Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަންކީ ޕޮކްސް

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

18 މެއި 2022 | ބުދަ 13:28

މަންކީ ޕޮކްސް ޔޫރަޕްގެ 3 ގައުމަކުން ފެނިފައި ވުމާއެކު، ގްލޯބަލް އައުޓް ބްރޭކްއަކަށް ވެދާނެކަމަށް ދަނީ ބެލެވެމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 18 މެއި 2022 | ބުދަ 13:28
މަންކީ ޕޮކްސް

މަންކީ ޕޮކްސް

މަންކީ ޕޮކްސް ކިޔާބަލި ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ ޕޯޗުގަލް އަދި ސްޕެއިނުންވެސް ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިގޮތުން ޕޯޗުގަލްގެ 5 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ސްޕެއިން ގައިވެސް ބައްޔަށް ޝައްކުވާ 8 މީހެއްގެ ޓެސްޓްތައްވަނީ ހަދާފައެވެ. މީގެ އިތުރުން އިގިރޭސި ވިލާތުގައިވެސް މިބަލީގެ ކޭސްތައް ހީކުރާވަރަށް ވުރެ ގިނަވެދާނެކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.

ޕޯޗުގަލްގައިވެސް ޕޮޒިޓިވްވި ފަސް މީހުންގެ އިތުރުން ބާރަވަރަކަށް މީހުން ބައްޔަށް ޝައްކުވެގެން އެކަހެރިކުރެވި ޓެސްތްތައް ހަދަން ފަށާފައިވެއެވެ.

މަންކީ ޕޮކްސްއަކީ މީގެ ކުރިން މަދުން ނޫނީ ނުފެންނަ ބައްޔަކަށް ވިޔަސް، މި 3 ގައުމުން ބަލީގެ ކޭސްތައް ފެންނަން ފެށުމުން، މިއީ "ގްލޯބަލް އައުޓްބްރޭކް"އެއް ކަމަށް، ނުވަތަ ދުނިޔެއަށް މި ބަަލި ފެތުރެންފެށީ ކަމަށް ވެދާނެ ކަމަށް ބުނެ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ވަނީ ފަށާފައެވެ.

ފަހުން މަންކީ ޕޮކްސް ޖެހުނު މީހުންގެތެރޭގައި މުޅިން ހިމެނެނީ ޒުވާން ފިރިހެނުންނެވެ. ނަމަވެސް ވައިރަސްގެ އަސަރު މިހާތަނަށް ކޮށްފައިވަނީ ކިތައް މީހުންނަށް ކަމެއް އަދި ސާފުނުވާކަމަށްވެއެވެ.  

މީގެ ކުރިން މަންކީ ޕޮކްސް ކޭސްތައް ފެންނަމުން އައީ ހުޅަނގު އަދި ސެންޓްރަލް އެފްރިކާގެ ބައެއް ގައުމުތަކަށް ދަތުރުކުރާ މީހުންގެ ކިބައިންނެވެ. ނަމަވެސް ދެހަފުތާތެރޭގައި 8 މީހުން އިނގިރޭސި ވިލާތުން ފެނިފައިވާތީ، އެކި މުޖުތަމައުތަކުގަ މިބަލި ފެތުރެމުން ދާކަމަށް ފުރަތަމަ ފަހަރަށް ބެލެވެން ފަށާފައިވެއެވެ.

ވައިރަސްއަކުން ފެތުރުނުނަމަވެސް މިބައްޔަކީ ކޮވިޑްހެން ފެތުރޭނެ ބައްޔެއް ނޫންކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ހުޅަނގު އަދި ސެންޓްރަލް އެފްރިކާއިން ފެންނަ ބައެއް ކަހަލަ ޖަނަވާރުންގެ ފުށުން އައިކަމަށް ބެލެވޭ މަންކީ ޕޮކްސް އިންސާނުންނަށް ޖެހޭނީ ބަލި ހުރި ޖަނަވާރެއް ދަތްއެޅުމުން، ނުވަތަ އެފަދަ ޖަނަވާރެއްގެ ލޭ ނުވަތަ ހަށިގަނޑުގެ ދިޔަ، އަދި ކުރަމަގާލީގެ އިތުރުން ފޮޅުފަދަ އެއްޗެތިން ނިކުންނަ ދިޔައިންވެ. އިނގިރޭސި ނެޝަނަލް ހެލްތު ސަރވިސްއާ ހަވާލާދީ ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަންކީ ޕޮކްސް ޖެހިފައިވާ އެއް އިންސާނެއްގެ ފުށުން އެހެން އިންސާނަކަށް ޖެހުން އަދި އެހާ އާންމެއްނޫނެވެ.

އެންމެ ފަސޭހައިން އިންސާނެއްގެ ފުށުން އިންސާނަކަށް ބަލި އަރާނީ، ބަލީގެ ސަބަބުން ނަގާފައި ހުންނަ ފޮޅު އަދި ކުރަމަގާލި ލާފަހުންނަ ތަންތަނުގައި ޖެހުމުންނެވެ. އަދި ބަލި ޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އެޅުމުގެ ތެރެއިންވެސް ފެތުރުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ މީހެއްގެ އަންނައުނު، ބެޑުޝީޓު، ރަޖާ، ތުވާލި ފަދަ އެއްޗެތިން ބަލި އެރުމުގެ ފުރުސަތު އޮންނަކަމަށްވެއެވެ.

ސިއްހީ މާހިރުން ވިދާޅުވާގޮތުގައި މަންކީ ޕޮކްސް ޖެހިފައިވާ ޖަނަވާރެއްގެ މަސް ރަނގަޅަށް ނުކައްކައި ކައިފިނަމަވެސް ބަލި ޖެހޭނެއެވެ. އަދި ބަލިޖެހިފައިވާ ޖަނަވާރެއްގެ ހަން ނުވަތަ ކެހެރިގަނޑުގައި އަތްލާ ހެދުމުންވެސް ބަލި އަރައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2020

ކޮވިޑް-19ށް ވެކްސިން އުފެއްދުމުގެ ތިން ވަނަ ފޭސްގެ ޓްރައަލްތައް އެހެން ގައުމުތަކުގައި ކުރިޔަށް ގެންދިޔުމަށް ކެންސިނޯ އިން ވާހަކަދައްކަނީ

12 ޖުލައި 2020
ކޮވިޑް-19ށް ވެކްސިން އުފެއްދުމުގެ ތިން ވަނަ ފޭސްގެ ޓްރައަލްތައް އެހެން ގައުމުތަކުގައި ކުރިޔަށް ގެންދިޔުމަށް ކެންސިނޯ އިން ވާހަކަދައްކަނީ
13 ޖޫން 2020

ޔޫރަޕްގެ ތެރޭގައި ދަތުރުކުރެވޭ ގޮތަށް ފްރާންސުން ހޯމަ ދުވަހު ހުއްދަ ދެނީ

13 ޖޫން 2020
ޔޫރަޕްގެ ތެރޭގައި ދަތުރުކުރެވޭ ގޮތަށް ފްރާންސުން ހޯމަ ދުވަހު ހުއްދަ ދެނީ
02 އެޕްރީލު 2020

ޔޫރަޕްގެ އެހެން ގައުމުތަކާ ހިލާފަށް ސްވީޑްންގެ ސްކޫލުތަކާއި ރެސްޓޯރަންޓްތައް ބަންދުނުކުރޭ!

02 އެޕްރީލު 2020
ޔޫރަޕްގެ އެހެން ގައުމުތަކާ ހިލާފަށް ސްވީޑްންގެ ސްކޫލުތަކާއި ރެސްޓޯރަންޓްތައް ބަންދުނުކުރޭ!
29 މާރިޗު 2020

ކޮވިޑް-19: ޔޫރަޕްގެ ގައުމުތަކުން އެންމެ ބޮޑަށް އަސަރު ކުރަމުންދަނީ އިޓަލީ އަދި ސްޕެއިންއަށް

29 މާރިޗު 2020
ކޮވިޑް-19: ޔޫރަޕްގެ ގައުމުތަކުން އެންމެ ބޮޑަށް އަސަރު ކުރަމުންދަނީ އިޓަލީ އަދި ސްޕެއިންއަށް
27 މާރިޗު 2020

ކޮވިޑް-19: 10،000 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ޔޫރަޕްގެ ފަސްވަނަ ގައުމަކަށް ސްވިޒަލެންޑް

27 މާރިޗު 2020
ކޮވިޑް-19: 10،000 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ޔޫރަޕްގެ ފަސްވަނަ ގައުމަކަށް ސްވިޒަލެންޑް
21 މާރިޗު 2020

ކޮވިޑް-19: ޔޫރަޕްގެ ޤައުމުތައް ވައިރަސްގެ މައި ހަބަކަށް!

21 މާރިޗު 2020
ކޮވިޑް-19: ޔޫރަޕްގެ ޤައުމުތައް ވައިރަސްގެ މައި ހަބަކަށް!
21 މާރިޗު 2020

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް، އެންމެ ގިނައީ ޔޫރަޕްގެ ކޭސްތައް

21 މާރިޗު 2020
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް، އެންމެ ގިނައީ ޔޫރަޕްގެ ކޭސްތައް
19 މާރިޗު 2020

ކުރިޔަށް އޮތް ދެ ހަފްތާތެރޭ ގަލްފް ގައުމުތަކުގައި އުޅޭ އިންޑިއާގެ 26،000 މީހުން އެ ގައުމަށް އަންނަނީ

19 މާރިޗު 2020
ކުރިޔަށް އޮތް ދެ ހަފްތާތެރޭ ގަލްފް ގައުމުތަކުގައި އުޅޭ އިންޑިއާގެ 26،000 މީހުން އެ ގައުމަށް އަންނަނީ
15 މާރިޗު 2020

ހަލުވިކަމާއެކު ވައިރަސް ފެތުރެން ފެށުމުން ޔޫރަޕްގެ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފި

15 މާރިޗު 2020
ހަލުވިކަމާއެކު ވައިރަސް ފެތުރެން ފެށުމުން ޔޫރަޕްގެ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފި
10 ސެޕްޓެމްބަރު 2019

ޔޫރަޕްގެ ސްޕޭސް އެޖެންސީއިން އެމަޒޮންގެ އެއަރ ޕޮލިއުޝަން ރިކޯޑްކޮށްފި

10 ސެޕްޓެމްބަރު 2019
ޔޫރަޕްގެ ސްޕޭސް އެޖެންސީއިން އެމަޒޮންގެ އެއަރ ޕޮލިއުޝަން ރިކޯޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް