Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިބްރައިނާ

ޑިބްރައިނާއަށް އެންމެ ކަމުދަނީ މެސީތަ؟ ނޫނީ ރޮނާލްޑޯތަ؟

18 މެއި 2022 | ބުދަ 17:09

އޭނާގެ ނަޒަރުގައި ރޮނާލްޑޯއަކީ ވަރު ގަދަ ސްޓަރައިކަރެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2022 | ބުދަ 17:09
ޑިބްރައިނާ

ޑިބްރައިނާ

ފުޓުބޯޅައިގައި އަބަދުވެސް އެންމެ ގަަދަޔަށް ކުރެވެމުން ދާ ބަހުސަކީ މޮޅު ކުޅުންތެރިޔާގެ ބަހުސެވެ.

ފުޓުބޯޅަ ކުޅުންތެރިންނާއި ކޯޗުންނާ ހަމައިން ފެށިގެން ފުޓުބޯޅަ ބަލާ ފަރާތްތަކުގެ މެދުގައި މިއީ ވަރަށް ފޯރި ގަދަ ބަހުސެކެވެ. މި ބަހުސްގައި އަބަދުވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ހިމެނެއެވެ. މި ދެ ކުޅުންތެރިންނަކީ ވެސް މި ފަހުގެ ތާރީޚުގައި ދުނިޔޭގައި އުފެދުނު މޮޅު ދެ ކުޅުންތެރިންނެވެ.

ދާދި ފަހުން މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެވިން ޑިބްރައިނާ ވަނީ އޭނާއަށް އެންމެ ކަމުދާ ކުޅުންތެރިޔާ އަކީ ކާކުން ބުނެފައެވެ. އަދި އޭނާ ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. ޑިބްރައިނާ ބުނި ގޮތުގައި އޭނާގެ ޑްރީމް ޓީމުގައި އޭނާ ހިމަނާނީ މެސީގެ ބަދަލުގައި ރޮނާލްޑޯ ކަމަށެވެ. އެކަމުގެ ސަބަބު ވެސް އޭނާ ކިޔައިދިނެެވެ.

ޑިބްރައިނާ ދެކޭ ގޮތުގައި ރޮނާލްޑޯއަކީ ވަރު ގަދަ ސްޓަރައިކަރެކެވެ. އަދި މެސީއަކީ ޕްލޭމޭކަރއެކެވެ. ޑިބްރައިނާ ބުނި ގޮތުގައި އޭނާ އަކީ ވެސް ޕްލޭމޭކަރއެކެވެ. އެހެންކަމުން އޭނާ ދެން ބޭނުންވާނީ ސްޓްރައިކަރެއް ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ރޮނާލްޑޯ ހިމަނާ ސަަބަބަކީ ވެސް އެއީ ކަމަށް ޑިބްރައިނާ ބުންޏެވެ.

ޑިބްރައިނާ އަންނަނީ މެންޗެސްޓާ ސިޓީއާއެކު މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އުމުރުން 30 އަހަރުގެ ޑިބްރައިނާ ވަނީ ސީޒަނުގެ މިހާތަނަށް ސިޓީއަށް 19 ގޯލު ޖަހައިދީ، 13 ގޯލު ޖަހަން އެހީތެރިވެދީފައެވެ. ސިޓީގައި ކުޅޭނެ ވަރުގަދަ ސްޓައިކަރެއް ހުރުން ބޭނުންތެރިކަމަށް ޑިބްރައިނާ ދެކޭއިރު، ބްރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އާލިން ހާލަންޑު ސިޓީއަށް ބަދަލުވާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

މި ސީޒަންގައި މެސީ އާއި ރޮނާލްޑޯ ވެސް ވަނީ ދެ ކުޅުންތެރިންގެ ޓީމު ބަދަލުކޮށްފައެވެ. އިޓަލީގެ ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ ބަދަލުވީ އޭނާގެ ކުރީގެ ކުލަބް މެންޗެސްޓާ ޔުނައިޓެޑަށެވެ. ޔުނައިޓެޑަށް ބަދަލުވެ މިހާރު ސީޒަން ނިމުމަކާ ގާތަށް ދިޔައިރު ރޮނާލްޑޯއަކީ މި ސީޒަންގެ ޔުނައިޓެޑުގެ ޓޮޕް ސްކޯރާއެވެ. ނަމަވެސް ރޮނާލްޑޯއަށް ޔުނައިޓެޑާއެކު މި ސީޒަނުގައި އެއްވެސް ތައްޓެއް ކާމިޔާބުކުރެވިފައެެއް ނުވެއެވެ. ރޮނާލްޑޯއާއެކު ޔުނައިޓެޑް ސީޒަން ނިންމާލަން ޖެހެނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް ޖާގަ ނުލިބިއެވެ.

ގިނަ އަަހަރުތަކެއް ބާސާގައި ހޭދަކުރުމަށްފަހު މި ސީޒަނުގައި މެސީ އެ ކުލަބް ދޫކޮށް ބަދަލުވީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށެވެ. ޕީއެސްޖީއާއެކު މެސީއަށް ވެސް މާ އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތެއް ނުވިއެވެ. ޕީއެސްޖީއަށް މިހާތަނަށް މެސީ ކުޅެފައިވަނީ 25 މެޗެވެ. އަދި އޭނާ ވަނީ އެ ޓީމަށް ހަ ލަނޑު ޖަހައިދީފައެވެ. ޕީއެސްޖީގެ އެންމެ ބޮޑު އަމާޒަކަށްވި ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް، މެސީ ވަނީ އެ ޓީމާއެކު ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މެސީ އާއި ރޮނާލްޑޯގެ ވަކިވަކި ކާމިޔާބީތަކަށް ބަލާއިރު، ރޮނާލްޑޯ ވަނީ ބެލެންޑިއޯ އެވޯޑު ފަސް ފަހަރު ހޯދާފައެވެ. އަދި މެސީ ވަނީ މި އެވޯޑު ހަތް ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑު އެންމެ ގިނަ ފަހަރު ހޯދި ކުުޅުންތެރިޔާއެވެ. މީގެ އިތުރުން މެސީ ވަނީ ޔޫރަޕުގެ ރަން ބޫޓު ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑު ވެސް އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާއެވެ. ރޮނާލްޑޯއަށް މިހާތަނަށް ހޯދިފައިވަނީ ހަަތަރު ރަން ބޫޓެވެ.

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2024

އޮތީ ދެ ގޮތް، ތަދުވިޔަސް ކުޅުން، ނޫނީ އޮޕަރޭޝަން ކުރުން

01 ސެޕްޓެމްބަރު 2024
އޮތީ ދެ ގޮތް، ތަދުވިޔަސް ކުޅުން، ނޫނީ އޮޕަރޭޝަން ކުރުން
18 މެއި 2024

އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ

18 މެއި 2024
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
16 އެޕްރީލު 2023

މުއްދަތު ހަމަވިއިރު ޖަލްސާގެ ގާނޫނީ ކަންކަން ފުރިހަމަކުރީ 5 ކުޅިވަރަކުން

16 އެޕްރީލު 2023
މުއްދަތު ހަމަވިއިރު ޖަލްސާގެ ގާނޫނީ ކަންކަން ފުރިހަމަކުރީ 5 ކުޅިވަރަކުން
10 ނޮވެމްބަރު 2022

ނަޒީހު، މަދުން ނޫނީ ނުފެންނަ ސްޓައިލެއްގެ މޮޅު މިޑްފީލްޑަރެއް

10 ނޮވެމްބަރު 2022
ނަޒީހު، މަދުން ނޫނީ ނުފެންނަ ސްޓައިލެއްގެ މޮޅު މިޑްފީލްޑަރެއް
01 ފެބުރުއަރީ 2021

މެސީގެ އެއްބަސްވުން ލީކުވުމާ ގުޅިގެން ބާސާއިން ޤާނޫނީ ފިޔަވަޅު އަޅަނީ

01 ފެބުރުއަރީ 2021
މެސީގެ އެއްބަސްވުން ލީކުވުމާ ގުޅިގެން ބާސާއިން ޤާނޫނީ ފިޔަވަޅު އަޅަނީ
01 އޯގަސްޓު 2020

އޮބާމަޔަން ބަދަލުވާން ބޭނުންވަނީ ރެއާލް ނޫނީ ބާސާއަށް

01 އޯގަސްޓު 2020
އޮބާމަޔަން ބަދަލުވާން ބޭނުންވަނީ ރެއާލް ނޫނީ ބާސާއަށް
30 ޖޫން 2020

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ކަންކަން ކުރުމަށްފަހު ނޫނީ އިންތިޚާބު ނުބޭއްވުމަށް މަޖިލީހަށް ކުއްލި މައްސަލައެއް

30 ޖޫން 2020
އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ކަންކަން ކުރުމަށްފަހު ނޫނީ އިންތިޚާބު ނުބޭއްވުމަށް މަޖިލީހަށް ކުއްލި މައްސަލައެއް
17 ޖެނުއަރީ 2018

ފެސްޓިވަލެއްގެ ސިފައިގައި ނޫނީ 12 އަހަރުން ދަށުގެ މުބާރާތެއް ދެން ނުބޭއްވޭނެ

17 ޖެނުއަރީ 2018
ފެސްޓިވަލެއްގެ ސިފައިގައި ނޫނީ 12 އަހަރުން ދަށުގެ މުބާރާތެއް ދެން ނުބޭއްވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް