Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

އިމްޕޯޓަށް ޚަރަދުކުރަން ވީހާވެސް އަވަހަށް 75 މިލިއަން ޑޮލަރު ބޭނުންވޭ: ބޮޑުވަޒީރު ވިކްރަމަސިންގހަ

16 މެއި 2022 | ހޯމަ 16:39

އާންމުން ގަންނަން ބޭނުންވާ ގޭސް މާކެޓަށް ނެރުމަށް އިތުރު 20 މިލިއަން ޑޮލަރު ބޭނުންވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 މެއި 2022 | ހޯމަ 16:39
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ސްރީލަންކާއަށް ބޭނުންވާ ޒާރޫރީ މުދާ ގެނައުމަށް ޙަރަދުކުރުމަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވީހާވެސް އަވަހަށް 75 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ގައުމާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ކިއުތައް ނުހަދައި މައްސަލަ ހައްލު ކުރުމަށް ވީހާވެސް އަވަހަށް 75 މިލިއަން ޑޮލަރު ކުރިއަށްއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އާދިއްތަ ދުވަހު އައި ޑީސެލް ޝިޕްމެންޓަށް އިންޑިއާގެ އެހީއާއެކު ފައިސާ ދައްކައި އެ ޝިޕްމެންޓް އެތެރެކުރެވިފައި ވުމުގެ ސަބަބުން ޑީސެލްގެ މައްސަލަ ކުޑަކޮށް ހައްލުވެފައިވާކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ. އަދި އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން މެއި 18 އަދި ޖޫން އެއް ވަނަ ދުވަހު ޑީސެލްގެ އިތުރު ދެ ޝިޕްމެންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު ސްރީލަންކާގައި ޕެޓްރޯލް ސްޓޮކް ހުރީ އެންމެ ދުވަހެއްގެ ސްޓޮކް ކަމަށާއި މެއި 18 އަދި 29 ވަނަ ދުވަހު އިތުރު ދެ ޕެޓްރޯލް ޝިޕްމެންޓް އަންނާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ސްރީލަންކާގެ ކަނޑުގައި ސާފު ނުކުރާ ތެލާ ކަޅު ތެޔޮ ހިފައިގެން އައިސް އޮތް ތިން ބޯޓު އޮންނަތާ މިހާރު 40 ދުވަސްވެފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ޝިޕްމެންޓްތަކަށް ފައިސާ ދެއްކުމަށް ޑޮލަރު ހޯދުމުގެ މަސައްކަތް އޯޕަން މާކެޓްގައި ކުރަމުންދާކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

ކަރަންޓު ފޯރުކޮށްދިނުމަށްވެސް ތެޔޮ ބޭނުން ކުރަން ޖެހޭއިރު، މިކަންތައްތައް މިހެން ހުރުމުން ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓާ ނުލައި ހޭދަކުރަން ޖެހޭ ވަގުތު ދުވާލަކަށް 15 ގަޑިއިރަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ކަންތައް ހައްލުކުރުމަށް ބޭނުންވާ ފައިސާ މިހާރު ހޯދިފައި ވީނަމަވެސް އާންމުން ގަންނަން ބޭނުންވާ ގޭސް މާކެޓަށް ނެރުމަށް އިތުރު 20 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ވިކްރަމަސިންގހަ ވަނީ ކަރާސީން އާއި ކަޅު ތެޔޮ މަދުވުމުގެ މައްސަލަ އަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ވިދާޅުވެފައެވެ. މިދިޔަ އަންގާރަ ދުވަހު އައި ގޭސް ޝިޕްމެންޓަށް ވީހާވެސް އަވަހަށް ފައިސާ ދައްކަން މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.

އެގައުމުގެ ސެންޓްރަލް ބޭންކާ ސަރުކާރުގެ އެހެން ބޭންކުތަކާއި އަމިއްލަ ފަރާތްތަކުގެ ބޭންކުތަކާއި ސްރީލަންކާގައި ގާއިމުކޮށްފައިވާ ބޭރުގެ ބޭންކުތަކަށްވެސް ވަނީ ޑޮލަރު މަދުވުމުގެ މައްސަލައާ ކުރިމަތިލާންޖެހިފައިކަމަށް ވިކްރަމަސިންގހަ ފާހަގަކުރެއްވިއެވެ.

މިހާރު އެގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އަނެއް މައްސަލައަކީ ބޭސް މަދުވުމުގެ މައްސަލަ ކަމަށާއި ހިތުގެ ބަލިތަކަށް ބޭނުންވާ ބޭހާ އޮޕަރޭޝަން ކުރަން ބޭނުންވާ ބައެއް ސާމާނުވެސް ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ. އަދި ބޭހާ ބޭސް ފަރުވާއަށް ބޭނުންވާ ސާމާނާއި ބަލިމީހުންނަށް ބޭނުންވާ ކާނާ ފޯރުކޮށްދޭ މީހުންނަށް ފައިސާ ނުދެއްކޭތާ ހަތަރު މަސް ދުވަސްވެފައިވާ ކަމަށާއި އެމީހުންނަށް ދައްކަންޖެހޭ ފައިސާގެ އަދަދު 34 ބިލިއަނަށް އަރާ ކަަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސްޓޭޓް ފާމަކިއުޓިކަލްސް ކޯޕަރޭޝަނުން އިމްޕޯޓުކޮށްފައިވާ ބޭސްތަކަށް ފައިސާ ނުދެއްކި ހަތަރު މަސް ދުވަސް ވެފައި ވުމުން އެކޯޕަރޭޝަން ބްލެކްލިސްޓުކުރުމުގެ މަސައްކަތް ދުނިޔޭގެ ބޭސް އުފައްދާ ވިއްކާ ކުންފުނިތަކުން ކުރަން ފަށާފައިވާކަން ބޮޑުވަޒީރު ވިކްރަމަސިންގހަ ފާހަގަކުރެއްވިއެވެ.

ވިކްރަމަސިންގހަ ވަނީ އެގައުމުގެ މެޑިކަލް ސަޕްލައިސް ޑިވިޝަނަށް އެގައުމަށް ބޭނުންވާ ޒަރޫރީ 14 ބޭހުގެ ތެރެއިން ދެ ބޭސް ފޯރުކޮށްދޭނެ ގާބިލުކަން މިހާރު ނެތް ކަމަށް ވިދާޅުވެފައެވެ. އެއީ ހިތުގެ ބަލިތަކުގެ ބޭހާ އެންޓި-ރެބީޒް ވެކްސިން އެވެ. އެންޓި-ރެބީޒް ވެކްސިންގެ ބަދަލުުގައި ބޭނުންކުރެވޭނެ އެހެން ވެކްސިނެއް ނުވަތަ ބޭހެއް ނުހުރެއެވެ.

މިއަހަރުގެ ޑިވެލޮޕްމެންޓްގެ ބަޖެޓަށް އިތުރުން އަލްޓަރނޭޓިވް ބަޖެޓެއް ހުށަހަޅަން ނިންމާފައިވާކަމަށާއި މި ބަޖެޓު ހުށަހަޅާނީ ކޮންސެޝަނަރީ ބަޖެޓެއްގެ ގޮތުގައި ކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

13 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!
10 ޖޫން 2017

ބެލެސްޓިކް މިސައިލެއް ވަރަށް އަވަހަށް ޓެސްޓްކުރާނެ ކަމަށް ކަމަށް އުތުރު ކޮރެއާއިން ބުނެފި

10 ޖޫން 2017
ބެލެސްޓިކް މިސައިލެއް ވަރަށް އަވަހަށް ޓެސްޓްކުރާނެ ކަމަށް ކަމަށް އުތުރު ކޮރެއާއިން ބުނެފި
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް