Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރައީސްގެ ބޮޑު ސަމާލުކަމެއް ކުޅިވަރަށް

ޖޫނިއަރ ޓީޓީ މުބާރާތުގައި ކުޅުންތެރިންނަށް ހިތްވަރުދޭން ރައީސުލްޖުމްހޫރިއްޔާ ކިހާ ވަގުތެއް ހޭދަކުރެއްވި؟

ކެބިނެޓް ކެންސަލް ކުރެއްވުމަށްފަހުވެސް ރައީސް ކުޅުންތެރިންނަށް ހިތްވަރުދެއްވަން ވަޑައިގެންނެވި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 11:45
ރައީސުލްޖުމްހޫރިއްޔާ ޖޫނިއަރ ޓީޓީ ކުޅުންތެރިންނަށް ހިތްވަރުދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ ޖޫނިއަރ ޓީޓީ ކުޅުންތެރިންނަށް ހިތްވަރުދެއްވަނީ

މި މެއިމަހުގެ 9ން 11އަށް ރާއްޖޭގައި ބޭއްވި، ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލްޓެނިސް ޗެމްޕިއަންޝިޕަކީ ދެގޮތަކުން ރާއްޖެއަށް ކާމިޔާބު މުބާރާތެކެވެ. އެމުބާރާތުގެ އެއް ކާމިޔާބީއަކީ ރާއްޖޭގެ ކުޅުންތެރިން ހޯދި ކާމިޔާބީއެވެ. އެއީ އަންހެން ޓީމް އިވެންޓްގެ ދެ ކެޓަގަރީންވެސް ލޯ މެޑަލް ހޯދުމެވެ. އަދި އަންހެން ޑަބަލްސް އިވެންޓުންވެސް ލޯ މެޑަލް ހޯދުމެވެ. ހަމައެހެންމެ އަންހެން ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ދީމާ ރިހި މެޑަލް ހޯދުމެވެ. ސެމީފައިނަލްގައި އިންޑިޔާގެ ކުޅުންތެރިއަކު ބަލިކޮށް, ކެޑޭޓް ކެޓަގަރީގެ ފައިނަލަށް ދަތުރުކުރުމެވެ.

އެއާއެކު ދެން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ފެންވަރު ރަނގަޅު މުބާރާތެއް ރާއްޖޭގައި ބޭއްވުމެވެ. ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުގެ ތައުރީފް ލިބުމެވެ. މުބާރާތުގެ ހުރިހާ ކަމެއް ފުރިހަމައަށް އިންތިޒާމްކުރެވުމެވެ. އިތުރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ގައުމުތަކުގެ ތާއީދު ލިބޭނެކަމުގެ ހިތްހަމަޖެހުން ލިބުމެވެ. ފުޓްބޯޅައާއި ވޮލީބޯޅަ ނޫނަސް, ފެންވަރު ރަނގަޅު ގައުމުތަމުން ބަލައިގަންނަ ފެންވަރަށް މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެކަމުގެ ޔަގީންކަން ލިބުމެވެ.

މިކަންކަން ހާސިލްވުމުގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހައްމިއްޔަތެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުޅިވަރަށް ދެއްވާ ސަމާލުކަމެވެ. ޓީޓީ މުބާރާތަށް ދެއްވި ޚާއްސަ އިސްކަމެވެ. ތިން ދުވަހަށް ދެމިގެންދިޔަ މުބާރާތުގެ މެޗުތައް ކުރިއަށްދިޔައިރު ސީދާ ރައީސުލްޖުމްހޫރިއްޔާ ކުޅިންތެރިންނަށް ހިތްވަރު ދެއްވުމަށް އެތައް ގަޑިއިރެއް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލްގައި ހޭދަކުރެއްވިއެވެ. މުހިއްމު އެތައްކަމެއް ދޫކުރައްވާ ޒުވާނުންގެ މަރުކަޒުގައި ވަގުތު ހޭދަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝައުގުވެރިކަން ފެށޭ ހިސާބަކީ އެމަނިކުފާނުގެ ޒުވާން ދުވަސްވަރެވެ. އެމަނިކުފާނަކީ ކުޅިވަރު ކުޅުއްވި، ކުޅިވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. މިހާރުވެސް ކުޅިވަރު ކުޅުއްވައެވެ. ނިމިގެންދިޔަ ރޯދަމަހު ރަމަޟާން ކްރިކެޓް ކާނިވަލްގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމަށް ކުޅުއްވިއެވެ. ވޮލީބޯޅަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ކުޅުއްވައެވެ. ނަތީޖާއަކީ ކުޅިވަރުގެ ކަންކަން އެހާ ތަފްސީލްކޮށް ރައީސާ ހިއްސާކުރަންވެސް ނުޖެހުމެވެ. މުބާރާތް އޮންނަކަމާއި, ރާއްޖެ ބައިވެރިވާކަމާއި, ތައްޔާރުވަމުންދާކަން އެނގިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަން ލިބިވަޑައިގަންނަވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސް ރަށުގައި ވަޑައިގެން ނެތްނަމަވެސް މުބާރާތުގެ ކަންކަން ކައިރިން ބެއްލެވިއެވެ. މުބާރާތް ނިމުމުން ޓީމާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވިއެވެ. ހިތްވަރު ދެއްވިއެވެ.

ސަރުކާރުގެ ފުރިހަމަ ސަޕޯޓް ދިވެހި ކުޅިވަރަށް ދަނީ ލިބެމުންނެވެ. ދެން އޮތީ ކުޅިވަރު ހިންގަވަން ތިއްބެވި ބޭފުޅުން އަދިވެސް އިތުރު މަސައްކަތް ކުރެއްވުމެވެ.

ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމާއި, ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އެކަން އެސޯސިއޭޝަންތަކުން ފާހަގަކުރައްވައެވެ. ނިމިގެންދިޔަ ޓީޓީ މުބާރާތަކީ އޭގެ ހެތްކެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު