Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއައިއެފްއެފް

އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މަގާމުން ދުރުކޮށްފި

19 މެއި 2022 | ބުރާސްފަތި 06:47

ކުޅިވަރު ކޯޑުގައި ބުނާ މުއްދަތުގެ އިތުރަށް އޭނާ ވަނީ މަގާމުގައި ހޭދަކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މެއި 2022 | ބުރާސްފަތި 06:47
ޕްރަފުލް ޕަޓޭލް

ޕްރަފުލް ޕަޓޭލް

އަވަށްޓެރި އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް މަގާމުން ދުރުކޮށްފިއެވެ.

ޕަޓޭލްއާއި އޭނާގެ އެކްސްކޯ މެމްބަރުން މަގާމުން ދުރުކޮށްފައިވަނީ އެ ގައުމުގެ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން ނިންމީ ޕަޓޭލް މަގާމުން ދުރުކުރުމަށްފަހު، ފުޓުބޯޅަ ފެޑެރޭޝަންގެ ހިންގުން އެޑްމިނިސްޓްރޭޓިވް ކޮމެޓީއަކާ ހަވާލުކުރުމަށެވެ. އެ ކޮމެޓީ ކަނޑައެޅީ ވެސް އެ ގައުމުގެ ސުޕްރީމް ކޯޓުންނެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅި ކޮމެޓީގައި ހިމެނެނީ ޖުމުލަ ތިން މެމްބަރުންނެވެ. މި ކޮމެޓީގައި ހިމެނޭ މެމްބަރުންނަކީ އެ ގައުމުގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ އަނިލް ރަމޭސް ދޭވް، އެ ގައުމުގެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޝާހާބުއްދީން ޔައުގޫބް ގުރައިޝީ އަދި އެ ގައުމުގެ ކުރީގެ ކެޕްޓަން ބާޝްކާރު ގަންގްލީއެވެ. މި ކޮމެޓީގެ އިސް ފަރާތަކީ ކުރީގެ ފަނޑިޔާރު އަނިލް ރަމޭސައެވެ. ދެން ތިބި ދެ މެމްބަރުންގެ ޒިންމާއަކީ އައު އެކްސްކޯއެއް ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސާއި އޭނާގެ އެކްްސްކޯ މެމްބަރުން މަގާމުން ދުރުކުރީ އެގައުމުގެ ސަރުކާރުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ގައުމުގެ ކުޅިވަރާ ބެހޭ ވުޒާރާއިން ހުށަހެޅި މައްސަލާގައި ބުނަނީ އިންޑިއާގެ ކުޅިވަރުގެ ގާނޫނާއި ކޯޑުގައި ވާގޮތުން ޕްރަފުލްއަށް އެ ގައުމުގެ އޯލް އިންޑިއަން ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސް ކަމުގައި އިތުރަށް ނުހުރެވޭނެ ކަމަށެވެ.

އެ ގައުމުގެ އެއްވެސް ކުޅިވަރު ފެޑެރޭޝަނެއްގެ ރައީސްކަމުގައި އެކަކަށް ގިނަ ވެގެން 12 އަހަރަށްވުރެ ގިނަ ދުވަހު ނުހުރެވޭނެކަމަށް އެ ގައުމުގެ ކުޅިވަރު ކޯޑުގައި ވެއެވެ. މިއީ 2011 އިން ފެށިގެން އެ ގައުމުން އަމަލުކުރަމުން އަންނަ ގަވާއިދެކެވެ. ޕްރަފުލް އެ ގައުމުގެ އޭއައިއެފްއެފްގެ ރައީސްކަމުގެ މަގާމާ އެންމެ ފުރަތަމަ ހަވާލުވީ 2009 ވަނަ އަހަރުއެވެ.

ސްޕްރީމް ކޯޓުގެ ނިންމުމުގައި ބުނީ އެންމެ ފަހުން ފުޓުބޯޅަ ފެޑެރޭޝަންގެ އިންތިޚާބު ބާއްވާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު 12 ގައި ކަމަށެވެ. އަދި ޕްރަފުލްގެ ދައުރު 2020 ޑިސެމްބަރުގައި ހަމަވެފައިވާ ކަމަށާއި، އެ ގައުމުގެ ކުޅިވަރު ކޯޑުގައި ބުނާ މުއްދަތުގެ އިތުރަށް އޭނާ މަގާމުގައި ހޭދަކޮށްފިކަމަށެވެ. އެހެންކަމުން އޭނާއަށް އިތުރަށް އެ މަގާމުގައި ނުހުރެވޭނެކަމަށާއި، މިހާރުން މިހާރަށް އިންތިޚާބެއް ބޭއްވުމަށެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާއި ގުޅިގެން އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ނިންމުން ބަަލައިގަންނަ ކަމަށް އެ ގައުމުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް