Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޖެހި ޖެހިގެން ތިން ފައިނަލުން ބަލިވުމުގެ ކަޅު ތާރީޚެއް

17 މެއި 2022 | އަންގާރަ 04:15

އެފްއޭ ކަޕްގައި ޖެހިޖެހިގެން ތިން ފައިނަލުން ބަލިވި ފުރަތަމަ ޓީމު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2022 | އަންގާރަ 04:15
ޗެލްސީ

ޗެލްސީ

ދާދި ފަހުން ލިވަޕޫލް އަތުން އެފްއޭ ކަޕްގެ ފައިނަލުން ބަލިވުމާއެކު، ޖެހި ޖެހިގެން ތިން ފައިނަލުން ބަލިވުމުގެ ހިތި އަނެއްކާވެސް ޗެލްސީ ކުރަން ޖެހިއްޖެއެވެ.

އިނގިރޭސި އެފްއޭ ކަޕަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ދުވަސްވީ އެއް މުބާރާތެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމަކީ ޗެލްސީއެވެ. އެ ޓީމުން ވަނީ މި މުބާރަތް 8 ފަހަރު ކާމިޔާބުކޮށްފައެވެ. ނަމަވެސް، މި މުބާރާތުގައި ޗެލްސީގެ ކަޅު ތާރިޚެއް ވެސް އެބައޮތެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލް އަތުން މިއަހަރުގެ އެފްއޭ ކަޕްގެ ފައިނަލުން ބަލިވުމާއެކު، ޗެލްސީން ވަނީ ޖެހި ޖެހިގެން މި މުބާރާތުގެ ތިން ފައިނަލުން ބަލިވެފައެވެ. މިއީ ޖެހި ޖެހިގެން މި މުބާރާތުގެ ފައިނަލްގައި ބަލިވި ފުރތަމަ ޓީމެވެ. އެއީ 2020، 2021 އަދި 2022 ގައެވެ.

އެންމެ ފުރަތަމަ 2020 ވަނަ އަހަރު ޗެލްސީ ބަލިވީ އާސެނަލް އަތުންނެވެ. އެ އަހަރު ޗެލްސީ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ޖެހިގެން އައި 2021 ވަނަ އަހަރުގެ ފައިނަލްގައި ޗެލްސީ ބަލިވެފައިވަނީ ލެއިސްޓާ ސިޓީ އަތުން 1-0 އިންނެވެ. އެންމެ ފަހުން، މިއަހަރުގެ ފައިނަލްގައި ލިވަޕޫލް އަތުން ބަލިވީ ޕެނަލްޓީގައި 6-5 ންނެވެ.

ޖެހި ޖެހިގެން ތިން ފައިނަލުން ދެން ޗެލްސީ ބަލިވެފައިވަނީ އެފްއޭ ކޮމިއުނިޓީ ޝީލްޑްގައެވެ. އެ މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމާއި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމާ ދެމެދު ކުޅެވޭ މެޗެކެވެ.

ޗެލްސީން ވަނީ ކޮމިއުނިޓީ ޝީލްޑްގައި 13 ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. 11-2010 ވަނަ އަހަރުގެ ކޮމިއުނިޓީ ޝީލްޑް މެޗުގައި ޗެލްސީ ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައެވެ. އޭގެ ފަހުން 16-2015 އަދި 18-2017 ގައި ވަނީ އާސެނަލް އަތުން ބަލިވެފައެވެ. ހަމަ އެހެންމެ 13-2012 އަދި 19-2018 ގައި ވަނީ މެންޗެސްޓާ ސިޓީ އަތުން ބަލިވެފައެވެ.

ދެން އޮތް މުބާރާތަކީ ޔުއެފާ ސުޕަ ކަޕެވެ. މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނާއި، ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުން ދެ މެދެ ކުޅެވޭ ކަޕެކެވެ.

ޗެލްސީން 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އެ އަހަރުގެ ސުޕަ ކަޕްގައި ކުޅުނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެ އަހަރު އެތުލެޓިކޯ އަތުން ބަލިވެފައިވަނީ 4-1 ންނެވެ. ޖެހިގެން އައި ސީޒަންގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށް ސުޕަ ކަޕް ކުޅެފައިވެއެވެ. އެ އަހަރު ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅެ ޗެލްސީ ބަލިވެފައިވަނީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޗެލްސީ ބަލިވީ 6-7 ންނެވެ.

އޭގެ ފަހުން އަނެއްކާ ވެސް 2019 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށް ސުޕަ ކަޕް ކުޅުނެވެ. މިއަހަރު ޗެލްސީ ބަލިވެފައިވަނީ ލިވަޕޫލް އަތުންނެވެ. ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އަދި ލެޖެންޑް ފްރެންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ފައިނަލްގައި ލިވަޕޫލް އަތުން ބަލިވީ ޕެނަލްޓީގައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް