Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމެޑް ޕްރޮޖެކްޓް

އެމެޑް ޕްރޮޖެކްޓް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

16 މެއި 2022 | ހޯމަ 09:51

ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފުޅާކޮށް ތަރައްޤީކުރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 މެއި 2022 | ހޯމަ 09:51
އެމެޑް ޕްރޮޖެކްޓް ނިންމުމުގެ ރަސްމިއްޔާތު

އެމެޑް ޕްރޮޖެކްޓް ނިންމުމުގެ ރަސްމިއްޔާތު

އެޑްވާންސިންގ ހަޔަރ އެޑިއުކޭޝަންއިން ދަ މޯލްޑިވްސް ތުރޫ އީ ލާރނިންގ ޑެވަލޮޕްމަންޓް ނުވަތަ އެމެޑް ޕްރޮޖެކްޓް ނިންމުމުގެ ރަސްމިއްޔާތު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ބާއްވައިފިއެވެ.

މެންހެޓަން ބިޒްނަސް ހޮޓެލްގެ ބެންކުއެޓް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ވެސް ވަނީ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފުޅާކޮށް ތަރައްޤީކުރުމަށްޓަކައި، ޖެނުއަރީ 2019 ގައި ފެށި ޕްރޮޖެކްޓެއް ކަމަށެވެ. މިއީ ހަތް ލައްކަ ވިހި ހާސް ފަސް ސަތޭކަ ނުވަދިހަ ދެ ޔޫރޯ އާއި އެކު ޔޫރަޕްގެ އެރަސްމުސް މުންޑުސްއިން ފަންޑުކޮށްގެން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން ކްރޮއޭޝިއާގެ 2 އިންސްޓްޓިއުޓެއް ކަމަށްވާ ޔުނިވަރސިޓީ އޮފް ޒެގްރެބްގެ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އިންފޮމޭޓިކްސް (ފޮއި)، އަދި ކްރޮއޭޝިއަން އެކަޑަމިކް އެންޑް ރިސަރޗް ނެޓްވަރކް (ކާނެޓް) އާއި، ސްޕެއިންގެ ޔުނިވަރސިޓީ އޮފް ކެޓަލޯނިޔާ ހިމެނޭ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ބެނެފިޝަރީގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހިމެނޭއިރު، އީޔޫ ގެ މި ޕްރޮޖެކްޓް ވިލަރެސް ކޮށްފައިވަނީ ޔުނިވަރސިޓީ އޮފް ޒެގްރެބްގެ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އިންފޮމޭޓިކްސް (ފޮއި) އިންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ފަރާތުން ޝިމްނާ ޝަކީބް ވިދާޅުވީ މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ވަރަށް ގިނަ ކަންތައްތައް ދަސްވެގެން ހިނގައްޖެ ކަމަށެވެ. އަދި މުވައްޒަފުންނާއި ކުދިންގެ ކުރިއެރުމަށް ވެސް މި ޕްރޮޖެކްޓް ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމަށެވެ.   

މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފުޅާކޮށް ތަރައްޤީކުރުމެވެ. އެގޮތުން، އީ-ލާރނިންގެ ދާއިރާއިން ކަމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި، މަތީ ތަޢުލީމުދޭ އިންސްޓްޓިއުޓް ތަކުގައި ކިޔަވައިދެއްވާ ބޭފުޅުންނަށް ފަރުމާ ކޮށްގެން އި-ލަރނިންގ ޕްރޮގްރާމެއް ހިންގާފައިވެއެވެ.

މީގެ އިތުރުން، އެޑިޔުކޭޝަންގެ ދާއިރާގައި އައި.ސީ.ޓީގެ ބޭނުން ކުރުމަށް ޢަމާޒުކޮށް، ޕީ.ޑީ ޕްރޮގްރާމް ފަރުމާކޮށް ޕައިލެޓް ޓެސްޓް ކުރުމާއި، ޤައުމީ ޔުނިވަރސިޓީގެ އީ-ލަރނިންގ ފްރޭމްވަރކް އެކުލަވާލައި، އައި.ޓީ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާ ކުރުމާއި އީ-ލާރިންއަށް ފަހިވާނޭހެން ޑިޕާރޓްމަންޓްތައް ރީ-އޯގަނައިޒް ކުރުން ހިމެނޭ ކަމަށާއި އަދި ފަރުމާކޮށް ކުރިއަށް ގެންދެވުނު ސްޓަޑީ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މޮނިޓަރު ކުރުމަކީވެސް ޕްރޮޖެކްޓްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއް އެމްއެންޔޫ އިން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ 7 ވޯރކް ޕެކޭޖަކަށް ބަހާލެވިގެން ހެދިފައިވާ ޕްލޭންއެއްގެ ދަށުންނެވެ. އެގޮތުން 3 ވޯރކް ޕެކޭޖެއް، މުޅި ޕްރޮޖެކްޓުގެ 3 އަހަރަށް ދެމިގެން ދިޔައިރު، 4 ވޯރކް ޕެކޭޖެއްގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ މަސައްކަތް ފެށުމާއި ނިންމުމަށް ވަކި ތާރީޚްތަކެއް ކަނޑައަޅައިގެންނެވެ. މި ޕްރޮޖެކްޓް ނިންމަން ކަނޑައަޅަފައި ވަނީ ޖުލައި 2022 ގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް

09 އެޕްރީލު 2017
އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
16 ފެބުރުއަރީ 2017

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް

16 ފެބުރުއަރީ 2017
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް