް އެޅުއްވުމެވެ. ދެވަނަ ކަމަކީ ބޮޑުބޭބޭފުޅުގެ އިސްތަށިފުޅަށް ފައިން އަރުއްވައި ޕާޓީ ވަގަށް ނަންގަވައި ވެރިކަމަށް ވަޑައިގެންނެވި ގޮތަށް، ވެރިކަމުގައި އުމުރުދުވަހު ހުންނަވަން ދެކެވަޑައިގަންނަވާ ހުވަފެންފުޅެވެ. އިންޑިއާ އައުޓްގެ ކެމްޕޭންގެ ދެވަނަ މަގުސަދަކީ 2023ގެ ރިޔާސީ އިންތިޚާބެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހުންނެވިއިރު ކުޅުއްވި ޑްރާމާއާއި، ޖެއްސެވި ހުރިހާ ކަމެއް އެންމެ ކައިރިން ފެނިވަޑައިގެންނެވި އެއް ބޭފުޅަކަށް ވާނީ އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީއެވެ. ވެރިކަން ނިމުނު ފަހުން ވެސް ފަހަކާ ޖެހެންދެން ޕީޕިއެމްގެ އިސް ސަފުގައި ހަރަކާތްތެރިވި މުއާޒު، ފަހުން އެ ޕާޓީގެ ހަރަކާތްތަކުން ފެނިޑައިނުގަންނަވާ އިރު، އޭނާ ވަނީ ރައީސް ޔާމީންގެ އަޑި ނޭނގޭ ބައެއް ވާހަކަތައް ޓްވިޓަރއަށް ދޫކޮށްލައްވާފައެވެ.

އިންޑިއާ ސިފައިން ތިބޭ މައްސަލައާއި، ހެލިކޮޕްޓަރާއި، މިކަންކަމުގައި ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން އެކަންކަން ކުރެއްވި ގޮތް މުއާޒް ވަނީ ޓްވިޓަރގައި ހިއްސާކުރައްވާފައެވެ. މުއާޒު ވިދާޅުވީ އިންޑިއާގެ ޑިފެންސް މިނިސްޓަރ، އޭކޭ އެންޓޮނީއާ ރައީސް ޔާމީންގެ ބައްދަލުކުރެއްވީ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު 2014ގައި، ދިއްލީގެ ދަ ލީލާ ޕެލެސް ހޮޓެލްގައި ކަމަށެވެ.

އޭރު ދެވަނަ ހެލިކޮޕްޓަރެއް ރާއްޖެއަށް އޮތީ ރަސްމީކޮށް ހަދިޔާކޮށްފައި ކަމަށެވެ. އެއީ 12 ޑިސެމްބަރު 2013ގައި ޑިފެންސް މިނިސްޓަރ ނާޒިމްއާއި އިންޑިއާގެ ޑިފެންސް މިނިސްޓަރ އެންޓޮނީގެ ރަސްމީ މަޝްވަރާގައި ކަމަށެވެ.

މުއާޒު ވިދާޅުވީ 2 ޖެނުއަރީ 2014ގައި އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝްރީ އެސް މެނޮން ސިންގްއާއެކު ރައީސް ޔާމީން ނިއުދިއްލީގެ ދަ ލީލާ ޕެލެސް ހޮޓެލްގައި ބޭއްވެވި ބައްދަލުވުމުގެ ހޭންޑް ނޯޓްސް އޭނާގެ އަތުގައި އެބަހުރި ކަމަށެވެ. އާންމު އުސޫލުން ޚަބަރަށް ދިނީ ޓެމްޕްލޭޓެއް ކަމަށެވެ.

ރައްޔިތުން ބިރުގަންނާކަށް ނުޖެހޭ ކަމަށާއި، ބަދަލު ހިފުމެއް ނޯންނާނެކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކައަށް ރައްދު ދެއްވައި މުއާޒް ވިދާޅުވީ، ރައީސް ޔާމީނަކީ ބަދަލު ހިއްޕަވާނެ ބޭފުޅެއްކަމުގެ މިސާލެއްކަމަށެވެ. މުއާޒު ވިދާޅުވީ ރައްޔިތުން ބިރުގަންނަންޖެހޭ ކަމަށެވެ."ވަކަރަށް ޖަހާލީމަ"އެނގުނީ ކަމަށާއި، މާބޮޑަށް ވެސް ޒާތީ ބޭފުޅެއް ކަމަށެވެ.

ވެރިކަމަށް އަލުން ވަޑައިގެންނެވި ނަމަވެސް, ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، ނަމަވެސް, މުޅި ގައުމުގެ ހައްގަށް އަރައިގެންފައިވާ މީހުންނާ ގާނޫނު ބައްދަލުކުރާނެކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ރައީސް ޔާމީނު ވަނީ ބައެއް ފަނޑިޔާރުންނަށްވެސް އިންޒާރު ދެއްވައި، ޖަލުތައް މިހާރަށްވުރެ ބޮޑުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

2023ގެ ރިޔާސީ އިންތިޚާބުގެ ވާހަކައާ ގުޅިގެން މުއާޒް ވިދާޅުވީ 2023އޭ، ރިޔާސީ އިންތިޚާބޭ، ފައުޅުގައި ވިދާޅުވާކަށް (ރައީސް ޔާމީނަށް) ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. އެ ވިދާޅުވާ އިންޑިއާ އައުޓްއެއްގެ "އަޑީ އެޖެންޑާ"ގައި އޮތީ 2023 ކަމަށެވެ. އަދި ތުހުމަތުތަކުން ރެކިވަޑައިގަނަންވަން ބޭނުން ކުރައްވާ ސްލޯގަންއަކަށް "އިންޑިއާ އައުޓް" ހެއްދެވީމައި 2023ގެ ރިޔާސީ އިންތިޚާބުގެ ވާހަކަ ފައުޅުގައި ދައްކަވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

މުޅި އާބާދީން ޕީޕީއެމްއާއި ރައީސް ޔާމީން އެއްފަރާތްކޮށްލައްވާފައި ބާކީ ތިއްބެވީ ޣައްދާރުންތޯ މުއާޒު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީންގެ ތަރުޖަމާނަކަށް ވެރިކަމުގެ 5 އަހަރުގެ ދައުރުގައި ހުންނެވި މުއާޒު އިތުރަށް ވިދާޅުވީ، ގައުމެއްގެ މިނިވަންކަން ދިފާއުކުރާނީ އޭރުވެސް މިހާރު ވެސް ރައްޔިތުން ކަމަށެވެ. އެއީ ވަކި ބޭފުޅަކު އިސްވެ ހުންނަވައިގެން ހިންގަވާ "އަޑީ އެޖެންޑާ"އަކުން، ދިވެހިންގެ މައްޗަށް ވާޖިބުވާ ފަރުޟެއް ނޫންކަމަށެވެ. ބައިނަލްއަގުވާމީ ޑިޕްލޮމަސީއަށް ނުފަރިތަ ބޭފުޅަކަށް މިޒަމާނުގައި "ގައުމީ ޖިހާދެއް" ނުކުރެއްވޭނެ ކަމަށެވެ. އަދި މިއީ ނޯތު ކޮރެއާ ނޫން ކަމަށް މުއާޒު ވިދާޅުވިއެވެ.

ރައީސް ޔާމީން، ތާހިރުކަމަށް ދައްކަވަން ކުރައްވާ މަސައްކަތްޕުޅުގެ ހަޑިކަމާއި، މުޑުދާރުކާއި، ރަހުމެއް ކުލުނެއް އިންސާނިއްޔަތުކަމެއް ނެތްކަން މުއާޒުގެ ވާހަކަތަކުން ހާމަވެގެން ގޮސްފައިވެއެވެ. އޭގެ އެއް މިސާލަކީ އެމަނިކުފާނުގެ ބޮޑުބޭބޭފުޅާ ދޭތެރޭގައި ކަން ކުރެއްވި ގޮތުގެ ވާހަކަ ކަމަށް މުއާޒު ހިއްސާކުރެއްވީ ޓްވީޓުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް އަދި އެމަނިކުފާނުގެ ބޮޑުބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމު އާލާސްކަންފުޅާ އުޅުއްވިއިރު ޖެއްސި ހާލާއި، ޖަލަށް ލުމާއި އަނިޔާވެރިވުމުގެ ވާހަކަވެސް މުއާޒު ވަނީ ހިއްސާކުރައްވާފައެވެ. ރައީސް މައުމޫން ކޯޓަށް ހާޒިރުކުރައްވަން ޕްރިޒަން އޮފިސަރުން ކަނޑުމަގުން އެމަނިކުފާނު މާލެ ގެނެސް، ޖެޓީއަށް އަރާވަޑައިގަންނަވަން އެހީތެރިވެދެއްވާ ފޮޓޯއަކާއެކު މުއާޒު ވިދާޅުވެފައިވަނީ، ގާތް މީހެއްގެ ހައިސިއްޔަތުން، "އިމޭޖް" ހިފަހައްޓަން ދިފާއުގައި ބަސްބުނަން ހުރި މީހެއްގެ ހައިސިއްޔަތުން، އަދި ފަރުދީ ހައިސިއްޔަތުންވެސް އެ އުމުރަށް ގޮސްފައި ހުންނެވި ކުރީގެ ރައީސެއް ޖަލަށް ނުލައި، އެޅުއްވެންހުރި ފިޔަވަޅަކައިގެން ކުރިއަށް ވަޑައިގަތުމަށް ދެންނެވި ކަމަށެވެ.

މުއާޒު ވިދާޅުވީ ރައީސް މައުމޫނު ހައްޔަރުކޮށް ޖަލުގައި ބަންދުކުރުމަށް ސަލާމަތާބެހޭ މަޖިލިހުގެ ބައްދަލުވުމަކުން ނިންމާފަ އޮތް ރަސްމީ ޔައުމިއްޔާއެއް ނޯންނާނެކަމަށެވެ. އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކުރުމަށް "އޯޑަރު" ނެރުއްވީ، ސިފައިންނާއި ފުލުހުންގެ އިސްވެރިޔާގެ ހައިސިއްޔަތުން ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެއީ ރައީސް ޔާމީނެވެ.

މިއީ އެއްބަފާ ބޮޑުބޭބޭފުޅަށް ޖެއްސެވި ހާލެވެ. އިންސާނިއްޔަތުކަމެއް ހުރި މީހަކު ނަމަ ރައީސް މައުމޫނަށް އެ ޖެއްސެވި ހާލެއް ނުޖެއްސެވީހެވެ. އަމިއްލަ ލެއަށް ހައްދަވާލީ މިހެންނެވެ. ދެން ދިވެހި ރައްޔިތުން އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލުމުން އެކަމުގެ ބަދަލު ހިއްޕަވާނެ ގޮތް ވިސްނާލާށެވެ. އެންމެ ފަހުން ބޭއްވި ޖަލްސާއެއްގައިވެސް ވިދާޅުވަމުން ގެންދެވީ މީހުން ހައްޔަރުކުރާ ވާހަކައާއި ބަންދުރައްވާނެ ވާހަކައާއި އަދި ޖަލު ބޮޑުކުރައްވަން ޖެހޭ ވާހަކައެވެ.

މީގެ އިތުރުން ޕާޓީ ތެރޭގައި ކަންކަން ހިނގަމުން އަންނަ އުސޫލާއި ދައުލަތުން ޕާޓީ ހިންގަންދޭ ފައިސާއަށް ވާގޮތް ވެސް މުއާޒު ވަނީ ހިއްސާކުރައްވާފައެވެ. މުއާޒު ވިދާޅުވީ، ދައުލަތުން މިލިޔަނުން ދޭ ފައިސާއަށް ވަނީ ކިހިނެތްކަން އާއްމު މެންބަރުންނަކަށް ނޭނގޭކަމަށެވެ. އެއީ އަދުރޭ (ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ)އާއި އަދި ދެތިން މީހެއްގެ އެއްޗެއް ކަމަށެވެ. ބާކީ އެއްޗެއް އޮތިއްޔާ 'ފިނިކޮޓަރީ' ކުދިންކޮޅަށް އެކި ނަންނަމުގައި މުސާރަ ދޭން ޖެހޭކަމަށެވެ. މެންބަރުންގެ ކަމެއްގައި އޮންނަނީ މެންބަރުން ފެލާ "ފަންޑުފޮށި" ކަމަށް މުއާޒު ވިދާޅުވިއެވެ.

އިންތިޚާބެއް މާދަމާ އޮންނަ މނަމަ މިރޭ ބާއްވާ ފިނިކޮޓަރީގެ ބައްދަލުވުމުން ވާދަކުރާނެ މީހުން ނިންމާނެ ކަމަށެވެ. ދެން އާއްމު މެންބަރުން ޖެހޭނީ އަތްޖަހަން ކަމަށާއި، އޭގެ އެއް މިސާލަކީ މަޖިލިސް 19ގެ ޓިކެޓް، ކުރީގެ އިކޮނަމިކް މިނިސްޓަރ އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ފަދަ ބޭފުޅުންނަށް ލިބުނީ ކުރީގެ ވަޒީރުންނަށް ވީމައި ކަމަށެވެ. އަދި ހުޅުމާލެ ލިބުނީ އަދުރޭ ދަރިފުޅަށް ކަމަށެވެ.

ޕީޕީއެމްގެ ރަން ޒަމާނަކީ ޕާޓީގެ ނައިބު ރައީސަކަށް ރައީސް ޔާމީންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނެވި ޒަމާން ކަމަށް މުއާޒު ވިދާޅުވިއެވެ. އަދި ވެރިކަންވެސް ލިބުނީ މައިގަނޑު ގޮތެއްގައި އަދީބުގެ ވަރަށް ބުރަ މަސައްކަތުން، ދިވެހި ރައްޔިތުން ޚާއްސަކޮށް ދިވެހި ޒުވާނުންގެ ބޮޑު ތާއީދެއް ލިބިގެން ކަމަށެވެ. އަދި އޭރު އަދުރޭ ގެ އެއްފައި ހުރީ ޖޭޕީގައި ކަމަށް ވެސް މުއާޒު ވިދާޅުވެފައިވެއެވެ.

މުއާޒުގެ ވާހަކައިން ދޭހަވާ ކަމަކީ ޕީޕީއެމްގެ އެތެރޭގައި ވަކި ބަޔަކު ވަކި ހިއްޕާލައި، ޕާޓީއަށް ވަންނަ ފައިސާއަށް ބަޔަކު ހަދާލާ ގޮތުގެ ވާހަކައެވެ. ރައީސް ޔާމީންގެ އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ 2023 ވަނަ އަހަރަށް ފައްކާ ކުރާ ފިތުނައެއްގެ ގޮތުގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު