Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން ޓުއަރިޒަމް

ޓުއަރިޒަމްއަށް އަލުން ޖަޕާން ހުޅުވާލަނީ

18 މެއި 2022 | ބުދަ 05:29

ޖަޕާން އަށް މިވަގުތު އެތެރެވެވޭ މީހުންގެތެރޭގައި އަރާމު ކުރުމަށްދާ ފަތުރުވެރިން ނުހިމެނޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 18 މެއި 2022 | ބުދަ 05:29
ޖަޕާނުގެ ރީތި ޕާކެއް

ޖަޕާނުގެ ރީތި ޕާކެއް

ޖަޕާނުން ޓުއަރިޒަމް އަށް އަލުން ހުޅުވާލުމަށް ފަށާ މަސައްކަތެއްގެ ތެރޭން "ޓެސްޓް ޓުއަރިޒަމް" ގެ ނަމުގައި މި މޭމަހު ކުދި ކުދި ގްރޫޕް ޓުއަރ ދަތުރުތައް ފަށާނެކަމަށް އަންގާރަ ދުވަހު އެގައުމުގެ ޓުއަރިޒަމް އޭޖެންސީއިން ހާމަކޮށްފިއެވެ. މިއީ ކޮވިޑް 19 އާއި ގުޅިގެން ބޯޑަރު އެއްކޮށް ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން އެއްކޮން ހުޅުވާލުމުގެ ކުރިން އަޖުމަ ބެލުމަށް ހިންގާ ޕްރޮގްރާމްއެއްކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ޖަޕާން ޓުއަރިޒަމް އޭޖެންސީ އިން ބުނެފައިވާ ގޮތުގައި މިހާރު އަޅާފަހުރި ސޭފްޓީ ޕްރޮޓޮކޯލްތައް ކާމިޔާބުތޯ ނުވަތަ ނޫންތޯވެސް މިފަދަ ޕްރޮގްރާމްއެއްގެ ތެރެއިން އެނގިގެން ދާނެއެވެ. މިގޮތުން ވަކި މަންޒިލްތަކަކަށް އެކަނި ޓުއަރތައް ބޭއްވުމުން، އިދާރާތަކުން އަންގާ އެންގުންތަކަށް ޓްރެވެލް އޭޖެންސީތަކާއި، ޓުއަރތަކުގައި ބައިވެރިވާ ފަތުރުވެރިން ކިޔަމަންވަނީ ކިހާވަރަކަށްތޯ ބަލާލަންވެސް ފަސޭހަ ވާނެއެވެ.

މިފަދަ ޓެސްޓް ޓޫއަރިޒަމް ހަރަކާތްތަކެއް ބާއްވަން ޖަޕާނުން ފުރަތަމަ މަސައްކަތް ކުރީ 2021 ވަނަ އަހަރުގެ ފަހު ކޮޅުއެވެ. ނަމަވެސް އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން އިތުރަށް ބަލި ފެތުރުން ގިނަވުމާއި ގުޅިގެން އެކަން އޭރު ހުއްޓާލީ އެވެ.

ޖަޕާނުން "ޓެސްޓް ޓުއަރިޒަމް" ގެ ނަމުގައި އަލަށް ފަށާ ޕްރޮގްރާމްގެ ދަށުން އެގައުމަށް ދަތުރުކުރުމުގެ ހުއްދަ ދޭނީ ވެކްސިންގެ ތިން ޑޯޒް ފުރިހަމަ ކޮށްފައިވާ ވަކި ގައުމުތަކެއްގެ ފަތުރު ވެރިންނަށެވެ. މިގޮތުން ފަތުރުވެރިންގެ ގޮތުގައި އަދި އެގައުމަށް އެތެރެވެވޭނީ އޮސްޓްރޭލިޔާ ސިންގަޕޯ ތައިލަންޑް އަދި އެމެރިކާއިން ދާ ފަރާތްތަކަށެވެ. މިމީހުންނަށް ދޭ ޓުއަރތައް، ޓްރެވެލް އެޖެންސީތަކާ ގުޅިގެން ރާވާ ހިންގާނީވެސް ޖަޕާން ޓުއަރިޒަމް އޭޖެންސީ އިންނެވެ. އަދި ޓުއަރ ކޮންޑަކްޓަރުންގެ ގޮތުގައި ފަތުރުވެރިންނާއެކު ބަޔަކު ހަރަކާތްތެރިވާނެއެވެ. އަދި މި ގްރޫޕްތައް ގެންދެވޭނީ ކުރިން ކަނޑައަޅާފައިވާ ވަކި ތަންތަނަށެވެ.

ޖަޕާނުން ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލުމުގެ މަސައްކަތް ފަށާފައި މިވަނީ ވިޔަފާރި ވެރިންނާ އަދި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ޕްރެޝަރު ކުރުންތަކާ އެކުއެވެ. މޭމަހުގެ ކުރީކޮޅު ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވެސް ވަނީ ޖީ 7ގައި ހިމެނޭ އެހެން ގައުމުތަކާ އެކީ ޖަޕާނުންވެސް ބޯޑަރު ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މުޅިން ބޯޑަރު ހުޅުވާލާނެ ތާރީޚްތަކެއް ބޮޑުވަޒީރު ނުދެއްވައެވެ.

މިވަގުތު ދީފައިވާ ލުއިތަކުގެ ދަށުން ދުވާލަކު 10 ހާސް މީހުންނަށް އެގައުމަށް އެތެރެވެވެއެވެ. ނަމަވެސް މީގެތެރޭގައި އަރާމުކުރުމަށްދާ ފަތުރުވެރިން ނުހިމެނެއެވެ. ޖަޕާނަށް އެތެރެވުމަށް މިވަގުތު ހުއްދަދެވޭ ފަރާތްތަކުގެ ތެރޭގައި ޖަޕާނުގެ ރައްޔިތުން، ޖަޕާނުގެ ވަޒަންވެރިން، ކިޔަވާ ކުދިން، ރިސަރޗް މަސައްކަތް ކުރާ ފަރާތްތައް، ވަޒަންވެރިންގެ އާއިލާ މެމްބަރުން އަދި ރަސްމީ ބޭނުންތަކަށް ދަތުރު ކުރަންޖެހޭ ފަރާތްތައް ހިމެނެއެވެ. މީގެތެރެއިންވެސް ބައެއް މީހުން ކަރަންޓީން ވާން ޖެހެއެވެ. އެއީ އެމީހުން އަންނަ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްނަމައެވެ.

ޖަޕާން އަކީ އެގައުމަށް ޚާއްސަ ޗެރީ ބްލޮސަމް ފަދަ އާދަޔާ ޚިލާފް ރީތި މާމެލާމެލީގެ ބަގީޗާތައް އެކުލެވޭ ގައުމަކަށް ވާއިރު އެތަންތަނުގެ އިތުރުން ފަރުބަދަމަތީގެ ރީތި މަންޒަރުތަކާ އާސާރީ ބިނާތައް އަދި އެގައުމުގެ ސަގާފީ އެކި އެކި ހަރަކާތްތައް ބަލާލުމަށް ވަރަށް ގިނަ ބަޔަކު އައީ މީގެ ކުރިން ޖަޕާންއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 ޖުލައި 2017

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

29 ޖުލައި 2017
ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ
26 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ކުރާ 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފި

26 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ކުރާ 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފި
18 ޖުލައި 2017

މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން

18 ޖުލައި 2017
މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން
17 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި

17 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި
11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް