Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައިކޯޓުގެ 2 ފަނޑިޔާރަކު ވަކިކުރުމުގެ މައްސަލަ

ފަނޑިޔާރު ރައޫފާއި ހަމީދު ވަކި ކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތުތަކާ ޚިލާފަށްކަމަށް ކޮމިޓީން ނިންމައިފި

ތަހުގީގު ކޮމިޓީގެ ފުރަތަމަ ރިޕޯޓުގައި ބަޔާން ކޮށްފައިވަނީ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މެއި 2022 | ބުދަ 09:26
ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދު އަދި އަބްދުއްރައޫފް އިބްރާހިމް

ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދު އަދި އަބްދުއްރައޫފް އިބްރާހިމް

ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމް އަދި އަލްއުސްތާޛް އަބްދުﷲ ހަމީދު ވަކި ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިއިރު ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި ގޮތާމެދު ގިނަ ސުވާލުތަކެއްވެސް އޮތީ ފެންމަތިވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ފަރާތުން ސިޓީއެއްވެސް ފޮނުއްވާފައިވާއިރު، ޖުޑީޝަރީ ކޮމިޓީގައިވެސް އެ ސިޓީއާ ގުޅޭގޮތުން ވަނީ ވާހަކަދެކެވި، ސިޓީގައި ބަޔާން ކޮށްފައިވާ ކަންކަން ސާފު ކުރުމަށް ނިންމާފައެވެ.

ފަނޑިޔާރުންގެ ފަރާތުން ފާހަގަކުރައްވާ ގޮތުގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ ކޮން މައްސަލައެއްކަން އެންގުމާއި، އެމައްސަލައިގެ ދިފާޢު ހުށަހެޅުމާއި، ދިފާޢު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ލިބުމުގެ ޙައްޤަކީ ޢަދްލު އިންޞާފުގެ ހަމަތަކުން މައްސަލައެއް ބެލުމުގައި ކަށަވަރުކުރަންޖެހޭ އެންމެ އަސާސީ ކަންތައްތަކެވެ.

އެހެންނަމަވެސް، މި މައްސަލަ ޖޭއެސްސީން ފަހުން ނިންމާފައިވަނީ އެ ޙައްޤަށް އުނިކަން އަންނަ ގޮތަކަށް ކަމުގައި އެ ދެފަނޑިޔާރުން ވިދާޅުވެއެވެ.

މިއީ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމެއް ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމަށްފަހު، ހަމަ އެދުވަހު ފަނޑިޔާރު ޢަލީ ސަމީރު އޭރުގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބައްދަލުކުރައްވައި, ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަތުމުގެ މަޝްވަރާކޮށް، އެކޯޓުގެ ބައެއް ފަނޑިޔާރުންނަށް ޚާއްސަ އަގުތަކެއްގައި ފުލެޓް ލިބިފައިވާކަމަށް ބުނެ ކާކުކަން ނޭނގޭ ގޮތަށް ޖޭއެސްސީއަށް ހުށައެޅުނު މައްސަލައެކެވެ.

ތަޙްޤީޤު ކޮމިޓީން ފުރަތަމަ ތައްޔާރުކުރި ރިޕޯޓުގައި ފަނޑިޔާރު ރައޫފުއާއި ފަނޑިޔާރު ހަމީދުގެ މައްޗަށް ހުށަހެޅުނު މައްސަލަ ސާބިތު ނުވާކަމަށްވެސް އޮތީ ނިންމާފައެވެ.

އޭރު އެ މައްސަލަ ޖޭއެސްސީން ނިންމިއިރު ބުނެފައިވާ ގޮތުގައި، އަރަބިއްޔާ ކޮށިން އެ ދެ ފަނޑިޔާރުންނަށް ފުލެޓް ލިބިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އެކުގައި މަޝްވަރާތަކެއް ކުރެވިގެންނެވެ.

ފްލެޓާއި ގުޅޭ ހުށަހެޅުއްވުމުގައި ޢާންމު ރައްޔިތަކާ ތަފާތު ހެޔޮ އަގެއް ފުލެޓް އަގުގެ ގޮތުގައި ނެތްކަން ފާހަގަވާކަމަށްވެސް ޖޭއެސްސީން ފުރަތަމަ ނިންމި ރިޕޯޓުގައި ބުނެފައިވެއެވެ. ވުމާއެކު، ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ އިއްތިފާޤުން އޭރު ނިންމީ، ޤާނޫނު މަނާކުރާ އިނާޔަތެއް ބަލައިގަތް ކަމަށް ބަލާނެ ތަނެއް ނެތްކަމަށެވެ.

މީގެއިތުރުން، ތަޙްޤީޤު ކޮމިޓީން އެކުލަވައިލި ފުރަތަމަ ރިޕޯޓުގައި ކޮމިޓީން ނިންމާފައިވާ ނިންމުންތައް ބަދަލުކޮށް، ދެވަނަ ރިޕޯޓެއް އެކުލަވާލައި ގޮތް ނިންމާފައިވަނީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީކަމަށް ފަނޑިޔާރުން ފާހަގަކުރައްވައެވެ. އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 29ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއްކަމަށް އެ ފަނޑިޔާރުން ވިދާޅުވެއެވެ.

ޖުޑީޝަރީ ކޮމިޓީން ބުދަ ދުވަހު ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށާއި، އެ މައްސަލަ ޖޭއެސްސީން އަލުން ބެލުމަށް އެންގުމަށެވެ.

ތަހުގީގު ކޮމިޓީގެ ފުރަތަމަ ރިޕޯޓުގައި ބަޔާން ކޮށްފައިވަނީ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށެވެ. އަދި ފަހުން އެކުލަވާލި ކޮމިޓީން ނިންމީ މައްސަލަ ސާބިތުވާ ކަމަށާއި، ފަނޑިޔާރު ރައޫފުގެ މަޤާމު ދަށް ކުރެއްވުމަށެވެ. އަދި ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމީ ފަނޑިޔާރު ހަމީދު 14 ދުވަހަށް ސަސްޕެންޑް ކުރުމަށެވެ.

އެހެންނަމަވެސް، ކޮމިޓީން އަޅަން ނިންމި ފިޔަވަޅުވެސް ބަދަލުކޮށް، އެއަށްވުރެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ޖޭއެސްސީން ނިންމާފައިވާ ސަބަބާއި ގުޅޭގޮތުން ޖުޑީޝަރީ ކޮމިޓީގެ މެމްބަރުންވެސް އޭރު ސުވާލު އުފައްދަވާފައިވެއެވެ. 

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު