Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އެމްޑީޕީ އިން ފިލާވަޅު ދަސްކޮށް ޕީޕީއެމް ރިފޯމްކުރަން އާންމު މެންބަރުން މަސައްކަތްކުރަންވީ ވަގުތު އައިސް ޖެހިއްޖެ

17 މެއި 2022 | އަންގާރަ 14:11

މިހާތަނަށް އައި އިރު ވެސް އެ ޕާޓީގެ ލީޑަރޝިޕަށް ބަދަލެއް ނާދެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 މެއި 2022 | އަންގާރަ 14:11
ޕީޕީއެމްގެ އާންމު މެންބަރުން މަގުމަތީގައި ބޭއްވި ހަރަކާތެއްގައި

ޕީޕީއެމްގެ އާންމު މެންބަރުން މަގުމަތީގައި ބޭއްވި ހަރަކާތެއްގައި

ރާއްޖޭގައި މިހާތަނަށް ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ފޯރިގަދަ އިންތިހާބު ނިމިގެން ގޮސްފިއެވެ. ޕާޓީގެ ތެރޭގައި ދެބައިވުން އޮތް ނަމަވެސް އިންތިހާބަށްފަހު ފެނިގެންދިޔައީ މުޅިން އެހެން މަންޒަރެކެވެ. ޕާޓީގެ އުސޫލުތައް ހިފަހައްޓާ އެކަތިގަނޑަކަށް ވާނެކަމުގެ މަންޒަރެވެ. މިއީ އެހެން ސިޔާސީ ޕާޓީތަކުން ނަގަންޖެހޭ މިސާލެކެވެ. ވަކިން ހާއްސަކޮށް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމުންނެވެ.

ޕީޕީއެމްގެ ތެރޭގައި ހުދުމުހުތާރުކަމާ، ވަކި ބަޔަކު ނޫނީ އިސް ސަފުގައި ހަރަކާތްތެރިވާން ނުޖެހޭކަމަށް ދައްކަމުން އައި މަންޒަރު ވަރަށް ސާފެއެވެ. އޭގެ އެއް ހެއްކަކީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް, ކުރެވޭ ތުހުމަތަކާއެކު ޕާޓީން ވަކިކޮށްލާ މަންޒަރެވެ. އެއީ ވަކި ބަޔަކު ޕީޕީއެމްގެ ތެރޭގައި ތިބެގެންކުރާ ކަމެއްގެ ގޮތުގައި ވަނީ ފެނިފައެވެ. ބައެއް މެންބަރުން ދައްކާ ވެސް ވާހަކައެކެވެ.

ޕީޕީއެމަކީ ބަޔަކު ފޭރިގަނެފައިވާ ޕާޓީއެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ޕާޓީ ތެރޭގައި އެފަދަ ކަންކަން އޮތުމަކީ އާންމުކަމަކަށް ވެދާނެއެވެ. މިހާތަނަށް އައި އިރު ވެސް އެ ޕާޓީގެ ލީޑަރޝިޕަށް ބަދަލެއް ނާދެއެވެ. ތިބީ ހުސް އެއް ބަޔެކެވެ. ޒުވާނުންނަށް ފުރުސަތު ދިނުމެއް ނެތެވެ. ލަކުނޑިގަޑަކަށް ޖަހާފައިވާ މޮހޮރެއްހެން ބައެއް މީހުން ތިބީ ހަރުލާފައެވެ.

މިއީ އެ ޕާޓީގެ އާންމު މެންބަރުން ބަދަލު ގެންނަންވީ ކަމެކެވެ. އިހަށްދުވަހަކު އެމްޑީޕީގެ އާންމު މެންބަރުންވެސް ނުކުމެ ދެއްކީ މިސާލެކެވެ. އެ މިސާލުން މިސާލު ނަގައި ޕާޓީގައި ބަސްބުނަން ތިބި ފަރާތްތައް ބަދަލުކުރަން އާންމު މެންބަރުން މަސައްކަތް ކުރަންވެއްޖެއެވެ. މިއަދު ފެންނަން އޮތް ހަގީގަތަކީ ހުޅު ރޯ ނުވި ނަމަވެސް އެ ޕާޓީ ތެރޭގައި ދެ ފެކްޝަނެއް އޮތް ކަމެވެ.

ދެ ފެކްޝަނެއް އޮތްނަމަވެސް ކުރިއަރައި ދިއުމަށް ވަކި ބަޔަކަށް ފުރުސަތު ނުދީ ހުތުމުހުތާރުކަން ހިފަހައްޓާތަން ފެނެއެވެ. ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު ވެސް ޕްރައިމަރީއެއްވެސް ބޭއްވުމުގެ ވިސްނުމެއް ޕާޓީގެ އިސްފަރާތްތަކުގައި ނެތުމަކީ އެކަމުގެ އެއް ހެއްކެވެ. ޑިމޮކްރަޓިކް ވެއްޓެއްގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާ އިރު، ޕާޓީތަކުން އައު ފަރާތްތަކަށް ފުރުސަތު ދޭންޖެހެއެވެ. މިއީ އަމިއްލަ މުދަލެއް ވެސް ނޫނެވެ. ޕާޓީއަކީ އާންމު މެންބަރުންނެވެ. މެންބަރުންގެ ބަސް ވެސް ވިކެންޖެހެއެވެ.

ޕީޕީއެމްގައި ޕްރައިމަރީއެއް ބޭއްވުމެއް ނެތި ވަކި ކޮމިޓީއަކުން ލީޑަރޝިޕް އައްޔަންކުރުމާއި މަގާމްތައް ދިނުމަކީ މި ފުރުސަތުތައް ހަނިކުރުމަށް ކުރަމުންދާ މަސައްކަތެކެވެ. އެ މަސައްކަތް އެހެން ނުކޮށްފިނަމަ ވަކި ބަޔަކަށް ލިބެން އޮތް މޮޅެއް ނުލިބޭނެތީ އެ ނޫން ރަނގަޅު ގޮތެއް ވެސް ނެތް ކަމަށް ޕީޕީއެމްގެ އިސް ފަރާތްތަކުން ދެކެއެވެ.

މިހާތަނަށް އައި އިރުވެސް ފެނިފައި އޮތީ އެގޮތެވެ. ޕީޕީއެމް ވުޖޫދަށް ގެނެސް، ޕާޓީ އުފެއްދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަތްޕުޅުން ގަދަބާރުން ޕާޓީ ވަގަށް ނެގި ހިސާބުން ފެށިގެން މިއަދާ ހަމައަށް އައި އިރު ވެސް ކަންކަން ދަނީ މި މޭރުމުންނެވެ. ޕާޓީގެ އެންމެ އިސްފަރާތާއި ނައިބުންނާއި ދެންވެސް ނަން ކިޔާލަށް ހުރި ހުރިހާ މަގާމްތަކެއްގައި އެއްބަޔަކު ތިބޭތާ އެތަކެއް އަހަރުވެއްޖެއެވެ.

އަދި މިއާއެކު ހައްގު ގޮތުގައި ބަސް ބުނާ ފަރާތްތައް ޕާޓީން ވަކިކުރުމާއި، ޕާޓީ ހަރުދަނާކުރުމުގެ ގޮތުން ބަސް ބުނާ ފަރާތްތައް ޕާޓީން ވަކިކުރުމަކީ ވެސް އެ ޕާޓީގެ އިސް ފަރާތްތަކުން ކުރަމުން އަންނަ ކަމެކެވެ.

ޕީޕީއެމްގެ އާންމު މެންބަރުން މިކަންކަން ބަދަލުކުރަން ނުކުންނަން ވެއްޖެއެވެ. ޕާޓީއަކީ ވަކި މީހެއްގެ ތަރިކަ މުދަލެއް ނޫނެވެ. ޕާޓީގެ ބަސްބުނެ ގޮތް ނިންމާނީ އާންމު މެންބަރުންނެވެ. ރިޔާސީ އިންތިހާބަށް ޕާޓީގެ އިސް ސަފުގައި ތިބި ކުނިތައް ފޮޅާލާ އިސްލާހީ މަގުން ގައުމަށް ހިދުމަތްކުރާނެ ބަޔަކު އައްޔަން ކުރަން މެންބަރުން ވިސްނަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. އެކަން ކުރަން މާ ބޮޑަށް ވެސް ލަސްވެއްޖެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2017

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!
15 ޖުލައި 2017

ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟

15 ޖުލައި 2017
ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟
29 ޖޫން 2017

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!
26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
01 މެއި 2017

ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

01 މެއި 2017
ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް
26 އެޕްރީލު 2017

ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

26 އެޕްރީލު 2017
ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
07 ފެބުރުއަރީ 2017

ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

07 ފެބުރުއަރީ 2017
ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް