Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަފީރުން ރައީސްއަށް ފަތްކޮޅު އެރުވުން

އިންޑޮނޭޝިއާ އާއި މިސްރުގައި ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހޯދައިދޭން މަޝްވަރާ ކޮށްފި

ދެ ޤައުމުގެ ސަފީރުން ފަތް ކޮޅު އެރުއްވީ އަންގާރަ ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 މެއި 2022 | އަންގާރަ 11:11
މިސްރުގެ ސަފީރު

މިސްރުގެ ސަފީރު

އިންޑޮނޭޝިއާ އާއި މިސްރުގައި ދިވެހި ދަރިވަރުންނަށް ހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން އެ ޤައުމުތަކުގެ ސަފީރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް މި މަޝްވަރާތައް ކުރެއްވީ އިންޑޮނޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދޭވީ ގުސްތީނާ ޓޯބިންގ އާއި މިސްރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މާގެދް މުސްލިޙް ސަފީރު ކަމުގެ ފަތްކޮޅު އެރުއްވުމަށް ރައީސް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތަށް ފަހު އެ ދެ ޤައުމާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

Advertisement - newsAdvertisement

އިންޑޮނޭޝިއާގެ ސަފީރާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެ ޤައުމާއި ރާއްޖެއާ އޮތް ގާތް ގުޅުމުގެ ސިއްރަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ދޭދޭ ގުޅުން ކަމަށެވެ. އެ ގުޅުން އިތުރަށް ބަދަހި ކުރަން ޖެހޭ ކަމަށާއި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާއި، ތަރައްޤީއާއި، ސަރަޙައްދީ ގުޅުންތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވެސް ރައީސް މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތާ ގުޅޭ މަޢުލޫމާތު ހިއްސާ ކުރައްވައި އެ ޤައުމުގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި އިންޑޮނޭޝިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭ ގޮތުން ވެސް ރައީސް މަޝްވަރާ ކުރައްވިއެވެ.

މިސްރުގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރު ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ތަޢުލީމީ ދާއިރާއިންނާއި މީހުން ބިނާކުރުމުގެ ދާއިރާއިން މިސްރުން ރާއްޖެއަށް ދެމުން އަންނަ ފުރުޞަތުތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ ޚާއްޞަ ގޮތެއްގައި މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވަމުން ގެންދަވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާ މިޞްރުގެ ސަފީރު ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން ސްކޮލަރޝިޕްގެ އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސިއްހަތާއި، ހަކަތައާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރިމަގުގައި އިތުރަށް ގުޅުންބަދަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު