Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތައުލީމް ލޯނު ސްކީމް

ސްޓޫޑަންޓް ލޯނު ސްކީމުގެ ދަށުން މިފަހަރު 393 ދަރިވަރުންނަށް ފުރުސަތު

16 މެއި 2022 | ހޯމަ 11:13

މިއަހަރުގެ ލޯން ސްކީމަށް 1000 ދަރިވަރުން ފޯމު ހުށަހެޅި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 މެއި 2022 | ހޯމަ 11:13
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީން ހޯދަން އިއުލާން ކުރި ލޯނު ސްކީމުގެ ދަށުން 393 ދަރިވަރުންނަށް ފުރުސަތު ދޭން ނިންމައި ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ.

ލޯން ސްކީމުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވަނީ ހޯމަ ދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލު ކުރެއްވުމުގައި ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ އިތުރުން އެ ނަތީޖާއާ ގުޅިގެން ހުރި ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން 2022 މެއި 24 ގެ މެންދުރު 12ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

Advertisement - newsAdvertisement

ލޯން ސްކީމާ ގުޅޭ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ލޯނަށް ފުރުސަތު ހުޅުވާލުމުން 1000 ދަރިވަރުން ކުރިމަތިލި ކަމަށެވެ. ނަމަވެސް މިހާރު އުސޫލު އޮތް ގޮތަށް ބަލައި ފުރުސަތު ދެވުނީ މަދު ދަރިވަރުންނަށް ކަމަށާއި އޭގެ ސަބަބުތައް ވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ލޯނު ފުރުސަތު ދިނުމުގައި ބޮޑަށް ބަލާފައިވާނީ ރާއްޖޭން މީހުން ބިނާ ކުރުމަށް ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން ކަމަށާއި އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ކަމަށެވެ. މިހާރު ކިޔަވަމުން ދާ ދަރިވަރުންނަށް ލޯނު ދިނުމުގައި ބަލާފައިވާނީ ކޯހުގެ މުއްދަތަށާއި މާލީ ހާލަތަށް ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއަހަރު ލޯން ސްކީމަށް ފޯމު ހުށަހެޅި ކުދިންގެ ތެރެއިން ޑިސްކުއަލިފައިވި ކުދިންތަކުގެ އަދަދު މަދު ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން، ޓްރެއިނިންގ ސްކީމުގައި ނެތް ކޯސްތަކަށް 29 ދަރިވަރުން ކުރިމަތިލި ކަމަށާއި އޭލެވެލް އަދި އޯލެވެލް ސެޓްފިކެޓްތައް ނުލައި ވެސް ކުދިން ފޯމުތައް ހުށަހެޅި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ލޯން ސްކީމް އިޢުލާންކޮށްފައިވަނީ ލޯންގެ އެޑްމިނިސްޓްރޭޓިވް ޗާރޖް 3 އިންސައްތައިން 1 އިންސައްތައަށް ކުޑަކުރުމަށްފަހުއެވެ.

މިއަހަރުގެ ލޯން ސްކީމް އިއުލާން ކޮށްފައިވަނީ 2022 ފެބްރުއަރީ 7 ގައެވެ. އެ ފުރުސަތު 2022 މާޗް 3 އާ ހަމައަށް ހުޅުވާލި އިރު އެހެން އަހަރުތަކާ އަޅާ ބަލާއިރު ފޯމުތައް އެސެސް ކުރަން މިއަހަރު ވަގުތު ނެގި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ހުޅުވާލި ލޯނު ފުރުސަތު ލިބުނު ކުދިންގެ ވަގުތީ ލިސްޓް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާއިރު ދާއިމީ ލިސްޓް އާއްމު ކުރާނީ މިނިސްޓްރީއަށް ލިބޭ ޝަކުވާތައް އެސެސް ކުރުމަށްފަހު 2022 ޖޫން 5 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
06 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި
01 އެޕްރީލު 2017

ހުއިފި ލަނޑާ އާލާ ކުރުމަށް އިސްދޫ މީހުންނަށް ލޯނު ދޫކުރަނީ

01 އެޕްރީލު 2017
ހުއިފި ލަނޑާ އާލާ ކުރުމަށް އިސްދޫ މީހުންނަށް ލޯނު ދޫކުރަނީ
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް