Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެކުނު އެފްރިކާއާއި ރާއްޖޭގެ ޚާރިޖީ ގުޅުން

ދެކުނު އެފްރިކާގައި އެމްބަސީ ހުޅުވުމުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

އެފްރިކާއާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1994 ޖުލައި 27ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 މެއި 2022 | އަންގާރަ 10:20
ދެކުނު އެފްރިކާގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ދެކުނު އެފްރިކާގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ދެކުނު އެފްރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަންގާރަ ދުވަހު ދެކުނު އެފްރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސެންޑިލް އެޑްވިން ޝޯކް، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެެރުއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ދެ ބޭފުޅުން ބައްދަލުކުރައްވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ދެކުނު އެފްރިކާގައި ހުޅުވާ އެމްބަސީއަކީ އެފްރިކާ ބައްރުގައިވެސް ހުޅުވާ ރާއްޖޭގެ ފުރަތަމަ އެމްބަސީކަން ފާހަގަކުރައްވާފައެވެ. އަދި އެމްބަސީ ހުޅުވަން ނިންމަވާފައިވަނީ ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އާއި ދެކުނު އެފްރިކާގެ ސަފީރު ވަނީ ފަތުރުވެރިކަމާއި އުމްރާނީ ތަރައްޤީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާ ކުރައްވާފައެވެ. އަދި ދެކުނު އެފްރިކާއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެފްރިކާއާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1994 ޖުލައި 27ގައެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު

31 މާރިޗު 2017
ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު
23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
10 މާރިޗު 2017

ރާއްޖޭގައި ބިޔަ ބޮޑު މަޝްރޫއެއްގައި އިންވެސްޓްކުރަން ނޫޅެން: ސައުދީ އެމްބަސީ

10 މާރިޗު 2017
ރާއްޖޭގައި ބިޔަ ބޮޑު މަޝްރޫއެއްގައި އިންވެސްޓްކުރަން ނޫޅެން: ސައުދީ އެމްބަސީ
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު